ގުޅުން ބަދަހިކުރަން ރައީސް ޤަޠަރަށް ފުރައިވަޑައިގެންފި

ޤަޠަރާއިއެކު ރާއްޖެއިން އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމަށް ފަހު އެގައުމާއި ގުޅުން ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ. ރައީސް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އެގައުމަށް ވެސް ވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އަދި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ޤަޠަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ […]
އިސްލާމީ ޚިލާފަތު އުވާލެވުނުތާ 100 އަހަރު ފާއިތުވެ ދިއުން.

27 ރަޖަބް 1342 ވަނަ ދުވަހަކީ ފާއިތުވީ 14 ޤަރުނުގެ ތެރޭގައި އިސްލާމީ އުއްމަތަށް ކުރިމަތިވި އެންމެ އަނދިރި ދުވަހެވެ. ސައްޔިދުނާ އަބޫ ބަކުރު އައްޞިއްދީޤް ރަޟިއަﷲ ޢަންހު މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނު ދުވަހުން ފެށިގެން މިދުވަހާއި ހަމައަށް މިއުއްމަތުގެ އެންމެހައި މުސްލިމުތަކުންގެ މައްޗަށް ޢަމުރު މަޢުރޫފު ހިންގާނޭ ވެރިޔަކުނެތް ދުވަހެއް ނުދެއެވެ. ބައެއް ވެރީންނަކީ ރައްޔިތުންނަށް އޯގާތެރި، ދީނުގެ ޙުކުމްތަކަށް ފަރުވާ ބެހެއްޓެވި މަތިވެރި ވެރީންނެވެ. އަނެއްބައި ވެރީންނަކީ އަނިޔާވެރި ޚުދުމުޚްތާރު ވެރީންނެވެ. ބައެއްފަހަރު ވެރިކަމާއި […]
ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދު!

ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަސަން އިރުޝާދު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑް ހާސިލް ކުރައްވާފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. މީގެ އިތުރުން އައުޓްޑޯ މާއްދާތަކުންނާއި އާނެއްލާ ސްކޮޑުންވެސް އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދުއެވެ. […]
ދިވެހިންގެ ދިރިއުޅުމާއި ކަނޑުދަތުރު

ކަނޑު ދަތުރުކުރުމަކީ ދިވެހިންނަށް އަދި ކީއްކުރަން ހެއްޔެވެ ! ދުނިޔޭގެ އެއްވެސް ގައުމަކަށް އެއްވެސް މުޖުތަމާއަކަށް އެއާ ނުލައި ދިރިއުޅުން އާރާސްތު ނުކުރެނޭ ކަމެކެވެ. ކަނޑުގެ އައްސޭރިފަށުގައި ހިމެނޭ ގައުމުތަކެކޭ ކަނޑުގެ އައްސޭރިއަށް ވާސިލުވެވޭނެ އެއްވެސް މަގެއް ނެތް ގައުމެކޭ ތަފާތެއް ނެތެވެ. ކަނޑުދަތުރުކުރުމުގެ ބޭނުން ނުކޮށް ދިރިއުޅުން އާބާދު ނުކުރެވޭނެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކަކީ ހަމައެކަނި ބިމުން އެކުލެވިފައިވާ ގައުމުތަކެވެ. އަދި ބައެއް ގައުމުތަކަކީ ކަނޑާއި ބިން އެކުލެވިފައިވާ ގައުމުތަކެވެ. ބައެއް ގައުމުތަކުގައި ކަނޑުގެ އައްސޭރިފަށް […]
ސަލްމާން ޚާނުގެ އައު ފިލްމު ”ރާދޭ“ އަޅުވާނީ މޭމަހު

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާން އޭނާގެ އަލަށް ނިކުންނަންއުޅޭ ވަރުގަދަ ފިލްމު ”ރާދޭ“އާ ގުޅޭގޮތުން ވަރަށް ތަފާތު ގޮތަކަށް މައުލޫމާތު ދީފިއެވެ. ސަލްމާން ޚާންގެ ފަހުގެ ގިނަ ފިލްމުތައް ވެފައި ވަނީ ތަޅައިފޮޅުމާއި ހެއްވާ މަޖާކަންތައްތައް ހިމަނައިގެން ހަދާ މުނިފޫހި ފިލުވުމުގެ ޑްރާމާތަކެއްގެ ގޮތުގައެވެ. ބެލުންތެރިން ކެތްތެރިކަމެއްނެތި އޭނާގެ ފިލްމުތަކަށް އިންތިޒާރު ކުރަމުންދެއެވެ. ސަލްމާން ކުޅޭ ފިލްމުތަކުގެތެރެއިން ދެން އެންމެ އަވަހަށް އަޅުވާނެކަމަށް ބެލެވޭ ”ރާދޭ“ގެ ޕޯސްޓަރު ފެނުމުން […]
ނިއުކްލިއާރ ހަކަތައިން ދުއްވާ އެއާރ ކްރާފްޓް ކެރިއާއެއް ޗައިނާއިން އުފައްދަނީ

އޭސިޔާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ބާރު އިތުރުކުރުމުގެ ގޮތުން މިހާރު 4 ވަނަ އެއާރ ކްރާފްޓް ކެރިއާ އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ. އަދި މި އުޅަނދު ދުއްވުމަށް ނިއުކްލިޔާ ހަކަތަ ބޭނުންކުރުމުގެ ހުއްދަދިނުމަށް އެދި ޕްރޮޕޯސަލެއްވެސް މިހާރުވަނީ ހުށަހަޅާފައެވެ. މިހާރު ހަދަމުންދާ އެއާރ ކްރާފްޓް ކެރިޔާ އަކީ ނިއުކްލިއާ ހަކަތަ ބޭނުންކޮށްގެން މަސައްކަތްކުރާ އުޅަނދަކަށް ހެދުމަށް އެގައުމުން މަސައްކަތް ކުރަމުންދާކަމަށް ސައުތު ޗައިނާ މޯނިންގް ޕޯސްޓުގައި ޝާއިރުކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފައި ވެއެވެ. […]
ޕާކިސްތާނުގައި ޓިކް ޓޮކް ބޭނުންކުރުން މަނާކުރުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި

މީސްމީޑީޔާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްއަކީ ޕާކިސްތާނުގެ އިޖްތިމާއީ ގަވައިދުތަކާއި މިންގަނޑުތަކާ ޚިލާފު ކަންކަން ކުރުމަށް މަގުފަހިވާ ވަސީލަތެއްކަމަށް ނިންމައި ޓިކްޓޮކް ބޭނުންކުރުން މަނާ ކުރުމަށް ޕިޝާވަރު ހައިކޯޓުން ހުކުމްކޮށްފިއެވެ. މިހުކުމް ކޮށްފައިވަނީ ޓިކްޓޮކާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަންގެ އަޑުއެހުންތަކެއްގެ ތެރެއިންނެވެ. ހުކުމް އިއްވާފައި ވަނީ އެކޯޓުގެ އިސް ފަނޑިޔާރު ޣައިޘަރް ރަޝީދް ޚާންއެވެ. ޓިކްޓޮކްގައި ޕާކިސްތާނުގެ އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުވާ މައްސަލަތައް ގިނަކަން ފާހަގަ ކުރައްވައި މި މައްސަލަތައް ހައްލުކުރެވެންދެން އެގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ޚާން […]
ނިއުޒީލޭންޑްގެ ކްރިސްޓްޗާޗްގެ މިސްކިތަށް ދިން ހަމަލާއަށް 2 އަހަރުފުރުން

ކްރިސްޓްޗާޗްގެ ދެ މިސްކިތަކަށް މީހަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި ބަޑިޖަހައި 51 މީހުން މަރާލި ހާދިސާއަކީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއެކެވެ. ފާއިތުވި ހޮނިހިރުދުވަހު އެހަމަލާގައި މަރުވިމީހުންގެ އާއިލާއިން ވަނީ ހާދިސާއަށް ދެ އަހަރުދުވަސް ފުރުމާއި ގުޅިގެން އެއްވުމެއް ބާއްވާފައެވެ. ގިނަ ބަޔަކު ވަނީ ކްރިސްޓްޗާޗް އެރީނާ ސަރަހައްދަށް އެއްވެ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ. މި އެއްވުން ދުނިޔޭގެ އެކިކަންކޮޅުތަކަށް ލައިވްސްޓްރީމްކޮށް ބްރޯޑްކާސްޓްކޮށްފައި ވެއެވެ. ކިރާން މުނީރް މިއެއްވުމުގެ ބައިވެރިންނާއި މުޚާޠަބުކޮށް ވާހަކަ ދައްކާފައި […]
ލަންކާގެ ސަރުކާރުން ބައިމަދު މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަނީ

ލަންކާގެ ސަރުކާރުން އެގައުމުގައި ދިރިއުޅޭ މުސްލިމުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތަކެއް ބައިނަލްއަގުވާމީ މީޑިޔާތަކުގައި ފެތުރިއްޖެއެވެ. މިގޮތުން ލަންކާ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމުގެ އިތުރުން، 1000ހަކަށް މުސްލިމް ސްކޫލްވެސް ބަންދުކުރާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މުސްލިމުން ހައްޔަރު ކޮށްގެން، ޑީރޭޑިކަލައިޒް ކުރުމުގެ ނަމުގައި ގެންގުޅެވޭނެ ގާނޫނެއް ހަދަން އުޅޭ ކަމަށް ވެސް ލަންކާ ސަރުކާރުން ބުނެފައި ވެއެވެ. ލަންކާގެ […]
ޔޫރަޕުގެ ގިނަ ޤައުމުތަކަކުން އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުން މަނާކޮށްފި!

ކޮވިޑް 19 އިން ރައްކާތެރި ވުމަށް ޖަހަމުން އައި އެސްޓްރާޒެނެކާ ކޮވިޑް 19 ގެ ވެކްސިން ބޭނުންކުރުން ޔޫރަޕުގެ ގިނަ ޤައުމުތަކަކުން މަނާކޮށްފި އެވެ. އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުން މަނާކޮށްފައިވަނީ ފީޓަލް ބްލަޑް ކްލޮޓިން ގެ ގިނަ މައްސަލަ ތަކެއް ވެކްސިން ޖެހި ފަރާތް ތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޑެންމާކް އިން ވެސް ވަނީ ވެކްސިން ބޭނުން ކުރުން މަނާ ކޮށްފައެވެ. ޑެނިޝް ހެލްތު އެންޑް މެޑިސިން އޮތޯރިޓީ […]
