ލަންކާގެ ސަރުކާރުން ބައިމަދު މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަނީ

Loading

Facebook
Twitter
WhatsApp

ލަންކާގެ ސަރުކާރުން އެގައުމުގައި ދިރިއުޅޭ މުސްލިމުންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތަކެއް ބައިނަލްއަގުވާމީ މީޑިޔާތަކުގައި ފެތުރިއްޖެއެވެ.

މިގޮތުން ލަންކާ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމުގެ އިތުރުން، 1000ހަކަށް މުސްލިމް ސްކޫލްވެސް ބަންދުކުރާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މުސްލިމުން ހައްޔަރު ކޮށްގެން، ޑީރޭޑިކަލައިޒް ކުރުމުގެ ނަމުގައި ގެންގުޅެވޭނެ ގާނޫނެއް ހަދަން އުޅޭ ކަމަށް ވެސް ލަންކާ ސަރުކާރުން ބުނެފައި ވެއެވެ.

ލަންކާގެ ޕަބްލިކް ސެކެޓްރީ މިނިސްޓަރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ބުނެފައިވާ ގޮތުގައި މޫނު ބުރުގާ މަނާކުރާ ކަރުދާސް މިހާރު އޮތީ ކެބިނެޓްގެ ރުހުން ހޯދަން ފޮނުވަން ތައްޔާރު ކޮށްފައެވެ. އަދި އޭނާ އިތުރަށް ބުނިގޮތުގައި ބުރުގާ އެޅުމަކީ ދީނީ ހައްދުފަހަނައެޅުމުގެ އަމަލެކެވެ. އަދި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ލަންކާގެ ކެބިނެޓަކީ ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ތަނެއް ކަމުން މި ގަރާރުތައް ފާސްވެގެން ދާނޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.ލަންކާގެ އާބާދީގެ ނުވަ ޕަސެންޓަކީ މުސްލިމުންނެވެ. އެގައުމުގެ އާބާދީގެ 75 ޕަސެންޓްކީ ބުދިސްޓުން ކަމަށް ވާއިރު ރައީސް ގޮޓާބޭއަކީ ބުދިސްޓް ޖަމާއަތްތަކެ ތާއީދު ވަރަށް ބޮޑަށް އޮތް ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް