ސަލްމާން ޚާނުގެ އައު ފިލްމު “ރާދޭ” އަޅުވާނީ މޭމަހު

47

ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާން އޭނާގެ އަލަށް ނިކުންނަންއުޅޭ ވަރުގަދަ ފިލްމު “ރާދޭ”އާ ގުޅޭގޮތުން ވަރަށް ތަފާތު ގޮތަކަށް މައުލޫމާތު ދީފިއެވެ.

ސަލްމާން ޚާންގެ ފަހުގެ ގިނަ ފިލްމުތައް ވެފައި ވަނީ ތަޅައިފޮޅުމާއި ހެއްވާ މަޖާކަންތައްތައް ހިމަނައިގެން ހަދާ މުނިފޫހި ފިލުވުމުގެ ޑްރާމާތަކެއްގެ ގޮތުގައެވެ. ބެލުންތެރިން ކެތްތެރިކަމެއްނެތި އޭނާގެ ފިލްމުތަކަށް އިންތިޒާރު ކުރަމުންދެއެވެ.

ސަލްމާން ކުޅޭ ފިލްމުތަކުގެތެރެއިން ދެން އެންމެ އަވަހަށް އަޅުވާނެކަމަށް ބެލެވޭ “ރާދޭ”ގެ ޕޯސްޓަރު ފެނުމުން ވެސް ބައެއް މީހުންގެ ކެތްތެރިކަން ކޮޅުންލާން ފަށައިފިއެވެ.

ސަލލްމާން ޓްވީޓާއަށް ދޫކޮށްލި “ރާދޭ”ގެ ޕޯސްޓަރާ އެންމެ ވައްތަރީ 2009 ގައި ނެރުނު ސަލްމާން ޚާންގެ ވަރަށް ކާމިޔާބު ފިލްމެއްކަމުގައިވާ “ވޯންޑެޑް”އާއެވެ. އެ ޕޯސްޓަރުން ފެންނާނީ ރޯވެ އަނދަމުންދާ ހެލިކޮޕްޓަރުތަކާއި ބަޑިގުދަންތަކުގައި ރޯވެ އަނދަމުންދާ ހަނގުރާމައިގެ މައިދާނެއްގައި ސަލްމާން ހުންނަތަނެވެ.

“ރާދޭ”ގެ ޑައިރެކްޓަރަކީ ޕްރަބޫ ދޭވާއެވެ. “ރާދޭ”އަކީ ޕްރަބޫ ދޭވާ ޑައިރެކްޓު ކުރި ސަލްމާންގެ ތިންވަނަ ފިލްމެވެ. އޭގެ ކުރީގެ ދެ ފިލްމަކީ “ވޯންޑެޑް”އާއި “ދަބަންގް”އެވެ.

މިދިޔަ އަހަރު ކުޅެންފެށި “ރާދޭ”ގެ މަސައްކަތް ކޮރޯނާ ވައިރަހުގެ ސަބަބުން މެދުކަނޑާލަންޖެހުނެވެ. ނަމަވެސް މިހާރު ފިލްމު ކުޅެން ޖެހޭ ހުރިހާ މަސައްކަތެއް ހެން ވަނީ ނިމިފައެވެ. މިއީ ކޮރެއާ ފިލްމެއްގެ ކޮޕީއެކެވެ. ސަލްމާނުގެ އިތުރަށް ފިލްމުގެ މުހިއްމު ބައިތައް ކުޅެފައި ވަނީ ދީޝާ ޕަޓާނީއާއި ޖެކީޝެރޮފް، އަދި ޒަރީނާ ވައްހާބާއި ރަންދީޕް ހޯޑާއެވެ.

“ރާދޭ” އަޅުވަން ހަމަޖައްސާފައި ވަނީ އޭޕްރީލް މަހު، އީދާ ދިމާކޮށެވެ. ކޮންމެ އަހަރެއްގައިވެސް ކޮންމެވެސް އިދަކާ ދިމާކޮށް ދައްކަން ފަށާ ސަލްމާނުގެ ފިލްމުތަކަށް އާދަޔާ ޚިލާފު ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

 

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ