އޭސިޔާ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ބާރު އިތުރުކުރުމުގެ ގޮތުން މިހާރު 4 ވަނަ އެއާރ ކްރާފްޓް ކެރިއާ އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ. އަދި މި އުޅަނދު ދުއްވުމަށް ނިއުކްލިޔާ ހަކަތަ ބޭނުންކުރުމުގެ ހުއްދަދިނުމަށް އެދި ޕްރޮޕޯސަލެއްވެސް މިހާރުވަނީ ހުށަހަޅާފައެވެ.
މިހާރު ހަދަމުންދާ އެއާރ ކްރާފްޓް ކެރިޔާ އަކީ ނިއުކްލިއާ ހަކަތަ ބޭނުންކޮށްގެން މަސައްކަތްކުރާ އުޅަނދަކަށް ހެދުމަށް އެގައުމުން މަސައްކަތް ކުރަމުންދާކަމަށް ސައުތު ޗައިނާ މޯނިންގް ޕޯސްޓުގައި ޝާއިރުކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފައި ވެއެވެ. މިމަސައްކަތް ކާމިޔާބުވެއްޖެނަމަ މިއީ މިދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއްކަމުގައި ވެސް މި ރިޕޯޓުގައިފާހަގަ ކޮށްފައިވެއެވެ.