ޔޫރަޕުގެ ގިނަ ޤައުމުތަކަކުން އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުން މަނާކޮށްފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް 19 އިން ރައްކާތެރި ވުމަށް ޖަހަމުން އައި އެސްޓްރާޒެނެކާ ކޮވިޑް 19 ގެ ވެކްސިން ބޭނުންކުރުން ޔޫރަޕުގެ ގިނަ ޤައުމުތަކަކުން މަނާކޮށްފި އެވެ. އެސްޓްރާޒެނެކާ ވެކްސިން ބޭނުން ކުރުން މަނާކޮށްފައިވަނީ ފީޓަލް ބްލަޑް ކްލޮޓިން ގެ ގިނަ މައްސަލަ ތަކެއް ވެކްސިން ޖެހި ފަރާތް ތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޑެންމާކް އިން ވެސް ވަނީ ވެކްސިން ބޭނުން ކުރުން މަނާ ކޮށްފައެވެ. ޑެނިޝް ހެލްތު އެންޑް މެޑިސިން އޮތޯރިޓީ އިން ބުނެފައިވަނީ ވެކްސިން ގިނަ ފަރާތްތަކަކުން ލޭގަނޑު ވުމުގެ މައްސަލަ ތައް ރިޕޯޓް ކުރުމާއި ގުޅިގެން، ޔޫރަޕިއަން މެޑިސިން އެޖެންސީ (އީ.އެމް.އޭ) އިން އަންނަނީ އެކަން ތަޙްޤީޤް ކުރަމުންނެވެ. 14 ދުވަހުގެ މުއްދަތަކަށް އެސްޓްރާޒެނެކާ ވެކްސިން ދިނުން ހުއްޓާލުމަށް ފަހު އަލުން ވެކްސިން ޖެހި ފަރާތް ތަކުގެ އެސެސްމަންޓް ހަދާނެ ކަމަށްވެސް ޑެނިޝް ހެލްތު މެޑިސިން އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.

ޑެންމާކް ގެ އިތުރުން ނޯރވޭ އަދި އިޓަލީ އިން ވެސް ވަނީ އެސްޓްރާޒެނެކާ ވެކްސިން ދިނުން މިދިޔަ ބުރާސްފަތި ދުވަހު ހުއްޓާލާފައެވެ.

ޑެންމާކް ގެ ޑެނިޝް ހެލްތު އެންޑް މެޑިސިން އޮތޯރިޓީ އިން ނިންމި ނިންމުމަކީ ރައްކާތެރި ވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި، ލޭ ގަނޑުވާން މެދުވެރިވީ ވެކްސިން ގެ ސަބަބުން ކަމެއް އަދި އެއްކޮށް ޔަޤީން ނުވާ ކަމަށް، ޔޫކޭ ގެ މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމް.އެޗް.އާރް.އޭ) ގެ ޑޮކްޓަރ ފިލް ބްރަޔަން ވަނީ ވިދާޅުވެފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް