ޓްރަމްޕް ކުށްވެރިނުވެ ސަލާމަތްވެއްޖެ

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކަކީ ޓްރަމްޕް ބާރުއެޅުމުގެ ސަބަބުން ހިންގި ކަމެއްކަމަށް ބުނެ ސެނެޓްގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ޓްރަމްޕް ކުށްވެރިވާކަމަށް ނިންމަން ބޭނުންވާ ވަރަށް ވޯޓް ހަމަނުވެ ޓްރަމްޕް އެންމެ ފަހުން ސަލާމަތް ވެއްޖެއެވެ. ސެނެޓުން ޓްރަމްޕް ކުށްވެރިވާ ކަމަށް ނިންމިނަމަ ކުރިއަށް އޮތްތަނުގައި ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ޓްރަމްޕް އަށް ބަންދުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސެނެޓްގައި ޓްރަމްޕްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްފަހު ޓްރަމްޕް […]

މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓިއްޖެ

މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ. ސީ ޕްލޭން ވެއްޓިފައިވަނީ މާލެއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ސީޕްލޭންގެ އެކްސިޑެންޓް ހިނގިއިރު ސީޕްލޭންގައި ނުވަ މީހުން ތިބި ކަމަށެވެ. އެއީ ހަފަސެންޖަރުންނާއި ތިން ކްރޫންނެ. މީގެ ތެރެއިން އެކެއްގެ ކޮނޑުހުޅު ނައްޓާލާފައިވެއެވެ. އަދި އިތުރު މީހެއްގެ ކޮނޑަށް އަނިޔާވެފައިވެއެވެ. މިހާރު ސިފައިން ދަނީ ސީޕްލޭނުން ދަތުރުކުރި މީހުންގެ ލަގެޖްތައް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސީޕްލޭނުން ދަތުރުކުރި އެންމެން މެޑިކަލް ޗެކަޕެއް ހެދުމަށް ހޮސްޕިޓަލަށް […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 209 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 209 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 15 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 6 މީހަކާއި ސަފާރީ ތަކުން 14 މީހަކު އަދި އިންޑަސްޓްރިއަލް ވިލެޖްތަކުން 73 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 101 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ, 17,716 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,360 އެކްޓިވް ކޭސް […]

ރާއްޖެ އިން މިއަދު އިތުރު 5,717 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 5,717 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 4,609 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,108 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]

ދިވެހިންގެ ފަޚްރުވެރި ބިން

ކޮންމެގައުމެއްގައިވެސް ވެރިކަންކުރާރަށާއި ވިޔަފާރީގެ މައިމަރުކަޒުތައް ހިނގަމުން އަންނަ ރަށްރަށަކީ ނުލާހިކު ކާރޫބާރު ބޮޑެތި ތަންތަނެވެ. މިސަރަޙައްދުންކިޔާނަމަ މުމްބާއިއެއް ކަރާޗީއެއް ދުބާއީއެއް ތަފާތެއްނެތެވެ. ނިސްބަތުންބަލާނަމަ އަޅުގަނޑުމެންގެ މާލެވެސް މިގޮތުން ތަފާތެއް ނޫނެވެ. ރައްޔިތުންގެ މަސައްކަތުންގައުމަށް ގެނެވޭ ކުރިއެރުމުގެ އަރާމާއިއުފާ ލިބިގަންނަފަދައިން ބޭރުން އިމްޕޯރޓް ކުރެވޭ ކުރިއެރުންތަކުންތަކުގެ ސަބަބުން ލިބޭ އުދަގުލާއި ދުއްތުރާތައްވެސް އޮންނަނީ ހިއްސާކުރަން ޖެހިފާކަމަށް ގަބޫލުކުރަންޖެހެއެވެ. އިމްޕޯރޓް ކުރެވޭ ކުރިއެރުންތަކޭ މި ބުނީ ދިވެހިންގެ އާދަކާދައިގައި ނެތް އެހެނަސް ބޭރުމީހުން އެކަންތައް ކުރާގޮތްވީމާ ކުރާކަންތަކަށެވެ. އަޅުގަނޑުގެ އުސްތާޒަކުކައިރީގައި […]

ބޮޑުވަޒީރު މޯދީ އިންޑިއާގެ ބިން ޗައިނާއަށް ދެއްވައިފި: ރާހޫލް ގާނދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ލަދާޚުގެ ބިމުން ބައެއް ޗައިނާއަށް ދެއްވައިފިކަމަށް ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރ ރާހޫލް ގާނދީ ވިދާޅުވެއްޖެއެވެ. ރާހޫލް ގާނދީ ދެއްކެވި ވާހަކަފުޅާ ގުޅިގެން ބޮޑުވަޒީރު މޯދީއަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ލަދާޚުގައި ތިބި އެއްގަމު ސިފައިން އެ ސަރަހައްދުން އެނނބުރި ދާން ފެށުމާ ގުޅިގެން ކޮންގްރެސް ޕާޓީގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރާހޫލް ގާނދީއާއި އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ގެންދަނީ މޯދީއަށާއި މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް […]

ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ 

ގަލޮޅު ގެއެއްގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ އޭނާ ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:43 ގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެެއް ނުކުރެއެވެ. މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައި އޮތް މީހާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާތީ އޭނާގެ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވާން އެއް މާސްކުގެ ބަދަލުގައި އަޅަންވީ ދެ މާސްކު: ސީޑީސީ

އެއް މާސްކު އެޅުމަށްވުރެ ދެ މާސްކު އެޅުމުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މާ ބޮޑަށް އެހީތެރިވާކަމުގައި އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެފިއެވެ. އެއް މާސްކު އެޅުމަށްވުރެ ދެ މާސްކު އެޅުން ރައްކާތެރިކަމަށް ސީޑީސީން ބުނީ ކަމާގުޅޭ ގޮތުން ކުރި ދިރާސާއަކަށްފަހުގައެވެ. އެމެރިކާގެ ޑިރެކްޓަރ އޮފް ދަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްސް ޑރ. އެންތޮނީ ފައުޗީ އެންބީސީ ނިވްސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދެ މާސްކު އެޅުމަކީ […]

ރާއްޖެ އިން މިއަދު އިތުރު 1,902 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 1,902 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 1,496 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 406 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 120 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 120 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 8 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 10 މީހަކާއި ސަފާރީ ތަކުން 3 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 99 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ, 17,507 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,302 އެކްޓިވް ކޭސް ހިމެނޭއިރު، 206 ފަރާތަކަށް ދަނީ އެޑްމިޓް […]