ކޯވިޑް19: މިއަދު ފެނުނީ އިތުރު 209 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 209 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 15 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 6 މީހަކާއި ސަފާރީ ތަކުން 14 މީހަކު އަދި އިންޑަސްޓްރިއަލް ވިލެޖްތަކުން 73 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 101 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ, 17,716 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 2,360 އެކްޓިވް ކޭސް ހިމެނޭއިރު، 190 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖެ އިން 58 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 15,291 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް