ބޮޑުވަޒީރު މޯދީ އިންޑިއާގެ ބިން ޗައިނާއަށް ދެއްވައިފި: ރާހޫލް ގާނދީ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ލަދާޚުގެ ބިމުން ބައެއް ޗައިނާއަށް ދެއްވައިފިކަމަށް ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރ ރާހޫލް ގާނދީ ވިދާޅުވެއްޖެއެވެ.

ރާހޫލް ގާނދީ ދެއްކެވި ވާހަކަފުޅާ ގުޅިގެން ބޮޑުވަޒީރު މޯދީއަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ލަދާޚުގައި ތިބި އެއްގަމު ސިފައިން އެ ސަރަހައްދުން އެނނބުރި ދާން ފެށުމާ ގުޅިގެން ކޮންގްރެސް ޕާޓީގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރާހޫލް ގާނދީއާއި އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ގެންދަނީ މޯދީއަށާއި މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރާހޫލް ވިދާޅުވިގޮތުގައި ޗައިނާއާއި ވާހަކަދައްކަވައިގެން މޯދީ ވަނީ އިންޑިއާގެ ބިން ޗައިނާއަށް ދެއްވާފައެވެ. އަދި އޭނާ ވަނީ ބައެއް ސުއާލުތަކެއް ކުރައްވައި އެ ސުއާލުތަކުގެ ޖަވާބު މޯދީގެ ސަރުކާރުން އިންޑިއާގެ ރައްޔިތުންނަށް ދިނުމަށް އެދިވަޑައިގެންފައެވެ.

އޭގެތެރެއިން އެއްސުއާލަކީ އިންޑިއާގެ ސިފައިން ރަނގަޅު ސަރަހައްދެއްގައި ތިބެފައި އެ ސަރަހައްދު ދޫކޮށް އެނބުރި އަންނަންޖެހުނީ ކީއްވެގެން ހެއްޔެވެ؟

އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި އިންޑިއާއާއި ޗައިނާގެ މެދުގައި އުފެދިފައިވާ ސަރަހައްދީ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިންޑިއާގެ ސިފައިން މައްސަލަ އުފެދިފައިވާ ސަރަހައްދުން ފަހަތައްޖެހެން ވަނީ ފަށާފައެވެ. ހަމަ އެގޮތަށް ޗައިނާއިން ވެސް ދަނީ އެސަރަހައްދުން ސިފައިން ފަހަތަށް ޖައްސަންފަށާފައެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ވިދާޅުވިގޮތުގައި އިންޑިއާ ސިފައިން ފަހަތައް ޖެހެން ފެށީ ޗައިނާއިން ވެސް ސިފައިން ފަހަތަށް ޖައްސަން އެއްބަސްވެ އެގޮތަށް އަމަލުކުރަން ފެށުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް