އަދާލަތު ޕާޓީގެ އިންތިހާބު: ރައީސްކަމަށް ދެ މިނިސްޓަރަކު ކުރިމަތިލައްވައިފި

އަދާލަތު ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތިލައްވައިފިއެވެ. އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މި މަހު 21 2ވަނަ ދުވަހަށް ހަމަވިއިރު އެ މަގާމަށް ކުރިމަތި ލާފައިވަނީ ދެ ކެޑިޑޭޓުން ކަމަށެވެ. އެމަގާމަށް ކުރިމަތި ލެއްވި ދެ ބޭފުޅުން […]

ތިލަފުށީ ފަޅު ހިއްކުމަށް އީއައިއޭ ރިޕޯޓް ތައްޔާރުކުރާނެ ފަރާތެއް ހޯދަނީ

  ތިލަފުށީ ފަޅު ހިއްކުމަށް  އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް ( އީއައިއޭ) ރިޕޯޓް ހެދުމަށް ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިއުލާން ކޮށްފިއެވެ. އެޗްޑީސީން އިއުލާން ކޮށްފައިވަނީ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް އީއައިއޭގެ އިތުރުން ތިލަފުށީ ފަޅު ހިއްކުމާ ގުޅޭ ކުރެހުންތައް ތައްޔާރުކުރާނެ ފަރާތެއް ހޮވުމަށެވެ. އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ދަށުން ތިލަފުށީ ފަޅުން 138 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގައި އެންމެ ގިނަ […]

ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ޗައިނާއިން ޕާކިސްތާނަށް ހަދިޔާ ކުރަނީ !

މިމަސް ނިމުމުގެ ކުރިން ޗައިނާއިން ޕާކިސްތާނަށް ކޮވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ހަދިޔާ ކުރާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރޭޝީ ވިދާޅުވެއްޖެ އެވެ. ​ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ ފޯނުން ވާހަކަ ދެއްކެވުމަށް ފަހު ގުރޭޝީ ވިދާޅުވި ގޮތުގައި އެގައުމުން ވަނީ ޕާކިސްތާނުން މަތިންދާބޯޓެއް ފޮނުވުމާއެކު ވެކްސިންގެ ޑޯޒްތައް ދޭނެ ކަމަށް ބުނެފަ އެވެ. ”ޖެނުއަރީ 31ގެ ކުރިން ޕާކިސްތާނަށް ވެކްސިންގެ 500،000 ޑޯޒް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން […]

ސީރަމް އިންސްޓިއުޓް އިމާރާތެއްގައި ރޯވެ ލިބުނު ގެއްލުންތަކުގެ އަދަދު 1000 ކްރޯޑް ރުޕީސްއަށް!

​ސީރަމް އިންސްޓިއުޓް އޮފް އިންޑިއާގެ އިމާރާތެއްގައި ރޯވެ ލިބުނު ގެއްލުންތަކުގެ އަދަދު 1000 ކްރޯޑް ރުޕީސްއަށް އަރާނެ ކަމަަށް ކުންފުނީގެ ސީއީއޯ އަދަރް ޕޫނާވައްލާ ވިދާޅުވެއްޖެއެވެ. ޕޫނާވައްލާ ވިދާޅުވީ، މި ހާދިސާގައި ކޮވިޑް-19 ވެކްސިން، ކޮވިޝީލްޑް ސަޕްލައިތަކަށް ގެއްލުން ނުވި ނަމަވެސް އެހެން ވެކްސިންތަކަށް ގެއްލުންވެފައިވާ ކަމަށެވެ. ”ލިބުނު ގެއްލުންތައް ފައިސާގެ ގޮތުން ބަލާނަމަ އަރާނެ 1000 ކްރޯޑް ރުޕީސްއަށް، އެ ހާދިސާގައި ކޮވިޝީލްޑް ސަޕްލައިތަކަށް ގެއްލުން ނުވިޔަސް، ރޮޓާވައިރަސް އާއި ބީސީޖީ ވެކްސިން މެނުފެކްޓަރިންގ އާއި […]

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް: ޑރ. ޖަމީލު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގެ އިސްބޭފުޅަކަށް ހުންނެވި ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ. ”މައްސަލައިގެ އިސްތިއުނާފަށް މިއެނބުރިގަންނަނީ. އިސްތިއުނާފުގެ ކަންތައް އަޅުގަނޑުމެން ވަރަށް އަވަސް ކުރާނަން.“ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމް ދަމަހައްޓަން ހައި ކޯޓުން ބުރާސްފަތި ދުވަހުގެރޭ ކުރި ހުކުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، ކުރިން ޖަސްޓިސް މިނިސްޓަރިކަން ވެސް ކުރައްވާފައިވާ، ތަޖުރިބާކާރު […]

ކޮޕާޑެލްރޭ: ބާސާ ދެވަނަ ބުރަށް ދަތުރު ކޮށްފި

ކޮޕާ ޑެލްރޭ ގައި ރޭ ބާސާއާއި ކޯނެއްލާ ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާއިން ބާސާ ކާމިޔާބުކޮށް، ’ރައުންޑް އޮފް 16‘ އަށް ބާސާ ދަތުރުކޮށްފިއެވެ. ރޭގެ މެޗްގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެެވެ. އެޓޭކް ކުރުމަށް ދެޓީމުންވެސް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗްގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ކުޅުން […]

އިންޑިޔާގެ ’ބާރަތް ބަޔޯޓެކް‘ ކުންފުނިން ބައެއް މީހުން ވެކްސިން ނުޖެހުމަށް ބުނެ އިންޒާރު ދީފި

އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ’ބާރަތް ބަޔޯޓެކް‘ އިން އުފެއްދި ކޮވިޑް ވެކްސިން ބައެއް މީހުން ނުޖެހުމަށް ބުނެ އެކުންފުނިން އިންޒާރު ދީފިއެވެ. އެފަރާތުގެ ކަންބޮަޑުވުން އަމާޒު ވެފައިވަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން އެލާޖިކް ވުން ފަދަ އިތުރު ސިއްޙީ މައްސަލަތައް ހުންނަ މީހުންނަށެވެ. މިފަދަ މީހުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި މިފަދަ ފަރާތްތަކަށް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުމުން ދުރުހެލިވުން ކަމަށް ވެސް […]

2017 ވަނަ އަހަރަށް ފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލު ކުރި މެޗް 1-0ގެ ނަތީޖާއަކުން ބާންލީ ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލްގެ މި ބައްޔާއިއެކު ހަތަރު އަހަރާއި ގާތަށް އަމިއްލަ ދަނޑު، އެންފީލްޑްގައި ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ މިވަނީ ނިމުމަމަކަށް އައިއްސައެވެ. ރޭގެ މެޗްގައި މުޅި މެޗްގެ ބޮޑުބައެއް ޑޮމިނޭޓް ކޮށްފައިވަނީ ލިވަޕޫލްއިންނެވެ. ލިވަޕޫލުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. މިއާއި ޚިލާފަށް ބާންލޭ އިން މުޅި މެޗްގައި […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 53 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 53 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 05 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 17 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން މީހަކު ފައްސިވިއެވެ. އަނެއް 29 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14765 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1025އެކްޓިވް ކޭސް ހިމެނޭއިރު، 74 ފަރާތަކަށް ދަނީ […]

މެރިޑް ވިސާގައި ރާއްޖޭގައި އުޅޭބިދޭސީންނަށް ހިލޭ ބޭސްފަރުވާ ލިބެންޖެހޭ.

ދިވެހި ފިރިހެނުންނާ، ދިވެހި އަންހެނުންނާއި ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ނިސްބަތުން ވަރަށް ގިނައެވެ. ބޮޑު ރަށެއްގެ އާބާދީއަށް ވުރެން ބިދޭސީ ފިރިހެނުންނާއި ކައިވެނި ކޮށް ދަރިންލިބި ދަރިން ބޮޑުވެ މީހުންނާ ކައިވެނި ކުރާ ޢުމުރަށް ގޮސް ކާފަ މާމަ ކިޔާފައި ވާއިރު މި އެންމެންގެ ތެރެއިން މަދު ބަޔަކު ފިޔަވާ ރާއްޖޭގައި ދިރިއުޅެނީ ކައިވެނި ވިސާގައި އަމިއްލަ އަށް ޚަރަދު ކޮއްގެން ބޭސްފަރުވާވެސް އަމިއްލަ ޚަރަދުކޮށްގެންނެވެ. ދިވެއްސަކަށް ވާން އޭ.ޖީ އޮފީހުންނާ، އެޑިއުކޭޝަން މިނިސްޓްރީއާއި […]