ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 53 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 53 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 05 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 17 މީހަކު ފައްސިވެފައެވެ.ހަމަ މިއާއެކު ސަފާރީއަކުން މީހަކު ފައްސިވިއެވެ. އަނެއް 29 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14765 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1025އެކްޓިވް ކޭސް ހިމެނޭއިރު، 74 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

ރާއްޖެއިން އިއްޔެ ކޮވިޑް-19 ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައި ވަނީ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރައްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދުތައް ވަނީ 50 އަށް އަރާފައެވެ. އަދި މިހާތަނަށް 13683 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް