ސީރަމް އިންސްޓިއުޓް އިމާރާތެއްގައި ރޯވެ ލިބުނު ގެއްލުންތަކުގެ އަދަދު 1000 ކްރޯޑް ރުޕީސްއަށް!

Loading

Facebook
Twitter
WhatsApp

​ސީރަމް އިންސްޓިއުޓް އޮފް އިންޑިއާގެ އިމާރާތެއްގައި ރޯވެ ލިބުނު ގެއްލުންތަކުގެ އަދަދު 1000 ކްރޯޑް ރުޕީސްއަށް އަރާނެ ކަމަަށް ކުންފުނީގެ ސީއީއޯ އަދަރް ޕޫނާވައްލާ ވިދާޅުވެއްޖެއެވެ.

ޕޫނާވައްލާ ވިދާޅުވީ، މި ހާދިސާގައި ކޮވިޑް-19 ވެކްސިން، ކޮވިޝީލްޑް ސަޕްލައިތަކަށް ގެއްލުން ނުވި ނަމަވެސް އެހެން ވެކްސިންތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

”ލިބުނު ގެއްލުންތައް ފައިސާގެ ގޮތުން ބަލާނަމަ އަރާނެ 1000 ކްރޯޑް ރުޕީސްއަށް، އެ ހާދިސާގައި ކޮވިޝީލްޑް ސަޕްލައިތަކަށް ގެއްލުން ނުވިޔަސް، ރޮޓާވައިރަސް އާއި ބީސީޖީ ވެކްސިން މެނުފެކްޓަރިންގ އާއި ސްޓޯރޭޖަށް ގެއްލުންވި، އެއީ ފައިނޭންޝިއަލް ބޮޑު ގެއްލުމެއް“. ނޫސްވެރިންގެ ބައްދަލުވުމުގައި ޕޫންވައްލާ ވިދާޅުވެފައި ވެއެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ އިންސްޓިއުޓްގެ އާ އިމާރާތެއްގައި ކަމަށާއި އެތަނަކީ ރު ޕްރޮޑަކްޓްތަކަށް ހާއްސަކޮށް ތައްޔާރު ކުރަމުންދިޔަ އިމާރާތެކެވެ.

މި ​ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ގެއްލުނީ ކުރިއަށް އޮތްތަނުގައި ބޭނުން ކުރަން ހުރި ޕްރޮޑަކްޓްތައް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް