ތިލަފުށީ ފަޅު ހިއްކުމަށް އީއައިއޭ ރިޕޯޓް ތައްޔާރުކުރާނެ ފަރާތެއް ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ތިލަފުށީ ފަޅު ހިއްކުމަށް  އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް ( އީއައިއޭ) ރިޕޯޓް ހެދުމަށް ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިއުލާން ކޮށްފިއެވެ.

އެޗްޑީސީން އިއުލާން ކޮށްފައިވަނީ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލާ ރިޕޯޓް އީއައިއޭގެ އިތުރުން ތިލަފުށީ ފަޅު ހިއްކުމާ ގުޅޭ ކުރެހުންތައް ތައްޔާރުކުރާނެ ފަރާތެއް ހޮވުމަށެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ ދަށުން ތިލަފުށީ ފަޅުން 138 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި އެންމެ ގިނަ ކުނި ޖަމާކުރާ ރަށް ކަމުގައިވާ ތިލަފުށި ފަޅު ހިއްކުމަށް ހަމަޖައްސާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ 75.9 ހެކްޓަރުގެ ސަރަހައްދަކާއި 33.6 ހެކްޓަރުގެ ސަރަހައްދެއްގެ އިތުރުން 28.5 ހެކްޓަރުގެ ސަރަހައްދެކެވެ.

މި ސަރުކާރުން މިހާތަނަށް އިއުލާންކުރި އެންމެ ބޮޑު އުމްރާނީ މަޝްރޫއު ވެސް ގުޅިފައިވަނީ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ވެސް ތަރައްގީކުރަމުން އަންނަ ތިލަފުށްޓާއެވެ. އެއީ މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖް އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް