އިންޑިޔާގެ 'ބާރަތް ބަޔޯޓެކް' ކުންފުނިން ބައެއް މީހުން ވެކްސިން ނުޖެހުމަށް ބުނެ އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ’ބާރަތް ބަޔޯޓެކް‘ އިން އުފެއްދި ކޮވިޑް ވެކްސިން ބައެއް މީހުން ނުޖެހުމަށް ބުނެ އެކުންފުނިން އިންޒާރު ދީފިއެވެ. އެފަރާތުގެ ކަންބޮަޑުވުން އަމާޒު ވެފައިވަނީ ދިފާޢީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން އެލާޖިކް ވުން ފަދަ އިތުރު ސިއްޙީ މައްސަލަތައް ހުންނަ މީހުންނަށެވެ. މިފަދަ މީހުން ވެކްސިން ޖެހުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި މިފަދަ ފަރާތްތަކަށް އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުމުން ދުރުހެލިވުން ކަމަށް ވެސް އެފަރާތުން ވަނީ އިތުރަށް ބުނެފައެވެ.

އެކުންފުނިން ބުނެފައިވާ ގޮތުގައި ވެކްސިން ޖެހުމުގެ ކުރިން އެމީހެއްގެ ސިއްޙީ ހާލަތު ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން އެއްވެސް ބޭހެއް ކާނަމަ އޭގެ މަޢުލޫމާތާއި، އެލަރޖިކް ހިސްޓަރީ ފަދަ މައުލޫމާތު އެނގުން މުހިންމު ކަމަށް ވަނީ ހާމަކޮށްފައެވެ. ވެކްސިން ޖެހުމަށް ފަހު ނުރައްކާތެރި އެލަރޖިކް ރިއެކްޝަން ތަކަށް ހުށަހެޅިދާނެ ކަމުގެ އިންޒާރު އެކުންފުނިން ދީފައި ވާއިރު، އޭގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި، މޫނާއި ކަނދުރާ ދުޅަވުމާއި، ބޮލަށް އެނބުރުން އެރުންފަދަ ކަންކަން ދިމާވެދާނެ ކަމަށްވެސް އެކުންފުނީގެ ބަޔާނުގައި ވެއެވެ.

ބާރަތް ބަޔޯޓެކް އިން އުފެއްދި ވެކްސިންގެ މައްސަލަ ހޫނުވެފައި ވަނީ، ވެކްސިނާއިބެހޭ އެކަށީގެންވާ މައުލޫމާތު ނެތި ވެކްސިން ޖަހަން ހުއްދަ އިންޑިޔާ ސަރުކާރުން ދިންކަން ފަޅާއެރި ހިސާބުންނެވެ. މިކަމުގެ ވާހަކަ ދެކެވެން ފެށިއިރު އެތައް ހާސް ބަޔަކަށް ވަނީ ވެކްސިން ދީފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް