ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

ހައިކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ތަހްޤީޤް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ތަހުޤީޤީ ކޮމިޝަނެއް އެކުލަވައި ލައިފިއެވެ. އެ މިނިސްޓްރީން އެކުލަވައި ލެއްވި މިކޮމިޓީއިން ބަލަން ނިންމަވާފައިވާ މައްސަލަތަކަކީ ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުއްރައޫފު އިބްރާހީމްއާއި އަބްދު ހަމީދު އަދި އަލީ ސަމީރު، ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 41 ވަނަ މާއްދާއާ ހިލާފަށް ޢިނާޔަތެއް ލިބިގަނެ ބަލައިގަތްކަމަށް ބުނާ މައްސަލައެއްގެ އިތުރުން ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު […]

ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ހުޅުވަން ހުއްދަ ދީފި!

ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ހުޅުވަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފިއެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމުގެ ހުއްދަ އެ އެޖެންސީ އިން ދީފައިވާ ކަމަށެވެ. އަދި ހަމަ މިއާއެކު އެ މިނިސްޓްރީން ވިދާޅުވީ، މި ތަންތަން ހިންގަން ވާނީ ކޮވިޑް-19އިން ރައްކާތެރިވުަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި، މިންގަނޑުތަަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ. […]

ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި

މާލެ ސަރަހައްދުގައި ހިންގާ ސިނަމާތަށް މާދަމައިން ފެށިގެން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ. ސިނަމާތަށް ބަންދު ކުރީ ކޮވިޑް-19 ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި، މީގެ 10 މަސް ދުވަސްކުރިންނެވެ. އެޗްޕީއޭ އިން މިއަދު ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ސިނަމާތައް ބަންދުކޮށް މިދިޔަ އަހަރު ކުރި އިއުލާނު ބާތިކޮށްފައިވާ ކަމަށާއި ސިނަމާތައް، ރައްކާތެރިކަމާ ހިންގުމުގެ އުސޫލާ އެއްގޮތަށް މާދަމާއިން ފެށިގެން ހުޅުވިޔަސް އެންމެ ރަނގަޅު ކަމަށެވެ. ސިނަމާތައް ބަންދުކުރަން އެންގީ މިދިޔަ އަހަރުގެ މާޗް […]

ސަރުކާރަށް، ”އޭއީޖީ“ގެ ތިން ސުވާލު.

އާންމުންގެ އެކުވެރި ގުޅުން ”އޭއީޖީ“ ނުވަތަ ކޮތަރު ކޮށި ޓީމްގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މުހިންމު ތިން ސުވާލެއް ކުރިމަތި ކުރުވައިފިއެވެ. އޭއީޖީގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވާ، މިތިން ސުވާލު އަމާޒު ކޮށްފައިވަނީ ފްލެޓް ކޮމިޓީއާއި ބެހޭ ގޮތުންނެވެ. ”‏ފްލެޓް ކޮމެޓީގައި ތިބީ ކިތައް މެންބަރުންތޯ؟“ ”އެ ފަރާތްތަކުގެ ނަންތަކަކީ ކޮބައިތޯ؟ “ ”އެ މައުލޫމާތު ފެންނަން ހުރީ ކޮންތާކުތޯ؟“ ފްލެޓް ކޮމިޓީއަށް އޭއިޖީއިން ކޮށްފައި މިވާ ސުވާލުތަކަކީ ގިނަ ބައެއްގެ […]

ޖާބިރުގެ ފައިސާއަށް ފާރިޝް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

  ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ފައިސާ ތަކަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ހިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ. ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާ ފާރިސް މައުމޫނާ ދެކޮޅަށް ފުލުހަށް ހުށަހަޅާފައިވާ މައްސަލާގައި ވާގޮތުން ޖާބިރުގެ އަތްފުޅުން މައުމޫން  ނެންގެވިކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ހަވާލުކުރަން ޖާބިރުގެ ފަރާތުން ހަވާލުކުރީ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 55 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 55 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 9 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން ވަނީ 15 މީހަކު ފައްސިވެފައެވެ. އަނެއް 31 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14,885 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1,015އެކްޓިވް ކޭސް ހިމެނޭއިރު، 77 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިބަލީގައި […]

ވެކްސިން ޖެހުން މަޖުބޫރެއް ނޫން – އެޗްއީއޯސީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. ​މި މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ އާއި އިންޑިއާގެ ސީރަަމް އިންސްޓިޓިއުޓް ގުޅިގެން އުފައްދާފައިވަ ކޮވިޝީލްޑް ވެކްސިން ރާއްޖެ ވަނީ ގެނެސްފައެވެ. މި ވެކްސިންގެ އެއްލަކަ ޑޯޒް ވަނީ އިންޑިޔާ އިން ރާއްޖެ އަށް ވަނީ ހަދިޔާކޮށްދީފައެވެ. ކޮވިޑް-19 ވެކްސިނަށް އާންމުން ހޭލުންތެރި ކުރުމަށް މިއަދު އާއްމު ކުރި މައުލޫމާތުގައި ވަނީ، […]

އަންހެނުންތަކަކާ ފޮށިގެން މިއަދު ހައްޔަރުކުރީ ބަރަހަނާ ހާލު އިސްލާމީ މަރުކަޒަށް ވަތް މީހާ: ފުލުހުން

  ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށިއާންމުންނަށް އުދަގޫކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ބަރަހަނާ ހާލު އިސްލާމީ  މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ވަތް މީހާ ކަމަށް މިރޭ ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ހަވީރު ބުނީ ހެންވޭރުގައި ބޮޑުތަކުރުފާނު މަގަށް ހުންނަ ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް)ގެ ކައިރިން މިއަދު މެންދުރު 13:05 ގައި ހައްޔަރުކުރި  މީހާއަކީ އެސަރަހައްދުގައި އަންހެނުންތަކަކާ ފޮށި، އާންމުންނަށް އުނދަގޫކުރަމުންދިޔަ 50 އަހަރުގެ ބަންގުލަދޭޝް މީހެއްކަމަށެވެ. މި މައްސަލައާ […]

އިތާފުށީގެ ކޮންމެ މުއައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި ބައިލައްކަ ރުފިޔާ

މާލެ އަތޮޅުގައި ހިންގަމުން އަންނަ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގެ ކޮންމެ މުއައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ އެ ރިސޯޓުން ދީފިއެވެ. ރާއްޖޭގެ ރިސޯޓު މުއައްޒަފުންގެ ހައްގަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާންމުކޮށްފައިވާ މައުލޫމާތަކުން ދައްކާގޮތުން އިތާފުށީގެ މުއައްޒަފުންނަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި 3340 ޑޮލަރު  ( 51502 ރ) ވަނީ ދީފައެވެ. އިތާފުށްޓަކީ ދުނިޔޭގެ އެންމެ މަގްބޫލް ރިސޯޓްތަކުގެ ލިސްޓްގެ ފަސްވަނައގައި […]

އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލު ވަތް މީހާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް: ފުލުހުން

    ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ބަރަހަނާ ހާލުގައި ވަތް މީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ އިސްލާމީ މަރުކަޒަށް ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު މިހާރު އޭނާ ދޫކޮށްފައިވާކަމަށާ އެމީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. ބަންގުލަދޭޝްގެ މި ފިރިހެން މީހާގެ ސްޕޮންސަރ އާއި ގުޅިގެން […]