ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގައި ހިންގާ ސިނަމާތަށް މާދަމައިން ފެށިގެން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ.

ސިނަމާތަށް ބަންދު ކުރީ ކޮވިޑް-19 ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި، މީގެ 10 މަސް ދުވަސްކުރިންނެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ސިނަމާތައް ބަންދުކޮށް މިދިޔަ އަހަރު ކުރި އިއުލާނު ބާތިކޮށްފައިވާ ކަމަށާއި ސިނަމާތައް، ރައްކާތެރިކަމާ ހިންގުމުގެ އުސޫލާ އެއްގޮތަށް މާދަމާއިން ފެށިގެން ހުޅުވިޔަސް އެންމެ ރަނގަޅު ކަމަށެވެ.

ސިނަމާތައް ބަންދުކުރަން އެންގީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ އެކުގަ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅި ވަރަށް ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ، ކޮވިޑްގެ ކޭސްތައް މަދުވުމާ އެކު ލުއިދީފައެވެ. ނަމަވެސް އެކަންކަމަށް ލުއި ދެނީ އެ ކަމަކާ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ގައިޑްލައިނަކަށް ތަބާވާންޖެހޭ ގޮތަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް