އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލު ވަތް މީހާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް: ފުލުހުން

Loading

Facebook
Twitter
WhatsApp

 

 

ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމަށް ބަރަހަނާ ހާލުގައި ވަތް މީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ އިސްލާމީ މަރުކަޒަށް ވަތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު މިހާރު އޭނާ ދޫކޮށްފައިވާކަމަށާ އެމީހާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

ބަންގުލަދޭޝްގެ މި ފިރިހެން މީހާގެ ސްޕޮންސަރ އާއި ގުޅިގެން އޭނާގެ ގައުމަށް ފުނުވައިލުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މީހާ އިސްލާމީ މަރުކަޒަށް ވަދެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާނަމާދަށް ފަހުއެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާ ފުރަތަމަ މިސްކިތަށް ވަނީ ޓީޝާޓަކާއި ސޯޓެއް ލައިގެންނެވެ. މިސްކިތަށް ވަނުމަށފަހު އަޑުގަދަ ކުރަން ފުށުމުން މިސްކިތުގައި އެވަގުތު ތިބި މީހުން އޭނާ މިސްކިތުން ބޭރުކުރިއެވެ.

މިސްކިތުގައި ތިބި މީހުން ބުނިގޮތުގައި އޭނާ އަޑުގަދަކުރަމުން ދިޔައީ ރަށަށް ދާން ބޭނުންވާކަމަށް ބުނެއެވެ.

އެމީހާ މިސްކިތުން ބޭރުކުރުމުން ދެން މިސްކިތަށް ވަނީ އޭގެ އިރުކޮޅެއްފަހުން ބަރަހަނާ ހާލުގައި ކަމަށް މަންޒަރު ފެނެނު މީހުން ބުނެއެވެ. އެމީހުން ބުނާގޮތުން އެ މީހާ ހައްޔަރުކުރި އިރު އެ މީހާ ވަނީ މިސްކިތުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް