ވެކްސިން ޖެހުން މަޖުބޫރެއް ނޫން - އެޗްއީއޯސީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

​މި މަހުގެ 20 ވަނަ ދުވަހު އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ އާއި އިންޑިއާގެ ސީރަަމް އިންސްޓިޓިއުޓް ގުޅިގެން އުފައްދާފައިވަ ކޮވިޝީލްޑް ވެކްސިން ރާއްޖެ ވަނީ ގެނެސްފައެވެ. މި ވެކްސިންގެ އެއްލަކަ ޑޯޒް ވަނީ އިންޑިޔާ އިން ރާއްޖެ އަށް ވަނީ ހަދިޔާކޮށްދީފައެވެ.

ކޮވިޑް-19 ވެކްސިނަށް އާންމުން ހޭލުންތެރި ކުރުމަށް މިއަދު އާއްމު ކުރި މައުލޫމާތުގައި ވަނީ، ކޮވިޑް19 ވެކްސިން އަކީ އެ ބަލި ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިންރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެއް ކަމަށާއި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުން ކަމަށެވެ. އަދި ގިނަ ބަޔަކު މި ވެކްސިން ޖަހައިފި ނަމަ އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

​“ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް މި ވެކްސިން ޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ،“ އެޗްއީއޯސީން ވިދާޅުވެފައި ވެއެވެ.

​އަދި ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓުކޮށްފައިވާ ވެކްސިންތަކެއް ކަމަށެވެ. އަދި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައި ނުވާތީ އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް