ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ހުޅުވަން ހުއްދަ ދީފި!

Loading

Facebook
Twitter
WhatsApp

ޓިއުޝަން ކްލާސްތަކާއި، ގުރުއާން ކްލާސްތައް ހުޅުވަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމުގެ ހުއްދަ އެ އެޖެންސީ އިން ދީފައިވާ ކަމަށެވެ.

އަދި ހަމަ މިއާއެކު އެ މިނިސްޓްރީން ވިދާޅުވީ، މި ތަންތަން ހިންގަން ވާނީ ކޮވިޑް-19އިން ރައްކާތެރިވުަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި، މިންގަނޑުތަަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ.

ރާއްޖޭގައި ވެސް ކޮވިޑް-19 ފެތުރެމުން ދިޔުމުން، ބަލިން ރައްކާތެރިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ޤުރްއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ވަގުތީ ގޮތުން ބަންދު ކުރީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް