އަދުރޭއާ ޝުޖާއު ބަންދުން ދޫކޮށްލައިފި!

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އިއްޔެ މެންދުރު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ދޫކޮށްލައިފިއެވެ. ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އިއްޔެ މެންދުރުން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެވެސް އިންތިހާބު އަވަސް ކުރުމަށް […]
އިއްޔެވެސް ރާއްޖެ އިން ފައްސިވީ މީހުންގެ އަދަދު 100 އިން މައްޗަށް!

އިއްޔެ ރާއްޖެއިން އިތުރު 109މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 11 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.ދެން ހިމެނެނީ ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހަކާއި މާލެ ސަރަހައްދުން ފެނުން 78 މީހުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 15102 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި،1160 އެކްޓިވް ކޭސް ހިމެނޭއިރު،87 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެ އިން މިހާތަނަށް […]
ދިވެހި ސިފައިންނަކީ އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއް: ރައީސް ޞާލިޙު

ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން.“ ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ހޯމަދުވަހު މެންދުރުކުރީގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ […]
މަސްވެރިކަމާގުޅޭ މަޝްރޫތައް ފެށުމުގެ ކުރިން ހުއްދަ ނެގުމަށް އަންގައިފި

މަސްވެރިކަމާ ގުޅޭ މަޝްރޫއުތަކުގެ ތެރެއިން ނުވަ މަޝްރޫއެއް ފެށުމުގެ ކުރިން އެކަމާބެހޭ މައުލޫމާތު ހިއްސާކޮށް އެ މަޝްރޫއު ހިންގުމަށް ހުއްދަ ނެގުމަށް ފިޝަރީޒް މިނިސްޓްރީން އަންގައިފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫއުތަކަށް ހުއްދަ ނެގުމަށް އެންގީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ މަސްވެރިކަމުގެ މަޝްރޫތައް ގާއިމް ކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ. އެ މިނިސްޓްރީން ބުނީ މަޝްރޫއުހިންގުމުގެ ކުރިން ހުއްދަ ނެކުމަށް އެންގީ އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓް […]
ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރި މެޗަކަށް ފަހު ލިވަޕޫލް އެފްއޭކަޕާ އަލްވަދާޢު ކިޔައިފި

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް 3-2 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުން މިމެޗުން ލިވަޕޫލް ބަލިވުމާއިއެކު އެޓީމްވަނީ މުބާރާތާއި އަލްވަދާޢު ކިޔައިފައެވެ. މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ލިވަޕޫލްއިންނެވެ. މެޗްގެ 18 ވަނަ މިނިޓުގައި ޞަލާހް ކާމިޔާބު ކޮށްދިން މިގޯލަށް ފަހު 26 ވަނަ މިނިޓުގައި ގްރީންވޫޑްގެ ގޯލަކުން ޔުނައިޓެޑް ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފް ނިމުނީ 1-1 […]
ކޮވިޑް19 އަށް ފައްސިވީ މީހުންގެ އަދަދު ބޮޑު ތަނުން މައްޗަށް!

ރާއްޖެއިން ކޮވިޑް-19 އަށް އިއްޔަ 108 މީހަކު ވަނީ ފައްސިވެފައެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.ދެން ހިމެނެނީ ރިސޯޓުތަކުން ޕޮޒިޓިވްވި 23 މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި އެކަކެވެ. އަނެއް 79 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14993 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1086 އެކްޓިވް ކޭސް ހިމެނޭއިރު، 80 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]
ކޮޅުފުށި ފުރަބަންދުކޮށްފި

މ. ކޮޅުފުށި ފުރަބަންދުކޮށް، އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ. އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެރަށުން މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެރަށް މޮނީޓަރިންގ ލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެ ރަށް މޮނީޓަރިންގއަށް ލާފައިވާއިރު، އެ ދެ ރަށަށް އަރާ ފޭބޭނީ ކަމާއި ބެހޭ ހުރި އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ. އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް މީޑިއާއަށް ވިދާޅުވީ، އެރަށުން މާލެ […]
ދިވެހި ފައިސާގައި މުޅިން އަލަށް ޖަހާ ނިޝާން ފަރުމާ ކުރުމަށް ހުޅުވާލައިފި

ދިވެހި ފައިސާގައި ޖަހަން ޚާއްސަކޮށް ފަރުމާކުރެވޭ ނިޝާން، ނުވަތަ ”ކަރަންސީ ސިމްބޮލް“ ފަރުމާ ކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށް ހުޅުވާލައިފިއެވެ. މިނިޝާން ފަރުމާ ކުރުމަށް އާއްމުންނަށް ހުޅުވާލާފައިވަނީ މުބާރާތެއްގެ ގޮތުގައެވެ. މީގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. ނިޝާން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ފެބްރުއަރީގެ 14:00 އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. އަދި މި ލިންކުު […]
ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޙާއްސަ އުސޫލެއް ސަޢުދީއިން ހަމަޖައްސަވައިފި

ކޮވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސަޢުދީޢަރަބިއްޔާއިން ހަމަޖައްސަވައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީޢަރަބިއްޔާ، އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢުދީ ފޮރިން މިނިސްޓަރާއި އަދި ސަޢުދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން ޢުމްރާގެ […]
ހޮޓާ ރެސްޓޯރެންޓް ތައް ހުޅުވައިފައި ބެހެއްޓޭ ވަގުތު އިތުރު ކޮށްފި

ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން، ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ […]