އަދުރޭއާ ޝުޖާއު ބަންދުން ދޫކޮށްލައިފި!

Loading

Facebook
Twitter
WhatsApp

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން އިއްޔެ މެންދުރު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ދޫކޮށްލައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޤަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން​ އިއްޔެ މެންދުރުން ފެށިގެން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެވެސް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ ވަނީ އަޑުއުފުލާފައެވެ.

މިއީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ސީދާ ހަރަކާތަށް މަގުމައްޗަށް ނުކުންނަން އިދިކޮޅުން ޤަރާރު ފާސް ކުރުމަށްފަހު ބޭއްވުނު ފުރަތަމަ އިހުތިޖާޖެވެ.

މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ އިއްޔެ މެންދުރު ފަހު 18 މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއާ ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ޕީޕީއެމްއާ ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުންންވެސް ހިމެނެއެވެ.

​ނަމަވެސް މިރޭ އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް