ކޮވިޑް19 އަށް ފައްސިވީ މީހުންގެ އަދަދު ބޮޑު ތަނުން މައްޗަށް!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޮވިޑް-19 އަށް އިއްޔަ 108 މީހަކު ވަނީ ފައްސިވެފައެވެ.

އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.ދެން ހިމެނެނީ ރިސޯޓުތަކުން ޕޮޒިޓިވްވި 23 މީހަކާއި ސަފާރީއަކުން ޕޮޒިޓިވްވި އެކަކެވެ. އަނެއް 79 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14993 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 1086 އެކްޓިވް ކޭސް ހިމެނޭއިރު، 80 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،849 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 36 މީހަކު ބަލިން ރަނަގަޅުވެފައި ވެއެވެ.

86 އަހަރުގެ ފިރިހެނެއް އިއްޔަ ވަނީ މިބަލީގައި ނިޔާވެފައެވެ. މިއާއެކު މިބަލީގައި މިހާތަނަށް ރާއްޖެއިން 51 މީހަކު ވަނީ މަރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް