މާލެ އާއި އެއާޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް އަލުން ފަށައިފި

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ބަހުގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ދޭންފަށައިފިއެވެ. މާލެ އާއި އެއަރޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް އަލުން ފަށައިފައިމިވަނީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅިފިޔަވަޅުތަކުގެ ތެރޭގައި މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދެމުން ބާއްވަމުންދިޔަ ބަހުގެ ޚިދުމަތް މެދުކެޑުމަށްފަހުއެވެ. އަލުން މި ޚިދުމަތް ފަށާފައިވަނީ ބައެއް ބަދަލުތައް ގެނައުމަށްފަހުއެވެ. މޯލްޑިސްވްސް ޓްރާންޕޯޓްސް ލިމިޓެޑުން ހިންގާ ގްރޭޓަރ މާލޭ ޓްރާންޕޯޓް ލިންކު( ޖީއެމްޓީއެލް)ން މިއަދު ނެރުނު […]
ނެއްލައިދޫ ބަނދަރު މަޝްރޫޢު މަސައްކަތް ނިމުމަކާއި ކައިރިވެއްޖެ

އެމްޓީސީސީ އިން ހިންގަމުން ގެންދާ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %42 ނިންމާލެވިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. 47 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ހިންގިފައިވާ މިންވަރު ހާމަކުރަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން (އެމްޓީސީސީ) އިން ބުނީ ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %42 ނިމާލެވިފައިވާކަމުގައެވެ. ”މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ %5 ވަނީ ނިމިފައި“ 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވާ […]
މާރިޗު 31 އިން ފެށިގެން ސައުދީގެ ބޯޑަރު ހުޅުވާލަނީ

އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސައުދީގެ ބޯޑަރު ހުޅުވާލާނޭ ކަމަށް ސައުދީއިން އިއުލާން ކޮށްފިއެވެ. ސައުދީ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެޤައުމުގެ މީހުން އެހެން ޤައުމުތަކަށް ދިޔުމަށާއި، އެހެން ޤައުމުތަކުން އެޤައުމަށް މީހުން އައުމުގެ ހުއްދަ އޮންނާނެއެވެ. ކޯވިޑް19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ސައުދީ ފުރަބަންދު ކޮށްފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެކަމާއި […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 25 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 25 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުންނެވެ. އަނެއް 15 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14065 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 701 އެކްޓިވް ކޭސް ހިމެނޭއިރު، 47 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިބަލީގައި ރާއްޖެ އިން މިހާތަނަށް 49 […]
އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި!

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކެއް ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފައެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ވަނީ ކައުންސިލްތަކުގެ އިންތިހާބު އަންނަ އެޕްރީލް […]
ށ.ކަނޑިތީމުގައި އޮތް ތެޔޮބޯޓެއްގައި ރޯވެ އަނދަނީ!

ށ.ކަނޑިތީމުގެ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ އަނދަމުން އެބަ ގެންދެއެވެ. މި ދޯންޏަކީ ޕެޓްރޯލް އުފުލަން ބޭނުންކުރާ ލަކުޑި ދޯންޏެއްކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި އާއްމުން ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން އެސަރަހައްދުގައި ހުރި އެހެން އުޅަނދުތައް ވަނީ ދުރަށް ޖައްސައިފައެވެ. މިހާދިސާ ހިނގާފައިވަނީ މިރޭ 10:50 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާ ހިނގީ ޕަންޕެއް ސްޓަރޓް ކުރުމުގެ ތެރޭގައި ގޮވި […]
ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެއްޖެ!

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ ފުވައްމުލަކު ޔޫރޯގެ، އަޙްމަދު ފައުޒާން ޙަސަން މޫދު އަޑީގައި އޮއްވާ ފެނިފައިވަނީ 17:50ކަން ހާއިރެވެ. ފައުޒާން ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:47 ހާއިރު އެވެ. އިތުރު ކުދިންތަކަކާއެކު މޫދަށް އެރި އުޅެނިކޮށް މި ކުއްޖާ ގެއްލުނީ ފުވައްމުލަކު ސިޓީގެ ”މާނޭރާ“ ސަރަހައްދަށެވެ. މިޒުވާނާ ނިޔާވެފައިވަނީ ފުވައްމުލަށް ސިޓީ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންދަނި ކޮށެވެ. މޫދުއަޑިން ފެނުނު މިކުއްޖާއަށް […]
ޖަކަރޓާއިން ގެއްލުނު ފްލައިޓްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް މޫދުން ފެނިއްޖެ.

މޫދުން ފްލައިޓެއްގެ ބައިތަކެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއްހިތަކެެއް ފެނިފައިވަނީ އިންޑޮނޭޝިޔާގެ ޖަކަރޓާއިން މަދުވެގެން 62 މީހުންނާއިއެކު ހޮނިހިރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ފުރި ސްރީވިޖަޔާ އެއަރ ބޮއެއިންގ 500-737، ފުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެއަރ ކޮންޓްރޯލްއާއި ގުޅުން ކެނޑިގެންގޮސްފައި ވަނިކޮށެވެ. ދަ ފްލައިޓްރާޑަރ24 ޓްރެކިންގ ސަރވިސްއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާގޮތުން އެސްޖޭ128 މަރުކާގެ ފްލައިޓް ވަނީ ޖަކަރޓާއިން ފުރިތާ 4ވަރަކަށް މިނެޓް ފަހުން އެންމެ މިނެޓެއް ތެރޭގައި ފްލައިޓް އުދުހެމުން ދިޔަ އުސްމިނުން 10,000 […]
އަފްޣާން ޔުނިވަރސިޓީގެ އެންޓްރީ ޓެސްޓުން އެންމެ މަތިން ފާސްވި ދަރިވަރު ތުރުކީއަށް ފުރައިފި

އަފްޣާނިސްތާންގެ ޤައުމީ ޔުނިވަރސިޓީގެ އެންޓްރެންސް އެގްޒަމިނޭޝަނުން އެއްވަނަ ހޯދީ އަފްޣާނަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެކެވެ. މި ދަރިވަރު ވަނީ މިދިޔަ ހުކުރު ދުވަހު، މެޑިކަލް ސްޓަޑީޒް ކިޔެވުން ފެށުމަށް އިސްޓާންބުލް އަށް ފުރާފައެވެ. ކޯލް މައިންރެއްގެ އަންހެން ދަރި، ޝަމްސިއްޔާ އަލީޒާދާއަށް ވަނީ އޭނާއަށް އެންމެ މަޤުބޫލު އެންމެ ކިޔަވާ ހިތްވާ މާއްދާއަކުން ކުރިޔަށް ދިއުމަށް އިސްޓާންބުލްގައި ހުންން ސެރަޕަސާ މެޑިކަލް ފެކަލްޓީއިން ސްކޮލަރޝިޕް ދީފައެވެ. މީގެ އިތުރުން އޭނާއަށް ވަނީ ޕްރެޒިޑެންސީ ފޮރ ޓަރކްސް […]
މެލޭޝިޔާގައި މޫސުމީ ފެންބޮޑުވުންތަކާއި ކުރިމަތިވެ ގިނަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފި

އެއްބަޔަކު ހައިމާކެއްގައި ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާއިރު އަނެއްބަޔަކު ވަނީ ފަތާފައި ސަލާމަތްތެެރި ސަރަހައްދުތަކަށް ގޮސްފައެވެ. މި ހާދިސާތަކުގައި އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި މަންޒިލްތަކަށް ދިއުމަށް މަޖުބޫރުވި މީހުންގެ އަދަދު 28,000 އަށް ވުރެ މަތި ވެފައި ވީއިރުމިހާތަނަށް މަދުވެގެން 4 މީހަކު ވަނީ މަރުވެފައެވެ. ވިއްސާރަ މޫސުމުގައި އާއްމުކޮށް ކޮންމެ އަހަރަކުވެސް މި ޤައުމުގެ އިރުމަތީ އައްސޭރީގައި ފެންބޮޑުވެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ބައެއް ސަރަހައްދު ތަކުގެ މީހުން ބުނާ ގޮތުގައި […]