އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި!

Loading

Facebook
Twitter
WhatsApp

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކެއް ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.

ނަމަވެސް ފަހުން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ވަނީ ކައުންސިލްތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބާއްވަން ތާވަލުކޮށްފައެވެ.

މި އަހަރު ޓާސްކް ފޯހަށް 150-200 ދެމެދުގެ އަދަދަކަށް މީހުން ބޭނުންވާ އިރު، އޮފިޝަލުންގެ ގޮތުގައި އިތުރު 4000-5000 މީހުން ބޭނުންވާނެ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ. ޢަދި އޮފިޝަލުންނަށް ވުމަށް ކުރިމަތިލެވޭނީ ޖެނުއަރީ 14 އިން ފަށައިގެންނެވެ.

ވޯޓުލުން ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދަން އެ ގައުމުތަކުގެ ސަރުކާރުން ހުއްދަ ދޭނެތޯ ބަލަން ފޮރިން މިނިސްޓްރީ އާއެކު މަޝްވަރާ ކުރަމުން ދާ ކަމަށާއި އެގޮތެއް ކަނޑައެޅޭނީ އެ މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް ވިދާލުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް