ށ.ކަނޑިތީމުގައި އޮތް ތެޔޮބޯޓެއްގައި ރޯވެ އަނދަނީ!

Loading

Facebook
Twitter
WhatsApp

ށ.ކަނޑިތީމުގެ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ އަނދަމުން އެބަ ގެންދެއެވެ. މި ދޯންޏަކީ ޕެޓްރޯލް އުފުލަން ބޭނުންކުރާ ލަކުޑި ދޯންޏެއްކަމަށް މަޢުލޫމާތު ލިބެއެވެ.

އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި އާއްމުން ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ. މިގޮތުން އެސަރަހައްދުގައި ހުރި އެހެން އުޅަނދުތައް ވަނީ ދުރަށް ޖައްސައިފައެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭ 10:50 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާ ހިނގީ ޕަންޕެއް ސްޓަރޓް ކުރުމުގެ ތެރޭގައި ގޮވި ގޮވުމެއްގެ ސަބަބުން ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ. މިހާދިސާގައި އެއްވެސް ފަރާތަކަށް ގެެއްލުމެއް ލިބިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް