ރާއްޖެއިން ކޯވިޑް19 އަށް އިތުރު 25 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުންނެވެ. އަނެއް 15 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14065 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 701 އެކްޓިވް ކޭސް ހިމެނޭއިރު، 47 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .
މިބަލީގައި ރާއްޖެ އިން މިހާތަނަށް 49 މީހަކު ނިޔާވެފައި ވާއިރު، 13308 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.