މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

މާރާމާރީއަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެެވެ. ފުލުހުންވަނީ ހޯދަން ބޭނުންވާ މީހާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ. ފުލުުހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ ބަންގުލަދޭޝް ރައްޔިތެއްކަމަށްވާ އަލަމިން މިއާ 40، އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BY0942817 ކަމަށް ފުލުހުން ބުނެއެވެ. މި މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9791674 އަސް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ޓެކްސީއެއްގެ ތެރެއިން ބަނގުރާ އަތުލައިގަނެ މީހަކު ހައްޔަރުކޮށްފި

މާލެސިޓީގެ މަގުމަތިން ދުއްވާފައިދިޔަ ޓެކްސީއެއް ހުއްޓުވައި ބަނގުރާކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު  މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ޓެކްސީގެ ޓިކީ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއްހުރި 12 ފުޅި ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ބިދޭސީއެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އިއްޔެގެވަގުތެއްގައި ވެސް ގެއަަކުން ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ބަނގުރާ […]

މާލެ ސިޓީގެ ކުނި ނެގުން ރޭގަނޑަށް ބަދަލުކުރަނީ

މާލެސިޓީގެ ގޭތަކުން ކުނި ނަގާ ގަޑި ރޭގަނޑަށް ބަދަލުކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ( ވެމްކޯ)އިން ހަމަޖައްސައިފި އެވެ. ވެމްކޯއިން މިއަދު ނެރުނު  ބަޔާނެއްގައި ބުނެފައިވާގޮތުން މިއަންނަ މަހު 10 އަކުން ފެށިގެން ގޭގެއިން ކުނި ނަގާނީ ރޭގަނޑު 10 އަކުން ފެށިގެން މެންދަމު 12 އާއި ދެމެދުގައެވެ. ވެމްކޯއިން ބުނީ ގޭގެއިން ކުނިނެގުން މިހާރު ދުވާލުގަނޑިއަށް އޮންނަ އޮތުން ބަދަލުކޮށް ރޭގަނޑަށް ހަމަޖެއްސީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ސިއްޚީ ކުއްލި ނުރައްކަލުގެ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 13 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 13 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން މިއަދު ފައްސިވި 13 މީހުންގެ ތެރެއިން އެކަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 5 މީހަކު ފައްސިވެފައެވެ. އަނެއް 7 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13537 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 499 އެކްޓިވް ކޭސް ހިމެނޭއިރު، […]

ލަންކާގައި މަރުވާ މުސްލިމުން ވަޅުލައިދޭން ރަނިލް ގޮވާލައިފި

ސްރީ ލަންކާގެ މުސްލިމު މުޖުތަމައުން އެދޭ ގޮތަށް އިސްލާމް ދީނުގައިވާ ގޮތުގެ މަތިން އެ ޤައުމުގެ މުސްލިމުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު އަދި އެ ޤައުމުގެ އިދިކޮޅު ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރ ރަނިލް ވިކްރަމަނސިންހަ ގޮވާލައްވައިފިއެވެ. ރަނިލްގެ ފަރާތްޕުޅުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މުސްލިމުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ނިންމުމުގެ ފުރިހަމަ ހައްގު އެ މުޖުތަމައަށް ލިބެން ޖެހޭނެ […]

އެންޓާޓިކާ ގައި ތިބި ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ދުނިޔޭގެ އެންމެ އެކަހެރި ބައްރު ކަމަށްވާ އެންޓާޓިކާ ގައި ތިބި ބަޔަކުވެސް ކޮވިޑް-19 ފެނިއްޖެއެވެ. އެންޓާޓިކާ އިން ކޮވިޑް-19 އަށް ފައްސިވީ އެންޓިކާގައި ހުންނަ ޗިލީގެ ބޭސްއެއްގައި ތިބި ބައެކެވެ. މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ބުނާ އެންޓާޓިކާ އިން 36 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ޗިލީ އިން އެންޓާޓިކާގެ ޗިލީބޭސް އަށް ދިޔަ މީހުންނެވެ. އެންޓާޓިކާ އަށް ޗިލީގެ […]

ކުރީގެ މެޖަރ ޖެނެރަލް ޝިޔާމަށް ދަޢުވާ ކުރަން ފޮނުވައިފި

  ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ދައުވާ ކުރަން އޭސީސީއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީއިން ވިދާލުވެފައިވަނީ، ދައުވާ ކުރަން ފޮނުވީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ފެސިލިޓީގައި، ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި ދިރިއުޅުނީ ޝިޔާމްގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިންކަމަށެވެ. ޝިޔާމް ގެ މައްޗަށް ކުރަން […]

ރައީސް ޞާލިޙް ދެބިލެއް ތަޞްދީޤް ކުރަށްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ދެބިލެއް ތަސްދީޤް ކުރަށްވައިފިއެވެ.   މިއަދު ރައީސް ތަސްދީޤް ކޮށްދެއްވި ބިލަކީ ލާމަރުކަޒީ ޤާނޫނު އަދި މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ހިމެނޭ ބިލެވެ. ރައްޔިތުންގެ މަޖިލީހުން އެ ދެ ބިލަށް އިސްލާހު ގެނައީ ޑިސެމްބަރު ހައެއްގައި ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅަމުން ވިދާޅުވެފައި ވަނީރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ […]

މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ވިދާޅުވެއްޖެ

މިފްކޯ އޮތީ ވަރަށް ޙާލުގައި ކަމަށާއި މަހުގެ އަގަށް ގެނެވޭނެ ބަދަލެއް ނެތް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރާ ޒަހާ ވިދާޅުވެއްޖެއެވެ. ވަޒީރާ ޒަހާ މިހެން ވިދާޅުވެފައި މިވަނީ މަސްކިރާ އަގު ދައްވެ މަސްވެރިނަށް މަސްކިރުމުގައި ދިމާވަމުންދާ ދަތިތަކާއި މެދު ހިތްހަމަ ނުޖެހި ޅ ފެލިވަރުގައި މަސްވެރިން އިހްތިޖާޖްކުރުމުން އެމަސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ. މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި ދާއިރާ ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށާއި މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި […]

މަސްވެރިންގެ އިހުތިޖާޖު: މަސްވެރިންނަށް އޮޅުވާލުން ހުއްޓާލާ!

ރާއްޖޭގެ އުތުރުގެ ގިނައަދަދެއްގެ މަސްވެރިން ފެލިވަރަށް ގޮސް އަންގާރަދުވަހު އިހުތިޖާޖެއްކޮށްފިއެވެ. މަސްދޯނިފަހަރުގައި ފެލިވަރަށްގޮސް މަސްވެރިން ހެނދުނުފެށި އިހުތިޖާޖުގައި އެދުނު އެއްކަމަކީ ސަރުކާރުން މަސްވެރިންނަށް އޮޅުވައިނުލުމަށެވެ. އިހުތިޖާޖުކުރި މަސްވެރިން ބުނަމުންދިޔައީ ވެރިކަމަށް އަންނަން ބޮޑެތި ވައުދުތަކެއް ސިޔާސީ ލީޑަރުން ކުރެއްވިކަމަށާއި ނަމަވެސް ވައުދުތައް ފުއްދެވުމުގެ ބަދަލުގައި މަސްވެރިންނަށް ދެރައާއި ގެއްލުން ދެއްވަމުންދާކަމަށެވެ. ފެލިވަރަށް 17 ވަރަކަށް ދޯނީގައި އަރައިތިބި މަސްވެރިން އަންގާރަދުވަހު އެދުނު އެއްކަމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެންމެ ފަސް މިނެޓެއްހާ އިރަށް ނަމަވެސް ކޮންފަރެންސް […]