މާލެ ސިޓީގެ ކުނި ނެގުން ރޭގަނޑަށް ބަދަލުކުރަނީ

Loading

Facebook
Twitter
WhatsApp

މާލެސިޓީގެ ގޭތަކުން ކުނި ނަގާ ގަޑި ރޭގަނޑަށް ބަދަލުކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ( ވެމްކޯ)އިން ހަމަޖައްސައިފި އެވެ.

ވެމްކޯއިން މިއަދު ނެރުނު  ބަޔާނެއްގައި ބުނެފައިވާގޮތުން މިއަންނަ މަހު 10 އަކުން ފެށިގެން ގޭގެއިން ކުނި ނަގާނީ ރޭގަނޑު 10 އަކުން ފެށިގެން މެންދަމު 12 އާއި ދެމެދުގައެވެ.

ވެމްކޯއިން ބުނީ ގޭގެއިން ކުނިނެގުން މިހާރު ދުވާލުގަނޑިއަށް އޮންނަ އޮތުން ބަދަލުކޮށް ރޭގަނޑަށް ހަމަޖެއްސީ ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު ވަގުތަށް ގެނެވުނު ބަދަލަށް ރިޔާއަތްކުރުމަށް ފަހު ކަމަށެވެ.

އަދި މި ބަދަލުގެންނަން ނިންމީ ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްޚީ ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއި ދިނުމަށް މަޝްވަރާކުރަމުން ދާތީ އާއި މިހާރު ކުނި އުކާ ގަނޑީގެ ސަބަބުން ދިމާވާ ދަތިތަކެއް ފާހަގަ ކުރެވިގެން ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެ ކުންފުނިން ބުނީ މިހާރު ކުނި ނަގާ ވަގުތަކީ މެންދުރުގެ ވަގުތެއްކަމުން މާލޭގެ މަގުތަކުގައި ދުއްވާ އުޅާދާއި އާންމުން ގިނައަދަދަކަށް ހަރަކާތްތެރިވާ ވަގުތެއްކަން އެކުންފުންޏަށް ފާހަގަވޭ ކަމަށާއި އަދި  ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަކަން ވެސް އެކުންފުންޏަށް ފާހަގަ ކުރެވޭކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ވެމްކޯއިން މާލެސިޓީގެ ކުނި ނަގާގަޑި މެންދުރަށް ބަދަލުކުރީ ކޮވިޑަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކުއެވެ. އެކުންފުނިން ބުނި ގޮތުގައި މިހާރު މިގެނައި ވަގުތުގެ ބަދަލެއް ނަމަވެސް މީގެ ކުރިންވެސް އަމަލު ކުރިގޮތަށް ކޮވިޑްގެ ބަލިމަޑުކަމަށް އަޅާފައިވާ ރައްކާތެރިކަމަށް ބަދަލެއް ގެނެވިފައި ނުވާނެއެވެ.

އެގޮތުން މިހާރެކޭ އެއްގޮތަށް އިމާރާތުގެ ބޭރުން ދޮރުމަތިން ކުނި ނެގުމާއި، ރައްކާތެރިގޮތުގައި ކުނި ބަންދުކޮށްފައި ބެހެއްޓުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.

ކުނި ނެގުމަށް ހަމަޖައްސާ ގަނޑިތައް ފިޔަވައި އިތުރުގަޑީގައި ކުނިނެރޭނަމަ މަގުތައް ގޮނޑުވުމުގެ މައްސަލަ އަށް އެދެވިގެންވާ ހައްލެއް ނުލިބޭނެކަން ވެސް އެކުންވަނީ ފާހަގަކޮށްފައެވެ.

މި ބަދަލު ގެނެސްފައިވަނީ މާލޭ ސިޓީގެ އިސްނެގުމުގެ މަތީންކަމަށް ވެމްކޯއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް