މާލެސިޓީގެ މަގުމަތިން ދުއްވާފައިދިޔަ ޓެކްސީއެއް ހުއްޓުވައި ބަނގުރާކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ޓެކްސީގެ ޓިކީ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއްހުރި 12 ފުޅި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ބިދޭސީއެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ އިއްޔެގެވަގުތެއްގައި ވެސް ގެއަަކުން ގިނަ އަދަދެއްގެ ބިޔަރު ދަޅާއި ބަނގުރާ ފުޅިތަކެއް އަތުލައިގެންފައެވެ.
ފުލުުހުން ބުނީ މި މަސްތުވާތަކެތި އަތުލައިގަތީ އަންގާރަ އަދި ބުދަ ދުވަހު ހިންގި އޮފަރޭޝަނެއްގައި ކަމަށާއި ކޯޓްއަމުރެއްގެ ދަށުން ހެންވޭރު ގެ އެއް ބަލައި ފާސްކުރި ކުރުމުގައެވެ. އެގެއިން ބަނގުރާކަަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއްހުރި 13 ފުޅިއާއި 173 ބިޔަރު ދަޅު ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުުހުން އަންނަނީ މި ދެ މައްސަލަވެސް އިތުރައް ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.