ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެބޭފުޅަކު އައްޔަންކުރައްވައިފި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މިއަދު ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވައިފިއެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ދަފްތަރު. ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސުޕްރީމް […]
އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ފަސްދަތުރު ކުރަންހަމަޖައްސައިފި

އަވައްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަފްތާ އަކު ފަސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ. ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވާގޮތުން މި މަހު ތިންވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއަރލަިންސް އިން އިންޑިއާގެ ކޮޗިން އާއި މާލެ އާދެމެދު ހަފްތާއަކު ދެ ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މިމަހު 10 އަކުން ފެށިގެން މާލެ އާއި ޓްރަވިންޑްރަމާއި ދެމެދުގައި އިތުރު ދެ ފަލއިޓެއް ބޭއްވުމަށް ރާއްޖޭގެ ގައުމީ […]
ގުރައިދޫ ފަޅުތެރެއަށް ވެއްޓި މީހަކު ނިޔާވެއްޖެ

ތ. ގުރައިދޫ ފަޅުތެރެއަށް ވެއްޓި އުމުރުން ދުވަސްވީ މީހަކު ރޭ ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެރަށުފަޅުތެރެއަށް ވެއްޓިގެން ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ވެއްޓިފައިވާނީ އެރަށު ޖެޓީއާއި ދިމާލުން ފަޅުތެރެއަށް ރޭ 20:45 ހާއިރު އެވެ. އޭނާ ނިޔާވެފައި ވަނީ އެރަށު ހެލްތުސެންޓަރަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އޭނާ ބަނދަރަށް ވެއްޓުނީ ކޮންއިރަކުކަމެއް އަދި ސާފެއް ނުވެއެވެ. ބަދަރު ސަރައްދު މޫދުން އެމީހާ ނަގާފައިވަނީ ޑިންގީއެއްގެ ތިބި ބަޔެކެވެ. […]
ކޯވިޑް-19 އަށް އިތުރު 83 މީހަކު ފައްސިވެެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 83 މީހަކު ފައްސިވެއްޖެއެެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން އެކަކު ފިޔަވާ ދެން ފެނުނު ހުރިހާ ކޭސްއެއްވެސް ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެއްސަކާއި، 22 ބިދޭސީއެކެވެ. އިއްޔެގެ ކޭސްތަކާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 8667 އަށް އަރައިފައެެވެ. އޭގެ ތެރެއިން 2580 އެކްޓިވް ކޭހެއް އިއްޔެއާއި […]
އެންމެ ކުޑަ އުޖޫރަ ދޭން ފާސްކޮށްފި! އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ނިމުމުގެ ކުރިން

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހޭ ދާއިރާތަށް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒް ކުރުމަށް ވަޒީފާއާއި ބެހޭ ޤާނޫނުނަށް ހުށައެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފިއެވެ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށައެޅި އިސްލާޙް މަޖިލީހުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކޮށް ނިންމެވިގޮތަށް އިއްޔެގެ މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ. މިއިސްލާހް މަޖިލީހުން ފާސްވެފައިވަނީ މަޖިލީހުގެ 55 މެމްބަރުންގެ ވޯޓުންނެވެ. އެންމެ ފުރަތަމަ […]
ޑރ. މައުސޫމަށް މަޖިލީހުން ރުހުން ދީފި

ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ފަހަރަށް އެޖެންޑާކޮށް، ޓުއަރިޒަމް މިނިސްޓަރ ކަމަށް އޭނާއަށް މަޖިލީހުން ރުހުން ދީފި އެވެ. ޑރ ޢަބްދުﷲ މައުސޫމަށް ރުހުންދިނުމަށް ފާސްކުރީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެވަގުތު ހާޟިރުވެ ވަޑައިގެން ތިއްބެވި 69 މެމްބަރުންގެ އިއްތިފާޤުންނެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަން ދެއްވި މައުސޫމަށް ރުހުން ދިނުމަށް މީގެ ކުރިން ވެސް މަޖިލީހުގައިނއެޖެންޑާ ކުރިއެވެ. ނަމަވެސް ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަމާ ގުޅޭ […]
ފަލަސްތީނުގެ ވާހަކައިން ލިބޭ އިބުރަތް -2: ގައުމީ ކަންކަމުގައި އާންމުން

ކުރީގެ ޢަދަދާ ގުޅޭ.. https://sandhaanu.today/2585 އާދެ، މި ނަންގަތް ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ. ދެހާހުގެ އަހަރުތައް ފެށުނީއްސުރެންހެން، އިންޑިޔާގެ ބާރުގެ ދަށަށް، ރާއްޖެ، ގެންދިޔުމުގެ މަސައްކަތް ބާރު އިސްޕީޑެއްގައި ފެށުނެވެ. ރާއްޖޭގައި އެމީހުންގެ ވެރިކަން ގާއިމު ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެއްގެ، ދަހިވެތި އެދުމުގެ ފައިދާގެ ބޭނުން، އިންޑިޔާއިން އެންމެ ފުރިހަމައަށް ހިފައިގެންނެވެ. […]
ވަގަށްނަގާފައިވާ 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަޅުލާފައިހުއްޓާ ހޯދައިފި

ލ. ކަލައިދޫން ވަގަށްނާގާފައިވާ 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަޅުލާފައިހުއްޓާ އިއްޔެ ފުލުހުން ހޯދައިފި އެވެ. ފުލުހުން ވިދާޅުވީ މި ފައިސާތަކަކީ އެރަށު ގެ އަކުން ވަގަށްނަގާފައިވާ ފައިސާތައްކަމަށާއި ފައިސާތައް ފެނިފައިވަނީ އެ އަތޮޅު އިސްދޫ ޕޮލިސް ސްޓޭޝަން އާއި ގަން ޕޮލިސްސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ރޭގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. ފުލުހުން ހާމަކުރެއްވިގޮތުގައި ވަޅުލާފައި ހުއްޓާ 352500 ރުފިޔާ ފެނިފައިވެ އެވެ. މިއީ ވަގަށްނެގި ހުރިހާ ފައިސާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން […]
ރައީސަށް ގެއްލުން ދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް!

ޓީވީ ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގެއްލުންދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ބަން ދަށް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި އުމުރުން 47 އަހަރުގެ މުހައްމަދު އިބްރާހިމް،އިރުއައްސޭރި ތ.ވިލުފުށި، ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. ޗެނަލް13 އިން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް […]
ދަގަނޑޭ މިއީ ޤައުމީ ލެޖެންޑެއް!

ރާއްޖޭގެ ފުޓުބޯޅައިގެ ވާހަކަ އަޑު އިވޭތަނާ އެންމެ ފުރަތަމަވެސް ހިތަށް އަންނާނީ ޖަރޒީ ނަމްބަރ 7، އަލީ އަޝްފާޤް (ދަގަނޑޭ)ގެ ނަމެވެ. ”އަދިވެސް ދަގަނޑޭ، އަދިވެސް ދަގަނޑޭ، ކައިރިން އައި ތިންކުޅުންތެރިން ކައިރިން ނައްޓާ ގޯލަށަ ފޮނުވާލާ…..“ މިއީ މެޗްތަކުގެ ކޮމެންޓްރީއިން ދިވެހިންގެ ކަންފަތްތަކަށް ފަރިތަ ޖުމްލައެކެވެ. މުޅި ސައުތް އޭޝިޔާގެ ފުޓުބޯޅަޔަށް ބަލައިލިޔަސް ދަގަނޑޭއަކީ އެފަދަ ދެވަނައެއް ނެތް ފޯވާޑެކެވެ. ގޯލާ އެހާމެ ރައްޓެހި ކުޅުންތެރިއެކެވެ. ކޮށްޓާލާ މޮޅު ކޮށްޓުންތައް ހުއްޓުވަން ފައުލް ކުރުން […]