ކޯވިޑް-19 އަށް އިތުރު 83 މީހަކު ފައްސިވެެއްޖެ!

Loading

Facebook
Twitter
WhatsApp
    ރާއްޖެއިން ކޯވިޑް19 އަށް އިތުރު 83 މީހަކު ފައްސިވެއްޖެއެެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން އެކަކު ފިޔަވާ ދެން ފެނުނު ހުރިހާ ކޭސްއެއްވެސް ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
      އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެއްސަކާއި، 22 ބިދޭސީއެކެވެ.
      އިއްޔެގެ ކޭސްތަކާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 8667 އަށް އަރައިފައެެވެ. އޭގެ ތެރެއިން 2580 އެކްޓިވް ކޭހެއް އިއްޔެއާއި ހަމަޔަށް ފާހަގަ ކުރެވުނު އިރު، 142 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި 1118 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ.
      އިއްޔެ އާއި ހަމަޔަށް އަތޮޅުތެރޭގެ 35 ރަށަކުން ވަނީ އެކްޓިވް ކޭސްތައް ފާހަގަ ވެފައެވެ. އޭގެ ތެރޭގައި 22 ރިސޯޓަކުން 19 ފަތުރުވެރިޔަކާއި، 48 މުވައްޒަފުން ހިމެނެއެވެ.
       ރާއްޖެއިން މިބަލީގައި 29 މީހަކު ނިޔާވެފައި ވާއިރު، ހަ ހާހަށް ވުރެެން ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް