ރައީސަށް ގެއްލުން ދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް!

Loading

Facebook
Twitter
WhatsApp

ޓީވީ ޕްރޮގްރާމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގެއްލުންދޭން ގޮވާލި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ބަން ދަށް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

 ޓެރަރިޒަމަށް ވާގި ދިން އެ މައްސަލާގައި އުމުރުން 47 އަހަރުގެ މުހައްމަދު އިބްރާހިމް،އިރުއައްސޭރި ތ.ވިލުފުށި، ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.
 ޗެނަލް13 އިން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑު ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.
 ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަށް ބެލުންތެރިންގެ ކިބައިން ޗެނަލް13 އިން ވަނީ މައާފަށް އެދިފައެވެ.
ޗެނަލް13 އިން ބުނެފައިވަނީ އެމީހާ އެހެން ބުނުމާއިއެކު ވަގުތުން އެ ފޯނު ކޯލު މެދުކަނޑާލި ކަމަށެވެ.
ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް