ތިން ރަށެއްގެ ބަނދަރު ހެދުމަށް ބަޔަކާ ހަވާލުކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމަށް 108.3 މިލިއަން ރުފިޔާއަށް އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީ ހޯގާޑް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒަމީރެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ހެނދުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ކުޑަރިކިލު، ކިހާދޫގެ އިތުރުން ދޮންފަނެވެ. ބަނދަރު ހެދުމުގެ […]

ކޯވިޑް19: އިއްޔެ އިތުރު 66 މީހަކު ފައްސިވެއްޖެ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 66 މީހަކު އިއްޔެ ފައްސިވެެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 3 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 63 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 50 މީހުންނަކީ ދިވެހިންނެެވެ. އަދި އަނެއް 16 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު […]

ތިނަދޫ އާއި ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހދ ކުޅުދުއްފުއްޓާއި ގދ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުޅުދުއްފުއްޓާ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ. އިއުލާނުގައި ބުނީ މި ދެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާގެ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށާއި، މި މަސައްކަތްތަށް […]

އިންޑޮނޭޝިއާގެ ވެރިރަށް އަނެއްކާވެސް ލޮކްޑައުން ކުރަނީ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ އަނެއްކާވެސް ލޮކްޑައުން ކުރުމަށް އެޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ނިންމައިފިއެވެ. ދެވަނަފަހަރަށް ޖަކާޓާ ލޮކްޑައުން ކުރމަށް އެޤައުމުގެ ސިއްޙީ ވުޒާރާއިން މިނިންމީ ކުއްލިއަކަށް ކޮވިޑް-19ގެ ކޭސްތަށް އެސިޓީގައި ފެތުރޭ މިންވަރު އިތުރުވެ، ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުންނެވެ. އަދި މިޙާލަތު ދިގުލައިގެން ގޮސްފިނަމަ ކަމާއިބެހޭ ފަރާތްތަކަށް ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށްގޮސް މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މީހުން ގިނަވެ މަރުވާމީހުންގެ ޢަދަދު ގިނަވެދާނެތީކަމަށް އެވުޒާރާއިން ބުނެއެވެ. މިކަމާއިބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަކާޓާގެ ގަވަރުނަރު އަނީސް […]

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއު އަށް ދައުވާކުރަން ފޮނުވައިފި!

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގައި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އިބްރާހިމް ސުޖާއުއަށް ދައުވާކުރަން އިއްޔަ އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް ”އިމާރާތުގެ […]

ގިނައަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭސިޓީގެ ތިން ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއިއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ގަލޮޅުގެ އަކާއި މާފަންުގެ ދެ ގެއެއް ފާސްކޮށް ބެލިބެލުމުން މަސްތުވާތަކެއްޗާއި ފައިސާ ފެނިގެން މިދިޔަ ހޯމަ ދުވަހުގެ ރޭގަޑުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވިގޮތުގައި […]

ކޯވިޑް19: އިއްޔެ އިތުރު 93 މީހަކު ފައްސިވެއްޖެ!

 ރާއްޖެއިން ކޯވިޑް19 އަށް އިތުރު 93 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 7 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 86 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.     އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 67 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 26 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.   […]

ގައުމީ އަރުޝީގެ އެޑްވައިޒަރީ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑް އުފައްދަވައި އެ ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް ( މުންދު ) އިންތިޚާބު ކޮށްފިއެވެ. ޖުމްލަ ނުވަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މި އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސް އަކަށް އިންތިޚާބުކޮށްފައިވަނީ އަހުމަދު އާސިމް އެވެ. ގައުމީ އަރުޝީގެ އެޑްވައިޒަރީ ބޯޑުގެ ރައީސް އަކަށް އިންތިޚާބުކޮށްފައިވާ މުހައްމަދު އާސިފް އަކީ ޚަބަރާއި މައުލޫމާތު ފެތުރުމު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާސިފަކީ މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮގުން […]

ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ރަށްރަށުގައި  އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި އެވެ. އެމްބިއުލާންސް ފޮނުވާފައިވަނީ ހއ.ކެލާ، ގއ ދާންދޫގެ އިތުރުން ގދ ހޯޑެއްދޫއަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މި އެމްބިއުލާންސްތައް ފޮނުވާފައިވަނީ ސިއްޚީ ޚިދުމަތް ހޯދުމަށް އާންމުން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެއްގެ ތެރެއިން ފޯރުކޮށްދީފައިވާ އެމްބިއުލާންސްތަކެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިންވެސް ވަނީ އެމްބިއުލާންސްނެތް ހަތަރުރަށަކަށް އެމްބިއުލާންސް ފޮނުވާފައެވެ. އެއީ ބ.ފޮޅަދޫ، ފެހެންދޫ، ކިހާދޫގެ […]

ކޯވިޑް19: އިއްޔެ އިތުރު 74 މީހަކު ފައްސިވެއްޖެ!

  ރާއްޖެއިން ކޯވިޑް19 އަށް އިތުރު 74 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި63 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.     އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 59 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 15 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. މިހާރު […]