ކޯވިޑް19: އިއްޔެ އިތުރު 74 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

  ރާއްޖެއިން ކޯވިޑް19 އަށް އިތުރު 74 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 11 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި63 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 59 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 15 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. މިހާރު މި ބައްޔަށް ފައްސިވާ ދިވެހިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

    އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8741 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2549 އެކްޓިވް ކޭސް ހިމެނޭއިރު، 139 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1096 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

    އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 25 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި 23 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުން ވަނީ 48 މުވައްޒަފުންނާއި، 17 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް