ކޯވިޑް19: އިއްޔެ އިތުރު 93 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
 ރާއްޖެއިން ކޯވިޑް19 އަށް އިތުރު 93 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 7 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 86 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 67 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 26 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
    އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 8834 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2509 އެކްޓިވް ކޭސް ހިމެނޭއިރު، 127 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1034 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
    އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 38 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި 21 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުން ވަނީ 48 މުވައްޒަފުންނާއި، 17 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.
އަދި މި ބަލީގައި އިއްޔަ އުމުރުން ދުވަސް ވީ ދެމީހަކު ވަނީ ނިޔާވެފައެވެ.
އެއީ 60 އަހަރުގެ ރިހެނަކާއި 58 އަހަރުގެ އަންހެނެއް ކަމަށް އެޗް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ. މިއާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު 31 ވަނީ އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް