މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއު އަށް ދައުވާކުރަން ފޮނުވައިފި!

Loading

Facebook
Twitter
WhatsApp
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގައި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އިބްރާހިމް ސުޖާއުއަށް ދައުވާކުރަން އިއްޔަ އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް ”އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން“ އާއި ”އިމާރަތްކުރުމުގެ ހުއްދަ“ ދޫކޮށްފައިވާ ކަމަށެވެ.
 މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދުނު ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމާއި އެ ބިމުގައި، މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގޭ ކަމަށް މިއަދު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ނަމަވެސް އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ހިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖެނުއަރީ 2014 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ”އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން“ އަދި ”އިމާރާތް ކުރުމުގެ ހުއްދަ“ ދޫކޮށްފައިވާ ކަމަށެވެ.
އަދި އެ ހުއްދަތަކަކީ މާލޭ ސިޓީ އިބްރާހީމް ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް