މަސްވެރިންނަށް ރައީސް ނަޝީދު ތިޔަކުރެއްވީ މަލާމާތެއް!

news

ރާއްޖެއާއި ސްރީލަންކާގެ ކަނޑުތައް ދެޤައުމަށް ވެސް އާމްދަނީ ލިބޭނެހެން މަސްވެރިކަމަށް ހުޅުވާލުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ގިނަ މަސްވެރިންވަނީ މިއީ ދިވެހި މަސްވެރިންނަށް ކުރި މަލާމާތެއް ކަމަށް ސިފަކޮށްފައެވެ. ކުރީގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އާންމު އަހަރީ ޖަލްސާގައެވެ. މިކައުންސިލަކީ ދެޤައުމުގެ ދޭތެރޭގެ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުމަށް 2007 ވަނަ […]

ކޯވިޑް-19 އަށް އިތުރު 123 ދިވެއްސަކު ފައްސިވެއްޖެ!

ކޯވިޑް-19 އަށް އިތުރު 123 ދިވެހިންނާއިއެކު ޖުމްލަ 145 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 6370 އަށް އަރާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ވަނީ ބައްޔަށް ޓެސްޓް ކުރުމަށްޓަކާ 100،233 ސުންކު އިއްޔެއާއި ހަމަޔަށް ނަގައިފައެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން ދެން ހިމެނެނީ ބަނގްޅަދޭޝްގެ 11 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ލަންކާގެ 5 މީހަކާއި، ނޭޕާލްގެ އެކަކާއި، ޖަޕާންގެ މީހަކާއި އަދި ޖޯޑަންގެ […]

އިޒުރޭލު ޓޭންކުތަކުން ގާޒާގައި ހުންނަ ހަމާސްގެ އަމާޒުތަކަށް ހަމަލާދެނީ

މިދިޔަ ހަފްތާގައި އިޒްރޭލުގެ ސިފައިން ހާމަކުރި ގޮތުގައި ފަލަސްތިނުން އިޒުރޭލުގެ ދެކުނަށް ފޮނުވި ރޮކެޓާއި ވައިގެތެރޭގައި ގޮއްވާ އަލިފާން ބޮންތަކުގެ ހަމަލާގެ ރައްދުގައި އެމީހުންދަނި ފަލަސްތީނުގެ ގާޒާގައި ހުންނަ ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގެ އަމާޒުތަކަށް ހަމަލާދެމުންނެވެ.  “ ހަމަލަތައް އަމަޒުމިކުރަނީ ގާޒާގެ ސަރުކާރުގެ ހަމާސްގެ މިލިޓަރީ އޮބްޒަރވޭޝަން ޕޯސްތުތަކަށް“  ހިސާރުކޮށްފައިވާ ގާޒާގެ އިންތިޚާބުކޮށްފައިވާ ސިޔާސީ ޕާޓީއަށް ނިސްބަތްކޮށް ހޯމަދުވަހު އިޒުރޭލުގެ ސިފައިންގެ މީހަކުވަނީ ހާމަކޮށްފައެވެ.  އިޒުރޭލު ސިފައިން ބުނާގޮތުން، ބޯޑަރ ހުރަސްކޮށް ހަމަލާދިނުމުގެ އިތުރުން، ގޮވާތަކެތި ހަރުކޮށްފައިވާ […]

ޗެމްޕިއަންސް ލީގް ފައިނަލް: ބަޔާންއާއި ޕީއެސްޖީގެ ގަދަ ހިފުމަކަށް!!

މިއަހަރުގެ ޗެމްޕިއަމްސް ލީގުގެ ފައިނަލަށް، މިވަގުތު ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކްލަބްތަކުގެ ތެރެއިން ދެކްލަބް ކަމުގައިވާ ބަޔާން މިއުނިކާއި ޕީއެސްޖީ ދަތުރުކޮށްފިއެވެ. ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފައިވަނީ 3-0 ގެ ނަތީޖާއިން ލެއިޕްޒީގް ބަލިކުރުމަށް ފަހުގައެވެ. އަދި ބަޔާން ފައިނަލަށް ދަތުރުކުރީ 3-0ގެ ނަތީޖާއިން ލިޔޯންގެ މައްޗައް ކުރި ހޯދައިގެންނެވެ. ރޭ ކުޅެވުނު ސެމީފައިނަލްގެ ފަހު މެޗްގައި ލިޔޯންއަށް ވަނީ ލަނޑެއް ކާމިޔާބު ކުރާނެ ގިނަ ފުރުސަތުތަކެއް މެޗުގެ އެކި ހިސާބުގައި ލިބި ބޭކާރުވެފައެވެ. ނަތީޖާއެއްގެ ގޮތުން […]

ކޮވިޑް19ގެ އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވަނީ ފްރޮންޓްލައިން ވޯކާސްގެ ފަރާތުން!

ކޮވިޑް19ގެ އެންމެ ގިނަ ކޭސް ރާއްޖެއިން ފެނިފައިވާ އެއް ބަޔަކީ ފްރޮންޓްލައިން ވޯކާސް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްކޮންފަރެންސްގައި ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ފްރޮންޓްލައިން ވޯކަރުންގެ އިތުރުން ލޭބަރުން ހިމެނެއެވެ. އަދި މީގެ އިތުރުން އެހިސާބުތަކުން އެނގޭ ގޮތުގައި ވަޒީފާ އަދާނުކުރާ މީހުންނަށްވެސް ކޮވިޑް19 ޖެހުމުގެ ނިސްބަތް އިތުރުވަމުންދާކަމަށެވެ. އެޗްއީއޯސީގެ […]

ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފި

ދެ ފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފިކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވަނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެމައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ބީއެމްއެލްއިން ބުނެފައި ވަނީ އިތުރަށް ފައިސާ ކެނޑުނު ފަރާތްތަކަށް އެފައިސާ ޖަމާކޮށްފައިވާނެކަމަށެވެ. ދެ ފަހަރަށް ފައިސާ ކެނޑުނު ޓްރާންސެކްޝަންތައް ރަނގަޅުކުރިކަން ހާމަކުރިއިރު ބީއެމްއެލްއިން ވަނީ […]

މާލޭ ސަރަހައްދުގެ ސްކޫލްތައް އަނެއްކާވެސް ދެހަފްތާއަށް ބަންދުކޮށްފި!

މާލޭ ސަރަހައްދުގެ ސްކޫލްތައް އަނެއްކާވެސް ދެހަފްތާއަށް ބަންދުކޮށް ކިޔެވުން އޮންލައިން ކޮށް ކުރިޔަށް ގެންދަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ، ކޮވިޑް19 ގެ ހާލަތު ގޯސްވަމުން ދިޔުމާއި ގުޅިގެން، އެހްޕީއޭއާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އޯގަސްޓް 23 އިން ސެޕްޓެމްބަރ 3 އަކަށް ބަންދުކުރަން ނިންމައިފާ ވާކަމަށެވެ. އަދި މިނިންމުން ދެހަފްތާ ފަހުން އަނެއްކާވެސް ރިވައިޒް ކުރާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ކޯވިޑް19 އާއި ގުޅިގެން މުޅި […]

ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މަައްސަަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން މިއަދު އެކަކު ހައްޔަރުކޮށްފައިވާއިރު ދެން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ގައެވެ. ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށެވެ. އެއީ  26 އަހަރުގެ މީހަކާއިި 22 އަހަރުގެ މީހެއްގެ އިތުން 18 އަަހަރުގެ މީހެކެވެ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާގެ ގެ ކައިރީ ހުރި […]

ދަރަވަންދޫ އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ދަރަވަންދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ ބ.އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 350 ބަނގުރާ ފުޅި އާއި 211 ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި ނައްތާލައިފަވަނީ އެއަތޮޅު ދަރަވަންދޫ ކުނިގޮޑު ސަރަހައްދުގައި […]

މަސްތުވާތަކެތީގެ މައްސަލައިގައި ކުޑަ ކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައެއްގައި ކުޑަކުއްޖަކާއި އަންހެނަކު ހައްޔަރުކޮށްފި އެވެ. ފުލުުހުން ބުނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މިމަހު 17 ގައި އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ. ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި ބަނގުރާ ކަމަށް އެއްޗެއްހުރި 500 އެމްއެލްގެ ނުވަ […]