އިޒުރޭލު ޓޭންކުތަކުން ގާޒާގައި ހުންނަ ހަމާސްގެ އަމާޒުތަކަށް ހަމަލާދެނީ

Loading

Facebook
Twitter
WhatsApp

މިދިޔަ ހަފްތާގައި އިޒްރޭލުގެ ސިފައިން ހާމަކުރި ގޮތުގައި ފަލަސްތިނުން އިޒުރޭލުގެ ދެކުނަށް ފޮނުވި ރޮކެޓާއި ވައިގެތެރޭގައި ގޮއްވާ އަލިފާން ބޮންތަކުގެ ހަމަލާގެ ރައްދުގައި އެމީހުންދަނި ފަލަސްތީނުގެ ގާޒާގައި ހުންނަ ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތުގެ އަމާޒުތަކަށް ހަމަލާދެމުންނެވެ. 

“ ހަމަލަތައް އަމަޒުމިކުރަނީ ގާޒާގެ ސަރުކާރުގެ ހަމާސްގެ މިލިޓަރީ އޮބްޒަރވޭޝަން ޕޯސްތުތަކަށް“  ހިސާރުކޮށްފައިވާ ގާޒާގެ އިންތިޚާބުކޮށްފައިވާ ސިޔާސީ ޕާޓީއަށް ނިސްބަތްކޮށް ހޯމަދުވަހު އިޒުރޭލުގެ ސިފައިންގެ މީހަކުވަނީ ހާމަކޮށްފައެވެ. 

އިޒުރޭލު ސިފައިން ބުނާގޮތުން، ބޯޑަރ ހުރަސްކޮށް ހަމަލާދިނުމުގެ އިތުރުން، ގޮވާތަކެތި ހަރުކޮށްފައިވާ ފުއްޕާހަންތައް ފޮނުވާ، އިޒުރޭލުގެ ބޯޑަރ ކައިރީގައި ފަލަސްތީނުގެ މީހުން ހަމަނުޖެހުން ހިންގި ކަމަށް އާދިއްތަދުވަހު ހަވީރު އިޒުރޭލުގެ ސިފައިން ހާމަކުރިއެވެ. އެ ހަމަނުޖެހުމުގައި އަނިޔާވި މީހުންގެ މައުލޫމާތު ލިބިފައެއްނުވެއެވެ. 2007 ވަނަ އަހަރުންފެށިގެން، އިޒުރޭލުންވަނީ ފަލަސްތީނުގެ ސަރަހައްދުތައް ބަންދުކޮށްފައެވެ. އިޒުރޭލަށް ހަމައެކަނި ކޮންޓުރޯލު ކުރެވިފައިވާ ސަރަހައްދަކީ ހަމާސް ކޮންޓުރޯލު ކުރާ ސަރަހައްދުކަން އިޒުރޭލުންވަނީ ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން، މިސްރާއި ޔޫއޭއީ އާއި ސައުދީގެ އެހީގައި އިޒުރޭލުންވަނީ ގާޒާ ވަށައިގެން އެއްގަމާއި ކަނޑު ހިމެނޭގޮތަށް ބަންދުކޮށްފައެވެ. .

އދ ގެ ޕްރެޝަރުގެ ސަބަބުން، އިޒުރޭލަށް މަޖުބޫރުވެފައިވަނީ ތަކެތި އެތެރެކުރުމަށް ބޯޑަރު ސަރަހައްދުން ކުޑަ ތަންކޮޅެއް ހުޅުވާފައި ބޭއްވުމަށެވެ. އެހެންނަމަވެސް، އެނެމްފަހުން މިދިޔަ ހަފްތާގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން، އިޒުރޭލުންވަނީ ތަކެތި އެތެރެކުރާ ދުރާޝި ކަމަށްވާ، ކަރީމް އަބޫ ސަލީމް (ކެރެމް ޝެލޮމް)  ބަންދުކޮށް، ގާޒާއަށް ހުއްދަ ދީފައިވާ މަސްވެރިކަން ކުރާ ސަރަހައްދު އާދީއްތަދުވަހު ބަންދުކޮށްފައެވެ. ފަލަސްތިނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިގޮތަށް ދޮރާޝި ބަންދު ކުރުމުގެ ސަބަބުން ގާޒާއަށް ބޭނުންވާ ތަކެތި، ޚާއްސަކޮށް އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗަށްވަނީ ދަތިވެފައެވެ.

ބުރާސްފަތި ދުވަހު އިޒުރޭލުން ބުނިގޮތުގައި، ފަލަސްތީނުގެ މީހުން ފޮނުވާ ގޮވާތަކެތި ހަރުކުރި ފުއްޕާހަންތަކުގެ ރައްދެއްގެ ގޮތުން، ގާޒާއަށް އެތެރެ ކުރާ ތެޔޮ އެތެރެކުރުން ހުއްޓާލަން ޖެހިދާނެއެވެ. ފަލަސްތިނުން ދެކޭގޮތުގައި އެމީހުން އެފޮނުވާ ފުއްޕަހަންތަކަކީ ބޭރުގެ ބާރަކުން އެމީހުން ހިސާރުކޮށްގެން، އެމީހުގް ެގައުމަށް ވެރިގެންތިބޭ ތިބުމާ ދެކޮޅަށް ކުރެވޭ ވަރަށް ކުޑަ ކަމެކެވެ. އިޒުރޭލުންވަނީ ކޮވިޑު-19 ގެ ބަލާއާފާތުގެ ކުރިންވެސް ފަލަސްތީނުގެ އިގުތިސާދު ހަލާކުކޮށްލާފައެވެ. 

ހަމާސް އިންވާހަކަ ދެއްކެވި ފައުޒީ ބަރުހޫމް ސިފަކުރެއްވި ގޮތުގައި މިއީ ފުނޑިފައިވަ ގާޡަގެ އިގުތިސާދު އިތުރަށް ހަލާކުކޮށްލުމަށް ކުރާ ވަރަށް ނުބައި ކަމެކެވެ. 

އިޒުރޭލުގެ ސިފައިން ބުނާގޮތުން ހޮނިހިރު ދުވަހު ހަވީރު ފަލަސްތީނު މީހުން ޓައިރު ރޯކޮށް، ގޮވާތަކެތި ހަރުކުރި ތަކެއްޗާއި ގުރެނޭޑު ފަދަ ތަކެތި ސެކިއުރިޓީ ފެންސަށް އަމާޒުކޮށް އުކަމުން ފެންސު ހަލާކު ކުރަން އުޅުނެވެ. އެހެންނަމަވެސް އިޒުރޭލުން މިދެއްކި ވާހަކައިގެ އެއްވެސް ހެއްކެއް އިޒުރޭލަށް ދެއްކިފައި ނުވެއެވެ.

މި ސްޓޭޓުމަންޓަކީ އާދީއްތަ ދުވަހު ގާޒާއަށް ހަމަލާދިނުމަށްފަހު ދިން ސްޓޭޓުމަންޓެކެވެ. މި ސްޓޭޓުމަންޓުގައި ”ހަމާސް ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ރޮކެޓު އުފައްދާ ބަޑިބޭސް ފޮރުވާ މިލިޓަރީ ތަނަކަށް ހަމަލާ ދިން ކަމަށް“ ބުނެފައިވެއެވެ. 

މިދިޔަ އަހަރު މިސްރާއި ގަތަރާއި އދ އިން ބާރު އަޅައިގެން ދެފަރާތުން އެއްބަސްވުމަކަށް އައި ނަމވެސް، ދެފަރާތުގެ ދެމެދުގައި ރޮކެޓާއި މޯޓަރު ނުވަތަ ގޮވާތަކެތި ހަރުކޮށްފަ ހުންނަ ފުއްޕާހަންފަދަ ތަކެތި ބޭނުންކޮށްގެން ހަމަލާ ބަދަލުކުރެވެމުންދިޔައެވެ. 

އިގުތިސާދީ ދަތިކަން

އަލްޖަޒީރާގެ ހެރީ ފޯސެޓު ޖެރޫސަލަމްގައި ހުރެގެން ވާހަކަ ދައްކަމުން ވިދާލުވިގޮތުގައި މިފަހަރުގެ މިހަމަލާތަކަކީ ގާޒާގެ އިގްތިސާދަށް ސީދާ ދޭ ހަމަލައެއް ކަމަށާއި، ގާޒާ ހިޞާރުކޮށްފައި އޮތުމުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާގެއްލި، ގިނަބަޔަކު ފަގީރު ހާލުގައި އުޅެން މަޖުބޫރު ވެފައިވަ ކަމަށް ވިދާޅުވިއެވެ. 

ގާޒާގައި އިންތިޚާބުކޮށްފައިވާ ހަމާސްގެ ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ”މީގެ ކުރިން އަޅުގަނޑުމެންނަށް ފެނުނީ މިފަދަ ހަމަލާ ތަކުގެ ބޭނުމަކީ އިްގތިސާދީގޮތުން ދަތިކޮށްގެން ފަލަސްތީނު މީހުން ކުޑަކަކޫ މައްޗަށް ތިރިކުރުން، އެހެން މި ކަންކަމުންހީވަނީ“. މިދުވަސްކޮޅު ހިސާރުކޮށްފައިވާ ގާޒާގެ ބޯޑަރ ކައިރީގައި ރޮކެޓާއި މޯޓަރު ނުވަތަ ގޮވާތަކެތި ހަރުކޮށްފަ ހުންނަ ފުއްޕާހަމާއި ގުޑިފަދަ ތަކެތި ބޭނުންކޮށްގެން ހަމަލާ ބަދަލުކުރެވެމުން އަނެއްކާވެސް ވަނީ ފެށިފައެވެ. 

ހިސާބުޖަހާލުމުން ފެންނަނީ އިޒުރޭލުން އެއުޅުނީ މިދިޔަ އަހަރު އެއްބަސްވި ކަންކަމުން ފައިދާ ނެގުމަށް ކަމަށް ހަމާސްއިން ވިދާޅުވިއެވެ. ”މިދިޔަ އަހަރު އިޒުރޭލާއި ފަލަސްތީނުން ވާހަކަދައްކައިގެން ގާޒާގައި ސިނާއީ ސަރަހައްދެއް އިމާރާތްކޮށް ކަރަންޓުގެ މިންވަރު އިތުރު ކުރުމަށް ބައިނަލްއަގުވާމީ އެހީގެ ގޮތުގައި ތުރުކީ އާއި ގަތަރުން އެހީވެދިން“، ފޯސެޓު ވިދާޅުވިއެވެ.  

ވޯލްޑު ބޭންކުގެ ރިޕޯޓުތަކުން ދައްކާގޮތުން، ގާޒާގައި ދިރިއުޅޭ ދެމިލިއަންގެ އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން އުޅެނީ ފަގީރު ހާލުގައެވެ. 

ފަލަސްތީނުގެ ރުޅިވެރިކަން އިތުރު ވެގެންދިަޔއީ ޔުނައިޓެޑު އަރަބް އެމިރޭޓުސް، އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ބުރާސްފަތި ދުވަހު އިއުލާން ކުރުމުންނެވެ. ގިނަ ފަލަސްތީނު މީހުން ގަބޫލުކުރާގޮތުގައި އެއީ ގަލްފުގެ އަރަބި ގައުމަކުން އެކީހުންނަށް ވި ޚިޔާނާތެކެވެ. އެމީހުންނަށް ފެންނަމުން އެދަނީ ގިނަ އަރަބި ގައުމުތަކުން އެމީހުންގެ ޖިހާދަށް ފުރަގަސްދޭ ތަނެވެ. އެހެންނަމަވެސް، ފަލަސްތިނު މީހުންގެ މިހާރުގެ އުއްމީދަކީ ތުރުކީއާއި ގަތަރާއި އީރާނާއި ޕާކިސްތާނާއި މެލޭޝިއާ އާއި އިންދޮނޭޝިއާއިން ފަލަސްތީނުގެ ޖިހާދަށް ތާއީދުލިބޭނެ ކަމަށެވެ. މިގައުމުތަކަކީ ބަހާއި އަމަލުން ފަލަސްތީނާއެކު ތިބި މަދު ގައުމުތަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް