މާލޭ ސަރަހައްދުގެ ސްކޫލްތައް އަނެއްކާވެސް ދެހަފްތާއަށް ބަންދުކޮށްފި!

Loading

Facebook
Twitter
WhatsApp

މާލޭ ސަރަހައްދުގެ ސްކޫލްތައް އަނެއްކާވެސް ދެހަފްތާއަށް ބަންދުކޮށް ކިޔެވުން އޮންލައިން ކޮށް ކުރިޔަށް ގެންދަން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވަނީ، ކޮވިޑް19 ގެ ހާލަތު ގޯސްވަމުން ދިޔުމާއި ގުޅިގެން، އެހްޕީއޭއާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އޯގަސްޓް 23 އިން ސެޕްޓެމްބަރ 3 އަކަށް ބަންދުކުރަން ނިންމައިފާ ވާކަމަށެވެ. އަދި މިނިންމުން ދެހަފްތާ ފަހުން އަނެއްކާވެސް ރިވައިޒް ކުރާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޯވިޑް19 އާއި ގުޅިގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ބަންދުކުރީ މިއަހަރުގެ މާރޗް މަހުއެވެ. އެއަށް ފަހު ޖުލައި 1 ގައި އަތޮޅުތެރޭގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފެށިނަމަވެސް، މާލޭގައި ކިޔަވަދޭން ފެށީ ގްރޭޑް 9 އަކުން މަތީގެ ގްރޭޑް ތަކަށެވެ. ނަމަވެސް އީދު ބަންދަށްފަހު ވަނީ މާލޭ ސަރަހައްދުގެ ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފައެވެ.

މި ދަތި އުނދަގޫ ހާލަތުގައި، ގިނަ ކުދިންތަކެއްގެ ކިޔެވުމަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އޭލެވެލް ދަރިވަރުންނަށް އަންނަ މަހުގެ 6 ވަނަ ދުވަހު މޮކް އިމްތިހާން ބޭއްވުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ. މި ނިންމުމާއި މެދު ގިނަ ބެލެނިވެރިންނާއި ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް