ޗެމްޕިއަންސް ލީގް ފައިނަލް: ބަޔާންއާއި ޕީއެސްޖީގެ ގަދަ ހިފުމަކަށް!!

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ޗެމްޕިއަމްސް ލީގުގެ ފައިނަލަށް، މިވަގުތު ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކްލަބްތަކުގެ ތެރެއިން ދެކްލަބް ކަމުގައިވާ ބަޔާން މިއުނިކާއި ޕީއެސްޖީ ދަތުރުކޮށްފިއެވެ. ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފައިވަނީ 3-0 ގެ ނަތީޖާއިން ލެއިޕްޒީގް ބަލިކުރުމަށް ފަހުގައެވެ. އަދި ބަޔާން ފައިނަލަށް ދަތުރުކުރީ 3-0ގެ ނަތީޖާއިން ލިޔޯންގެ މައްޗައް ކުރި ހޯދައިގެންނެވެ.

ރޭ ކުޅެވުނު ސެމީފައިނަލްގެ ފަހު މެޗްގައި ލިޔޯންއަށް ވަނީ ލަނޑެއް ކާމިޔާބު ކުރާނެ ގިނަ ފުރުސަތުތަކެއް މެޗުގެ އެކި ހިސާބުގައި ލިބި ބޭކާރުވެފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ބައިކޮޅަށް ވަނީ 3 ގޯލް ވަދެފައެވެ. ބަޔާންގެ ފުރަތަމަ ދެގޯލް ކާމިޔާބު ކޮށްދިނީ 18 ވަނަ މިނިޓާއި 33 ވަނަ މިނިޓުގައި އެޓީމުގެ ގްނާބްރީއެވެ. އެއަށް ފަހު އެޓީމުގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނިޓުގައި ރޯބަރޓް ލެވަންޑޯސްކީ ކާމިޔާބު ކޮށްދީ، ލީޑް ފުޅާކޮށްދިނެވެ. އޭނާވަނީ މި ސީޒަނުގައި ޖުމްލަ 15 ގޯލް ބަޔާންއަށް ކާމިޔާބު ކޮށްދީފައެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ މޮޅުކުޅުމެއް ފެނިފައެވެ. އެޓީމުގެ ފުރަތަމަ ގޯލް މެޗްގެ 13 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ މާކިއުނޯޒްއެވެ. އެއަށް ފަހު 42 ވަނަ މިނިޓުގައި އޭންގަލް ޑީމާރިއާ ކާމިޔާބު ކޮށްދިން ގޯލާއިއެކި ފުރަތަމަ ހާފް ނިމުނީ 2-0 އަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. ޕީއެސްޖީގެ 3 ވަނަ ގޯލް 56 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ޖ.ބަރނަޓް އެވެ. މިއީ ޕީއެސްޖީ ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް އޮތީ އަންނަ އާދިއްތަ ދުވަހުގެ ރެޔެވެ. އެ މެޗުގެ ފޯރިގަދަވާނެ ކަމަށްބުނެ ގިނަބަޔަކު ދަނީ މެޗަށް އިންތިޒާރު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް