ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކެންސަލް

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކެންސަލް ކޮށްފފައިވާކަމަށް މަޖިލިހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ. މަޖިލިހުގެ އިދާރާއިން ވިދާޅުވެފައިވަނީ ދެން ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށާއި މިހަފްތާގައި އިތުރު ޖަލްސާއެއް ނޯންނާނެ ކަމަށެވެ. އަދި މިކަން މެންބަރުންނަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް ތިން ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް މަޖިލިހުގެ ކޮމިޓީތައް ކުރިއަށް ދާނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ. އާއްމުކޮށް މަޖިލިހުގެ ޖަލްސާތައް އޮންނަނީ ހޯމަ، […]

ޔާސިރުގެ މަރު- އޭނާއާއި ދޭތެރޭ ކަންކުރެވުނީ އިންސާފުންބާ؟

ކަރެކްޝަންސް ބެލުމުގެ ދަށުގައި 3 އަހަރު ވަންދެން ހުރި، ޔަމަނުގެ ޔާސިރު ޔަޙުޔާ އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެއްޖެއެވެ. އޭނާގެ ބަލިހާލު ގޯސްވެގެން އެޑްމިޓް ކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ޙާލަތު ދައްވާން މެދުވެރިވީ ކެއުމަށް އިންކާރުކޮށް ބަނޑުހައި ކަމުގެ ހަޅުތާލެއްގައި ފެށުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޔާސިރު މަރުވިއިރު، ދިވެހި އަންބަކާއި އަންހެން ދަރިއަކުވެސް އެބަހުއްޓެވެ. ޔާސިރު ރާއްޖެ އައުމަށް ފަހު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ޢަރަބި މުދައްރިސެއް ގޮތުގައި […]

ރެކޯޑް އަދަދަކަށް ދިވެހިން ކޯވިޑު-19 އަށް ފައްސި ވެއްޖެ!

އިއްޔެ އެކެނިވެސް ކޮވިޑަށް 215 މީހަކު ފައްސި ވެފައިވާއިރު، އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ ދިވެހިން ބައްޔަށް ފައްސިވީ ދުވަހެވެ. އިއްޔެ ވަނީ 149 ދިވެހިން މިބައްޔަށް ފައްސި ވެފައެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައި ވަނީ ބަނގްޅަދޭޝްގެ 54  މީހަކާއި، އިންޑިޔާގެ 7 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، އަދި އިންޑޮނޭޝިޔާގެ އެކަކެވެ. މީގެ އިތުރުން ރޭގެ ވަގުތެއްގައިވަނީ މިބަލީގައި 18 ވަނަ މީހަކު ރާއްޖެއިން ނިޔާވެފައެވެ. އެއީ 89 އަހަރުގެ […]

އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުން ރަޖިސްޓްރީވާން އަންގައިފި

ރާއްޖެއިން އިނގިރޭސިވިލާތަށް ކިޔަވާންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން ހަޔާއެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. ސެޕްޓެމްބަރުގެ އިންޓޭކަށް ދާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި އެފަދަ ދަރިވަރުންގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވަމުން ގެންދިއުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން މިއަދު ކުރި އިއުލާންގައި އިިނގިރޭސިިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުން ރަޖިސްޓްރީވާން ދީފައިވަނީ ވަރަށް ކުރުމުއްދަތެކެވެ. މިހަފްތާގެ އަންގާރަދުވަހުގެ 1:30ގެ ކުރިންނެވެ. ހަޔާ އެޑިއުކޭޝަން އިން ބުނީ މިއަހަރރުގެ ސެޕްޓެމްބަރއިންޓޭކަށް އިނގިރޭސިވިލާތަށް […]

މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށް

ކޮވިޑް -19ގެ ބަލިމަޑުކާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ގައިދުރުކޮށް ކަށުނަމާދު ކުރާގޮތަށް ހަމަޖައްސައިފި އެވެ. މާލޭ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމާއި ގުޅޭ ގޮތުން މިއަދު މާލޭ ސިޓީ ކައުންސިލުން ނެރު އިއުލާނުގައި ވަނީ މިއަދުން ފެށިގެން ކަށުނަމާދުގެ ޖަމާއަތުގައި މީހުން ތިބެންވާނީ ދެ މީހުންގެ ދޭތެރޭ ހުސްޖާގަ އެއް އޮންނަ ގޮަތަށް ކަމަށެވެ. ކުރިންވެސް އަމަލުކުރަމުން އައިގޮތަށް ކޮވިޑް-19 ބަލީގައި ނިޔާވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން […]

ވާދަވެރި މެޗަކަށްފަހު އެފްއޭ ކަޕްގެ ތަށި އާސެނަލް އިން ކާމިޔާބު ކޮށްފި!

ވާދަވެރި މެޗަކަށްފަހު ފަހަތުން އަރާ ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ތަށި އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗް އާސެނަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު މިއީ އާސެނަލް އިން އެފްއޭ ކަޕް ކާމިޔާބު ކުރި 14 ވަނަ ފަހަރެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ފުރަތަމަ ލީޑް ނެގީ ޗެލްސީ އިންނެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް ކްރިސްޓިއަން ޕްލިސިޗެވެ. ނަމަވެސް މާގިނަ […]

ފަސޭހަ ކޮށްލެވޭކަށް ނެތް! ކޮވިޑު ބަލީގައި ރާއްޖެއިން 17 ވަނަ މީހަކު ނިޔާވެއްޖެ!

maldives news

ކޯވިޑު 19 ޖެހިގެން ރާއްޖެއިން 17 ވަނަ މީހަކު ރޭ ނިޔާވެއްޖެއެވެ. ރޭ 11:20 ހާއިރު ނިޔާވެފައިވަނީ 52 އަހަރުގެ އަންހެނެއް ކަމަށް އެހް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ. ނިޔާވި މީހާ އިއްޔެ ހަވީރު 4:40 ހާއިރު ނޭވާޅަން އުނދަގޫވެގެން އައި.ޖީ.އެމް.އެޗް ގެ އެމަރޖެންސީ ރެސްޕޯންސް (އީ.އާރު) އަށް ދައްކާފައިވާ ކަމަށްވެސް އެޗް.ޕީ.އޭއިން ބުނެއެވެ. ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު ބަލިޖެހޭ މީހުންގެ އަދަދު ވަނީ އަނެއްކާވެސް ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. މިގޮތުން […]

ސީސައިޑް ފިނޮޅު ރެސޯޓްގައި ކޯވިޑު-19 ފާލުންނެއްޓި މުވައްޒިފުން ބިރުވެރިކަމުގައި

ކޮވިޑުގެ ނުރައްކާތެރި ރާޅު މާލޭގައި ބިޔަވަމުން ގޮސް، އަނެއްކާވެސް ރާއްޖޭގެ ރަށްތަކައް މިވަނީ ކޮވިޑްގެ  ނުރައްކާތެރިކަން ފެތުފައެވެ. މިގޮތުން ރާއްޖޭގެ 10 ވުރެ ގިނަ ރަށުން މިއަދާ ހަމަޔަށް ކޭސްތައް ފެނި އިތުރުވެފައިވާއިރު  އޭގެތެރެއިން އެއް ރަށަކީ ބ.އަތޮޅުގެ ރިސޯޓެއް ކަމުގައިވާ ސީސައިޑް ފިނޮޅެވެ. އެ ރަށުގައި ކޮވިޑްފެތުރި އެކަމުގެ  ނުރައްކާތެރި ތަޖުރިބާވަނީ އެރިސޯޓުގެ މުވައްޒަފުން ސަންދާނަށް މިވަނީ ޙިއްސާ ކޮށްފައެވެ. ސަންދާން އޮން ލައިން އަށް މަޢުލޫމާތް ދެމުން އޭނާ ބުނި ގޮތުގައި އޭޕްރިލް މަހުގެ […]

ކޭސްތައް އިތުރުވާނަމަ އިތުރު ގްރޭޑްތަކަށް ކިޔަވައިދިނުން ނުފެށިދާނެ- މިނިސްޓަރ އަމީން

maldives covid news

މާލޭގައި ކޮވިޑު19 ގެ ކޭސްތައް އިތުރުވާނަމަ އިތުރު ގްރޭޑްތަކުގެ ކިޔެވުން ނުފެށިދާނެ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީ.އެސް.އެމް އިން ރޭ ގެނެސްދިން ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ އަމީން ވިދާޅުވީ މިފެށުނު  އޯގަސްޓް މަހުގެ 15 ގައި އިތުރު ގްރޭޑްތަކަށް ކިޔަވަދިނުމާ ބެހޭގޮތުން އިތުރަށް ސީދާ އެއްޗެއް ދަންނަވަން މިހާރުގެ ޙާލަތު ދައްކާގޮތުން ދަތި ކަމަށެވެ. ”ސްކޫލްތަށް ހުޅުވޭކަހަލަ ޙާލަތެއް ނެތް ކަމަށްވަންޏާ ސްކޫލަތައް ހުޅުވަން ނުމެއް […]

ކޮވިޑުގެ ނުރައްކާ ރާއްޖެތެރެއަށް! ބިރުވެރި އިންޒާރެއް!

ކޯވިޑު 19 ގެ “ ކޮމިޔުނިޓީ ސްޕްރެޑް“ އެއް މާލޭގައި އޮތް ކަމަށް ފާހަގަވެ، މާލެ ސަރަޙައްދު ފުރަބަންދުކުރީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. ފުރަބަންދު ކުރުމުގެ ކުރިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ފައްސިވި ކަމުގައި ވިޔަސް، ރާއްޖެތެރޭގެ އެއްވެސް ރަށެއްގައި ކޮމިޔުނިޓީ ސްޕްރެޑަކަށް ނުގޮސްވަނީ ބަލި ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް ފުރަބަންދަށް ސަރުކާރުން ދިން ލުއިތަކާއިއެކު އަނެއްކާވެސް ރާއްޖެތެރޭގެ ރައްޔިތުންނަށް ނުރައްކަލުގެ ރަނގަބީލުގެ އަޑު މިވަނީ ގަދަވެފައެވެ. މާލެއިން ރަށްރަށަށް […]