ފަސޭހަ ކޮށްލެވޭކަށް ނެތް! ކޮވިޑު ބަލީގައި ރާއްޖެއިން 17 ވަނަ މީހަކު ނިޔާވެއްޖެ!

Loading

Facebook
Twitter
WhatsApp
maldives news

ކޯވިޑު 19 ޖެހިގެން ރާއްޖެއިން 17 ވަނަ މީހަކު ރޭ ނިޔާވެއްޖެއެވެ. ރޭ 11:20 ހާއިރު ނިޔާވެފައިވަނީ 52 އަހަރުގެ އަންހެނެއް ކަމަށް އެހް.ޕީ.އޭ އިން ވަނީ ހާމަކޮށްފައެވެ. ނިޔާވި މީހާ އިއްޔެ ހަވީރު 4:40 ހާއިރު ނޭވާޅަން އުނދަގޫވެގެން އައި.ޖީ.އެމް.އެޗް ގެ އެމަރޖެންސީ ރެސްޕޯންސް (އީ.އާރު) އަށް ދައްކާފައިވާ ކަމަށްވެސް އެޗް.ޕީ.އޭއިން ބުނެއެވެ.

ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު ބަލިޖެހޭ މީހުންގެ އަދަދު ވަނީ އަނެއްކާވެސް ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. މިގޮތުން އިއްޔެ އެކެނިވެސް 156 މީހަކު ބައްޔަށް ފައްސިވެފައިވާ އިރު އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 154 މީހަކާއި އަތޮޅުތެރޭގެ ދެމީހެކެވެ. ރާއްޖޭއިން ބަލިޖެހުނު މީހުންގެ އަދަދު ހަތަރު ހާހާއި ގާތްވެފައިވާ އިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1305 ކޭސް ފާހަކަ ކުރެވޭ ކަމަށް އެޗް.ޕީ.އޭއިން ހާމަ ކުރެއެވެ. އަދި އޭގެ ތެރެއިން 72 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާދެމުން އެބަ ގެންދެއެވެ.

ރާއްޖެއިން މިބަލިޖެހޭ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރު ވަމުން ދާއިރު، މިކަން މިގޮތަށް ވާނަމަ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާ ކަމަށް ސިއްޙީ މާހިރުން ލަފާ ކުރެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކާ މިހާރަށް ވުރެން ބޮޑަށް، ރައްޔިތުން ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެޔެވެ. ކަމާބެހޭ އިދާރާތަކާއި، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާން އެބަޖެހެއެވެ. އަދި ސަރުކާރުންވެސް ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިފައިވާކަމުގައި ގިނަބަޔަކު  ޤަބޫލު ކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް