ޔާސިރުގެ މަރު- އޭނާއާއި ދޭތެރޭ ކަންކުރެވުނީ އިންސާފުންބާ؟

235

ކަރެކްޝަންސް ބެލުމުގެ ދަށުގައި 3 އަހަރު ވަންދެން ހުރި، ޔަމަނުގެ ޔާސިރު ޔަޙުޔާ އިއްޔެ ހަވީރުގެ ވަގުތެއްގައި މަރުވެއްޖެއެވެ. އޭނާގެ ބަލިހާލު ގޯސްވެގެން އެޑްމިޓް ކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ޙާލަތު ދައްވާން މެދުވެރިވީ ކެއުމަށް އިންކާރުކޮށް ބަނޑުހައި ކަމުގެ ހަޅުތާލެއްގައި ފެށުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޔާސިރު މަރުވިއިރު، ދިވެހި އަންބަކާއި އަންހެން ދަރިއަކުވެސް އެބަހުއްޓެވެ. ޔާސިރު ރާއްޖެ އައުމަށް ފަހު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ޢަރަބި މުދައްރިސެއް ގޮތުގައި މަސައްކަތް ކުރިއެވެ.

ޔާސިރު ހައްޔަރު ކޮށްފައިވަނީ ރައީސް ޔާމީނުގެ ސަރުކާރުން 2017 ވަނަ އަހަރުއެވެ. އެއީ ސައުދީ އަރަބިއާގެ ސަލްމާނު ރަސްގެފާނު ރާއްޖެ އައުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިންނެވެ. އެދުވަހުން ފެށިގެން އޭނާ ދުނިޔެ ދޫކުރުމާ ހަމަޔަށް އޭނާގެ މައްޗައް އެއްވެސް މިނިވަން ތަހުޤީޤެއް ކުރެވި، ކުށެއް ސާބިތު ކުރެވާވަރުގެ ހެއްކެއްލިބި އިންސާފުގެ ދަރުބާރަށް ހުށަހެޅި  ޙުކުމެއް ކުރެވިފައެއް ނުވެއެވެ.

ނަމަވެސް ޔާސިރު މަރުވުމާ ގުޅިގެން ޕޮލިސް،ކަރެކްޝަންސް އަދި އިމިގްރޭޝަނާ ގުޅިގެން ވަނީ ބަޔާތައް ނެރެންފަށައިފައެވެ. ބަޔާނުގައި ސަރުކާރުންވަނީ ޔާސިރަކީ އަލްޤައިދާގެ އިސް ފަރާތެއް ކަމަށް ބުނެ އޭނާއަށް ބޮޑެތި ތުޙުމަތުތަކެއް ކޮށްފައެވެ. މިކަމުގެ ހެއްކެއްގޮތަށް ބަޔާނުގައި ބަޔާންކުރަނީ ފުލުސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތުތަކެކެވެ. ޔާސިރަށް މިބަޔާންތަކުގައި ވަނީ މިނޫންވެސް ބޮޑެތި ތުޙުމަތުތަކެއް ކޮށްފައެވެ. އޭނާ ހައްޔަރުކުރީ އެކިފަހަރުމަތިން ރާއްޖެއިން ދިޔުމަށް އެންގުމުން ވެސް އެކަން އެގޮތަށް ނުކުރުމުން، އޭނާގެ ވިސާ ބާޠިލް ކޮށްފައިވާ ކަމަށް ވެސް އެއްބަޔާނެއްގައި ބުނެފައިވެއެވެ. އަދި އޭގެ ފަހުން ވެސް އެކި ގޮތްގޮތުން އޭނާގެ ޓްރޭވަލް ޑޮކިއުމަންޓްތައް ހޯދަން އުޅެ، ނުލިބުމުގެ ސަބަބުންނާއި، އޭނާ ރާއްޖެ ދޫކޮށް ދިޔުމަށް އިންކާރު ކުރުމުން އޭނާ ފޮނުވައިނުލެވުނީ ކަމށް މިބަޔާނުގައި ވެއެވެ. މިހާ ސީރިޔަސް ތުޙުމަތުތަކެއް ކުރެވިފައިވާއިރު އޭނާ ދުނިޔެއަޅާ ނުދަނީސް މިހާރު އެނެރޭ ބަޔާންތަކާއި ހެކިތަކުގެ އަލީގައި ޔާސިރު ފަނޑިޔާރުގެއަށް ޙާޒިރުނުކުރެއްވީ ކީއްވެތޯ ގިނަބަޔަކު ސުވާލު ކުރެއެވެ.

ކޮންމެއަކަސް އިންސާފުވެރި ޝަރީޢަތެއް ނުލިބި، އެއްވެސް މީހަކު ޖަލުގައި ބެހެއްޓުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މިއީ މިގައުމު އާއި އިސްލާމް ދީންވެސް ގަބޫލުރާގޮތެވެ. އަދި އިންސާނީ މުޖުތަމަޢުވެސް 21 ވަނަ ގަރުނުގައި ގަބޫލުކުރާގޮތަކީވެސް ތުޙުމަތެއްގައި ހައްޔަރުކުރެވޭ މީހެއް އެ ގައުމެއްގެ ފަނޑިޔާރުގެއަށް  ހުށަހަޅައި އޭނާގެ ކުށުން ބަރީޢަވުމުގެ ހެއްކާއި ގަރީނާ ބަޔާންކުރުމުގެ ފުރުސަތު އެ ދަޢުވާއެއް އުފުލޭމީހާއަށްވެސް ލިބި ދިނުމެވެ. ގަބޫލުކުރައްވަނީވެސް މިދެންނެވި އިންސާފެވެ. ދިވެހިރާއްޖޭއްގެ މިހާރުގެ އުއްތަމަ ފަނޑިޔާރުގެ މުއުތަސިމު އަދުނާނުގެ ބޭބެ މުއިއްޒު އަދުނާނު ވެސް ގަބޫލުފުޅު ކުރައްވަނީ މިގޮތައްކަމަށް ވިދާޅުވެފައިވެއެވެ. ގަބޫލުކުރައްވަނީވެސް މިދެންނެވި އިންސާފުކަމާއިމެދު ދެބަސްވުމެއް ނެތެވެ. އިއްޔެ ޔާސިރުގެ މަރާ ގުޅިގެން  މުއިއްޒު ޢަދުނާނުގެ ޓުވިޓުގައި ވިދާޅުވެފައިވަނީ މި ޢިބާރާތުންނެވެ.

“Today heard about the death in custody of a detainee. Whether a terrorist or a murderer, an accused should have his or her day in court. Denying this very basic Islamic and universal right is a blatant traversity of justice. Soon he will have his day before the judge of all judges.”

Mohamed Muizzu Adnan

ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. ހަމަ އެހެންމެ ވަރަށް ވެސް ބޮޑު ޙަޤީޤަތެކެވެ. ހަމަކަމާއި އޮޅުވާލުމެއްނެތި ޢަދުލު އިންސާފު ޤާއިމު ކުރެވޭ ދުވަހު މީހެއްގެ ޙައްޤެއް މިގޮތަށް ނިގުޅައިގަނެފައިވާނަމަ އެކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާފު ލިބިދެއްވާނެ ކަން ޔަގީނެވެ. ދެ މިއީ ވަރަށް އަނިޔާވެރިގޮތަކަށް ނިމިދިޔަ މީހެއްގެ މަރުގެ ވާހަކައެވެ.  ދުޢާއަކީ ޔާސިރުގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ. މަރުޙޫމް ޔާސިރު ގެ މަރާބެހެގޮތުން ޢާމްމުންގެ ބައެއް މީހުންގެ ޝުޢުރުތަށް  ތިރީގައި ބަޔާންކޮށްލަމެވެ.

 

4 ހިޔާލުތައް

  1. ވަރަށް ދެރައެވެ. އޭނަގެވެސް ދިވެހި ހުވަފަތް އަންބަކާއި ނިކަމެތި ދިވެހި ދަރިއަކު އެހުރީއެވެ. އަދި ހިތައްއަރާ އެއްޗެއް. އިސްލާމް ނަމެއް ކިޔާ ޖަމާއަތެއްނުނީ މި ދުނިޔޭގައި ޓެރަރިސްޓް ޖަމާޢަތެއް ވޭބާވައެވެ. އަދި ޓެރަރިސްޓް ޢަމަލު ހިންގާ ގައުމެއްވެސް އިސްލާމިއޭ ކިޔާ ގައުމެއްނޫނީ ނެއްތޯއެވެ. އެ އުޅޭ ޔަހޫދީ ގައުމު އިޒްރޭލު އެއީ ކޮންކަހަލަ ގައުމެއްތޯއެވެ. އަދި ފަލަސްތީނާއި ދެކޮޅަށް އެހިންގާ އުދުވާނަކި ޓެރަރިސްޓް ޢަމަލެއްކަމަށް މި ގައުމު ގަބޫލު ކުރޭތޯއެވެ. އަދި އެހެންވެސް މުސްލިމް ނޫން ގައުމުތަކުގެ ޖަމާޢަތްތަށް ކިހިނެއް ތޯއެވެ. އެމެރިކާއިން އެ ފަނާކުރާ ގަުއުމުތަކަށް އެދެވެނީ ޓެރަރިސްޓް އެޓޭކްތޯ؟ ވެރިންނަށް ބޮޑަށް އެނގޭނި ދޮގެއްތޯއެވެ.

  2. އެމްބީއެސް އާއި މަޖިލީސްގެ އެމްޑީޕީގެ ރައީސް ނަޝީދު އާއި ގައުމުގެ ރައީސް ބައްދަލުވެ އެމްބީއެސްގެ ދެކީލިފަތް ދަށަށް މި ދެމީހުން ލާ ފިތާލި ހިސާބުން މި ދެމީހުނަށްވެސް ގަބޫލު ކުރެވުނީ ޔާމީނުގެ ޕޮލިސް އެބުނާ އިންޓެލިޖެންސް ރަނގަޅުކަމާއި ޔާސިރު އަށް ދޭންޖެހޭ އިންސާފަކީ މީކަން . ދެން އެމްބީއެސް ގެ އިންސާފު އެންމެނަށްވެސް އެގޭނެ. ގަސްބުރިކުރާ ޖިގްސޯ ދީފައި ތުރުކީއަށް ކަޝޯގީ ހިމޭންކުރުމަށް ސައުދީ އެމްބަސީ އަށް ސްކޮޑުން ފޮނުވި މީހާ. ﷲ އަކުބަރު! ދެނޯ؟ މި މީހުންގެ އިސްލާމް ވަންތަކަމާއިވެސް ސުވާލު އުފެދެއެވެ.

  3. ޔަމަނުގެ ޓެރެރިސްޓުންނަކީ ސައުދީ ޢާއިލާ އަށް ޔޭސް ނުބުނާ މީހިން. އިސްރޭލުބުނާ ޓެރެރިސްޓުންނަކި ޕަލަސްތީނުގެ ބިމުން ނެރެލައިފައިތިބި އަދި އެމީހުންގެ ބިންތައް އަތުލައިގެންފައިވާ ނިކަމެތި މުސްލިމުން. ޕަލަސްތީނު ބުނާ ގޮތުން އިސްރޭލު އެއީ ޓެރަރިސްޓުން. އިންޑިއާ ބުނާ ޓެރެރިސްޓުންނަކީ ޕާކިސްތާނު. އެމެރިކާ ބުނެފިނަމަ އެ ނަންގަނެވޭ ބަޔަކީ ޓެރަރިސްޓުން. އީރާނަށް އެމެރިކާ އެއީ ޓެރަރިސްޓުން. އައިއާރުއޭ އެއީ އިނގިރޭސިވިލާތުން ބުނާ ޓެރެރިސްޓުން. ދެން ކޯއެޗެއް މިއެނގުނީ؟ މަށަށް މި އެނގުނީ އެމީހަކާ ދެބަސްވާ މީހަކީ އޭނައަށް ޓެރަރިސްޓެއްކަން. ދެން ބަލާލަމާ މީހުން މެރުމަށް. އެންމެގިނަ މީހުންނާއި ގައުމުތައް މީގެ ފަހުގެ ތާރީޚެއްގައި އެކަން ކޮށް އަދި މިހާރުވެސް ފައިނޭންސްކޮށް ރާވާ ހަދަނީ އެމެރިކާގެ ސަރުކާރުން އެމީހުންގެ މަޑި ހަން ދުނިޔޭގައި ފެތުރުމަށް. ވީމާ ޚިޔާލަކީ ވަރަށް ތަފާތުއެއްޗެކެވެ. އަދި ޙަގީގަތަކީވެސް ވަރަށް ތަފާތު އެއްޗެކެވެ. އެމީހެއްގެ ޝެއަރ ކެޕިޓަލް އޮތް ދިމާއަކާއި ޢަދަދަށް ބަލައި މިބުނި ދެކަންތަކުގެ ނަޒަރިއްޔާތު ވެސް ބަދަލުވެދަނީއެވެ. ނޫން؟

  4. ނުރައްކާތެރި މީހުން މުޖުތަމަޢަށް ދޫކޮށްލަފަ ބައިތިއްބައިގެން ނުވާނެ. ތެދެއް. ނަމަވެސް މިކޭސް ރަނގަޅަށް ސްޓަޑީކޮށްލަބަލަ.
    ކޮބާތަ ރިލުވާނު މަސްހިފާ ދަލަކަށް ލައި ބަނދެ ބޯބުރިކޮށް ކަނޑަށް ފެއްތިކަމަށް ސޫދު ވިދާޅުވި ގާތިލު؟ ކޮބާ ކޮބާ؟ އެބަ އުޅޭ ބަންދެއްވެސް ނުކޮށް ހަމަ އޭނަގެ ރަށުގަޔާއި މާލެ އައިސް ގޮސް. ދެނޯ؟ އިންސާފޭ ކިޔާފަ ސީސަން ސީސަން އައިސްގެން ނުނިދި އުޅެ އެމްޑީޕީ އާއި ނަޝީދު ކޮބާ؟؟!!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ