ކޮވިޑުގެ ނުރައްކާ ރާއްޖެތެރެއަށް! ބިރުވެރި އިންޒާރެއް!

Loading

Facebook
Twitter
WhatsApp

ކޯވިޑު 19 ގެ “ ކޮމިޔުނިޓީ ސްޕްރެޑް“ އެއް މާލޭގައި އޮތް ކަމަށް ފާހަގަވެ، މާލެ ސަރަޙައްދު ފުރަބަންދުކުރީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. ފުރަބަންދު ކުރުމުގެ ކުރިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުން ކޮވިޑަށް ފައްސިވި ކަމުގައި ވިޔަސް، ރާއްޖެތެރޭގެ އެއްވެސް ރަށެއްގައި ކޮމިޔުނިޓީ ސްޕްރެޑަކަށް ނުގޮސްވަނީ ބަލި ކޮންޓްރޯލް ކުރެވިފައެވެ.

އެހެންނަމަވެސް ފުރަބަންދަށް ސަރުކާރުން ދިން ލުއިތަކާއިއެކު އަނެއްކާވެސް ރާއްޖެތެރޭގެ ރައްޔިތުންނަށް ނުރައްކަލުގެ ރަނގަބީލުގެ އަޑު މިވަނީ ގަދަވެފައެވެ. މާލެއިން ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ވާ މީހުންނާއި އަދި އެނޫން ބޭނުންތަކަށް މާލެ ދަތުރުކުރާ މީހުންގެ ތެރެއިން ބައެއް މީހުން މިދަނީ ބައްޔަށް ފައްސި ވަމުންނެވެ.

މިގޮތުން މިއަދާއި ހަމަޔަށް އަތޮޅުތެރޭގެ ދިހަ ރަށެއްގައި ކޮވިޑުގެ އެކްޓިވް ކޭސްތައް ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ.ކެލާ، ރ.އިނގުރައިދޫ، ބ.އޭދަފުށި، ޅ.ކުރެންދޫ، ކ.މާފުށި، ވ.ފުލިދޫ، ބ.ކަމަދޫ، ޅ.ހިންނަވަރު، ބ.ސީސައިޑް ފިނޮޅު (ރިސޯޓު) އަދި ހއ.އިހަވަންދޫއެވެ.

މިގޮތުން އިއްޔެވެސް ވަނީ ރާއްޖެ ތެރެއިން 4 އިތުރު ކޭސްތައް ފެނިފައެވެ. އަދި 30 ޖުލައިގައި ވަނީ ރާއްޖެތެރެއިން 10 ކޭސްއެއް ފެނިފައެވެ.

ރާއްޖެތެރެއިން އެއް ރަށަކުން އެންމެ ގިނަ ކޭސް ފެނިފައިވަނީ ހއ.ކެލާ އިންނެވެ. ހއ.ކެލާއިން ފައްސިވެފައިވަނީ ސަވާރީ ބޯޓުގެ ކައްޕިއާއި ނުވަ ފަޅުވެރިއެކެވެ. އޭގެ އިތުރުން މިއަދު ވަނީ އިހަވަންދޫ ބޯޓެއްގެ ފަޅުވެރިއެއްވެސް ކޮވިޑަށް ފައްސިވެފައެވެ. އަދި މީގެ ދެދުވަސް ކުރިން މާފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމައިންނަށް ބަލި ޖެހިފައިވާކަން ވަނީ ދެނެގަނެވިފައެވެ.

މާލެ ސަރަޙައްދަށް ދިމާވެފައިވާ ފަދަ ހާލަތަކަށް ނުދިޔުމަށްޓަކާ، ހުރިހާ ރައްޔިތުންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް ތަބާވުންމަށް އެޗްޕީއޭ އިން ދަނީބުނަމުންނެވެ. އެހެން އެންގުންތައް އެންގެވި ނަމަވެސް  ކޮވިޑްއަށް ޝައްކު ކުރެވޭތީ އާމުންގެފަރާތުން އެޗްޕީއޭ އާއި ގުޅުމުން އެފަދަ ކޯލްތަކަށް ޖަވާބުލިބުން ވަރަށް ލަސްކަމުގެ ޝަކުވާތަށް ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް