ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންތަކެއް ދޫކޮށްލަން ކޯޓަށް!

ބ.ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކުރި 19 ބިދޭސީން ހައްޔަރު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ބިދޭސީންގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ނޫސްބަޔާނެއް ހުށަހަޅައިފިއެވެ. އެނޫސްބަޔާނުގައި ވަނީ ބިދޭސީން އިމިގްރޭޝަނާއި ހަވާލުކުރީ ޑީޕޯޓް ކުރަން ކަމަށް ބުނެ ކަމަށާއި، އެހެންވިޔަސް އިމިގްރޭޝަންގެ ޤާނޫނާ ޚިލާފްނުވާ ބަޔަކު ނުރުހުގައި ރާއްޖެއިން ފޮނުވާލަން އިމިގްރޭޝަނާއި ހަވާލު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށެވެ. އަދި ޖަލުތަކުގައި ޕެރޯލްގެ ޤާނޫނު އޮންނަ ގޮތުން، ތުހުމަތުތަކުގައި މީހުން ބަންދުކުރެވޭ […]
ފީފާގެ ރައީސްގެ މައްސަލަ ބަލަނީ އެތިކްސް ކޮމިޓިން ކަމަށް ބުނެފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާއިން ބުނެފިއެވެ. ސްވިޒްލެންޑްގެ ޕްރޮސެކިއުޓަރުން އިންފަޓީނޯ ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާއާ ގުޅިގެން ގިނަ ނާޖާއިޒް ފައިދާތަކެއް ނެގި ކަމަށް ބުނާ މައްސަލަ ބަލަން ފެށީ މިދިޔަ ހަފްތާގައެވެ. 2015 ވަނަ އަހަރު ފީފާގެ ކޮރަޕްޝަން މައްސަލައިގެ ތަހްގީގުގައި ލޯބާ ވަނީ އިސްކޮށް […]
ބޭރުގެ ސަރުކާރުތަަކާއި މުޢާމަލާތުކުރުމުގައި އަޅުގަނޑުމެންގެ ހުރި ބަލިކަށިކަން

ބޭރު ގައުމުތަކާއިބެހޭ ކަންކަމާއި ބައިނަލް އަގުވާމީ ގުޅުންތަކާއިބެހޭ 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންނާއި ބިދޭސީނަނާއި ގުޅުން ބަދަހިކުރަން އޮންނަ ގަވާއިދުތައް ބިދޭސީ އެކުވެރިންނަށް އަންގާނެ ހިއްވަރު އަޅުގަނޑުމެންގެ މައިބަދައިގައި ހުންނަ ވަރަށް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ތަސައްރަފު ފުދޭނީ ކޮން އިރަކު ބާއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ކޮންމެ ސަރުކާރެއް އޮތަސް، އަޅުގަނޑުމެން ބޭނުންވާ ވަރަށްވުރެވެސް ބޮޑަށް، އެކުވެރި ބޭރު ގައުމުތަކުގެ ބޭނުންތަކާއި އެއްގޮތަށް ގައުމުގެ ކަންކަން […]
ކޮވިޑު-19 ގެ ޝިކާރައަކަށް އިތުރު 148 މީހަކު ވެއްޖެ!

އިއްޔެ ރާއްޖެއިން 148 މީހަކު ކޮވިޑު -19 އަށް ފައްސި ވެއްޖެއެވެ. މީގެ ތެރެއިން 2 ކޭސް ފިޔަވާ އެހެން ހުރިހާ ކޭސްތަކެއް ފެނިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. އިއްޔެވެސް ފައްސިވީ މީހުންގެ ބޮޑު އިންސައްތައަކީ ދިވެހިންނެވެ. އެގޮތުން 117 ދިވެހިން ބައްޔްށް ފައްސިވެފައިވެއެވެ. އޭގެ އިތުރުން ބަނގްޅަދޭޝްގެ 22 މީހަކާއި، އިންޑިޔާގެ 7 މީހަކާއި ، ނޭޕާލްގެ އެކަކު އަދި ސީޝެލްގެ އެކަކު ފައްސިވެފައިވެއެވެ. ފައްސިވެފައިވާ މީހުންގެ ތެރެއިން 110 ފަރާތެއް އެނދުމަތި ކުރެވިފައިވާއިރު، 1282 […]
ސައުދީއާއި އީރާންގެ ހަމަނުޖެހުން މަސަލަސްވެފައިވަނީ ޕާކިސްތާނުގެ މުހިންމު ދައުރެއް އޮވެގެން- ބޮޑުވަޒީރު އިމްރާން ޚާން

ސައުދީއާއި އީރާންއާއި ދެމެދުގެ މައްސަލަތައް އިތުރަށް ގޯސްވިޔަނުދީ މަސަލަސްވެފައިވަނީ ޕާކިސްތާނުގެ މުހިންމު ދައުރެއް އެކަމުގައި އޮވެގެން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އަލް-ޖަޒީރާ އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއު އެއްގައެވެ. ބުދަ ދުވަހު އިމްރާން ޚާން ދިން އިންޓަރވިއުގައި އިތުރަށް ވިދާޅުވީ ސަރަހައްދީ ދެބާރު ކަމަށްވާ އީރާންއާއި ސައުދީގެ ދެމެދުގައި އަސްކަރީ ވާދަވެރިކަން ގަދަވެއްޖެނަމަ، މެދު އިރުމަތީގެ ހާލަތު ގޯހުން ގޯހަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ހަމައެހެންމެ، […]
ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލައްވާ: އެޗްޕީއޭ

ޒަރޫރީ ބޭނުމެއްނެތި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ. ރޭގައި ނެރެފައިވާ އެންގުމުގައި ބުނެފައިވާ ގޮތުގައި ޒަރޫރީ ބޭނުމެއް ނެތި ގޭގެއަށށް ދިއުން ހުއްޓާލުމާއެކު މާލެ ސަރަހައްދަށް ރޭގަނޑު 10 ކުން ފަތިހު 5 ބޭރަށް ނިކުމެ އުޅުމާއި، މާލެ ސަރަހައްދުގައި ހިންގާ ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 9 ގަޑި ބައިގައި ބަންދުކުުރުމާއި، މާލެ ސަރަހައްދުގައި އެއްފަހަރާ ފަސްމީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން […]
އިއްޔެ 153 ފަރާތެއް ކޮވިޑު19 އަށް ފައްސި ވެއްޖެ!

އިއްޔެ ރާއްޖެއިން 153 ފަރާތެއް ކޮވިޑު-19 އަށް ފައްސި ވެއްޖެއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައެއްގެ މީހުންނަކީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިއަދު 116 ދިވެހިން ބައްޔަށް ފައްސިވެފައިވާއިރު، ދެން ބައްޔަށް ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 22 ފަރާތަކާއި، އިންޑިޔާގެ 11ފަރާތަކާއި، އަދި އިންޑޮނެޝިޔާ، އެޖިޕްޓް، ބްރިޓޮން އަދި ކެންޔާ، މިއިން ކޮންމެ ޤައުމަކުން 1 ފަރާތެވެ. މީގެ ތެރެއިން 148 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ފެނިފައިވަނީ ޖުމްލަ 5 ކޭސްއެވެ. މިއަދަދާއިއެކު […]
ލުބްނާނުގައި ގޮވުންތަކަކީ ”ހަމަލާއެއް“ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި އިއްޔެ ގޮވި ބާރުގަދަ ގޮވުންތަކަކީ ޙަމަލާ އެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މި ޙާދިސާ އާއި ގުޅިގެން ލުބްނާނަށް ޙަމްދަރުދީ ފޮނުއްވަމުން މި ގޮވުންތަކަކީ ޙަމަލާއެއްކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެހެން ވިދާޅުވި ސަބަބެއް އޭނާ ހާަމައެއް ނުކުރައްވައެއްވެ. ޓްރަމްޕް މިޙާދިސާ ޙަމަލާއެއް ކަމަށް ސިފަ ކުރެއްވުމާއި ގުޅިގެން ލުބްނާނުގެ އޮފިޝަލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބާރުގަދަ ގޮވުންތަކާއެކު ވަރުގަދަ ލޮޅުންތަކެއްއަރާ 80 އެއްހާ މީހުން މަރުވެފައިވާ މި […]
ދަރަނިވެރިންގެ ތަރައްގީ

މިދާކަށްދުވަހު އިންޑިއާގެ ސަތިޔާމޫރްތީ ކިޔާ މީހަކު ލިއެފާއޮތް ލިއުމެއް ކިޔާލަން ލިބުނެވެ. އެލިއުމުގައި ހުރި ވާހަކަތަކުގެ ތެދު ދޮގު ކަމާދޭތެރޭ އެއްޗެއް ބުނާކަށްނެތީމެވެ. އަދި ހަމަ އެފަދައިން އޭނާގެ މަގްސަދާދޭތެރޭވެސް އެއްޗެއް ބުނާކަންނެތީމެވެ. ސަބަބަކީ ލިއުންތެރިންނަކީ ކިތަންމެ އިންސާފުން ހަމަހަމަކަމާއެކު ލިޔަން ބޭނުންވާބަޔަކު ކަމުގައިވިޔަސް އެކަން އެގޮތަށް ނުކުރެވޭތީއެވެ. ކޮންމެމީހަކުވެސް ބޭނުންވާނީ އެމީހަކުގެ ވިސްނުމާ ފިކުރު އަނެކުންލައްވާ ގަބޫލުކުރުމެވެ. އަދި ހަމައެފަދައިން ކޮންމެމީހަކުވެސް ރުހޭ ކަންތަކާ ނުރުހޭ ކަންތަކާ އަދި ބޭނުންވާކަންތައްތައްވެސް ތަފާތުގޮތަކަށް ހުންނާނެތީއެވެ. އެހެންނަމަވެސް އެ […]
ސައޫދީ އަރަބިައްޔާގައި ނިޔާވި މީހަކަށް ހަމްދަރުދީ ފާޅުކޮށްފިނަމަ ޖަލަށްދާން ޖެހިދާނެ!

ޖަލަށް ލައިފައި ހުއްޓާ އެކްޓިވިސްޓު ޢަބްދުއްﷲ އަލް ހާމިދު އެޕްރީލްމަހު ނިޔާވިފަހުން، އެކަމާއި ގުޅިގެން ހަމްދަރުދީގެ މެސެޖު ފޮނުވި މީހުން ހޯދުމަށް ސަޢޫދީ ދިފާއީ ބާރުން އެތައް ތަނެއް ބަލައި ފާސްކޮށްފިއެވެ. އެކްޓިވިސްޓު ޢަބްދުއްﷲ އަލް ހާމިދު އެޕްރީލްމަހު ނިޔާވުމާއި ގުޅިގެން ހަމްދަރުދީގެ މެސެޖު ފޮނުވި މީހުންގެ ތެރެއިން މަދުވެގެން ތިން ސަޢޫދީ ރައްޔިތުން ވަނީ އެއްވެސް ސުވާލެއް ކުރުމަކާއި ނުލައި ހައްޔަރުކޮށްފައި ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕަކުން ބުނެފިއެވެ. ޢަބްދުއްﷲ އަލް ހާމިދު ނިޔާވިއިރު، […]