ކޯވިޑް-19: އިތުރު 143 މީހަކު ބައްޔަށް ފައްސިވެއްޖެ!

ރާއްޖެއިން ކޮވިޑު19 އަށް އިތުރު 143 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ބައްޔަށް ފައްސިވީ މީހުންގެ ތެރެއިންވެސް ގިނައީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިއްޔެ އެކެނިވެސް 87 ދިވެހިން ބައްޔަށް ފައްސިވެފައިވެއެވެ. އިއްޔެ ފާހަގަ ކޮށްލެވުނީ ގިނަ ޤައުމުތަކެއްގެ ބަޔަކު ބައްޔަށް ފައްސިވީ ދުވަހެއްގެ ގޮތުގައެވެ. ދިވެހިންގެ އިތުރުން ދެން ބައްޔަށް ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 40 މީހަކާއި، އިންޑިޔާގެ 10 މީހަކާއި، ނޭޕާލްގެ 3 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، އަދި މިސްރުގެ އެކަކެވެ. އިއްޔެ ފައްސިވީ […]

ސްރީލަންކާގެ އައު ކެބިނެޓް އެކުލަވާލައިފި!

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އިންތިޚާބުވީ ރައީސް، ގޮތަބަޔަ ރާޖަޕަކްސަރ އެޤައުމުގެ އައު ކެބިނެޓް އެކުލަވާލައްވައިފިއެވެ. ކެބިނެޓްގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށް އެބޭފުޅުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އެޤައުމުގެ މެދުތެރޭގެ އަވަށެއް ކަމުގައިވާ ކެންޑީ ސިޓީގައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރުން ހުވާކުރައްވާފައިވަނީ، ރައީސް ގޮތަބަޔަ ރާޖަޕަކްސާއާއި، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ކުރިފުޅު މަތީގައެވެ. އެގޮތުން މިރަސްމިއްޔާތުގައި 28 މިނިސްޓްރީއެއްގެ މިނިސްޓަރުން އަދި 40 ސްޓޭޓް މިނިސްޓަރަކު ވަނީ ހުވައިކުރައްވާ މަޤާމާއި ޙަވާލު ވެފައެވެ. އަލަށް އެކުލަވާލެއްވި ކެބިނެޓްގައި […]

އިންޑިއާ ފުލުހުން ތިން މުސްލިމުގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އަވައްޓެރި އިންޑިއާގެ ބެންގަލޫރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުން ބާރުގެ ބޭނުންކޮށް ތިން މުސްލިމެއްގެ ގަޔަށް  ބަޑިޖަހާ މަރާލައިފި އެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑިއާގެ ސިޔާސީ ލީޑަރެއްގެ އާއިލާމީހަކު ކީރިތިރަސޫލާ އަށް ފުރައްސާރަވާގޮތަށް ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން މުސްލިމުންގެ ބަޔަކު އެ ސިޔާސީ ލީޑަރުގެ ގޭދޮށަށް އެއްވެ ހިނގި ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގަ އެވެ. މިހަމަނުޖެހުމުގެ ތެރޭގައި އެއްވެ […]

އާދަމް ޙަލީމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އަވަސް އޮންލައިންގެ ޗީފް އެޑިޓަރު (މުންޑޫ) އާދަމް ޙަލީމްގެ މައްސަލަ ބަލައިދިނުމަށް އެދި 73 ނޫސްވެރީންގެ ސޮޔާ އެކު ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަނުގައި 19 މީޑިއާ އެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ވަނީ ސޮއިކޮށްފައެވެ. މިޕެޓިޝަންގައި ބުނެފައިވަނީ ”އަވަސް އޮންލައިން“ގެ ޗީފް އެޑިޓަރ އާދަމް ޙަލީމް އެނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރީންތަކަކާއި މުވައްޒަފުންތަކަކަށް ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ވާހަކަތަކެއް ޓުވިޓާގައި ޢާންމުކޮށްފައިވާ […]

ކޯވިޑް-19: އިއްޔެ ފައްސިވީ 66 މީހުން!

ރާއްޖެއިން އިއްޔެ ކޮވިޑު19 އަށް 66 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ހުރިހާ ކޭސްތަކެއް ވެސް ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ. އޭގެ އިތުރުން އިއްޔެ ފައްސިވެފައިވަނީ ބަނގްޅަދޭޝްގެ 12 މީހަކާއި، އިންޑިޔާގެ 2 މީހެކެވެ. ރާއްޖެއިން އިއްޔެގެ ނިޔަލަށްވަނީ މިބައްޔަށް ޓެސްޓް ކުރުމަށްޓަކާ 90704 ސާމްޕަލް އެއް ނަގައިފައެވެ. އިއްޔެގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 5223 މީހަކު މިބައްޔަށް ފައްސިވީއިރު، އޭގެ ތެރެއިން 2354 ކޭސްއަކީ މިހާރުވެސް […]

ފުލުހުން މިފަހަރު ހައްޔަރުކުރީ މަސްތުވެފައި ހުރި ފުލުހެއް!

މަސްތުވެގެން ހުރި ފުލުހަކު މަސްތުވާތަކެއްޗާއެކު ކ. ކާށިދޫން ހައްޔަރު ކޮށްފިއެވެ. 33 އަހަރުގެ ފިރިހެން މީހާ މަސްތުގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް، ފުލުހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށާއި މިޕެކެޓްތަށް ފެނިފައިވަނީ އޭނާ ދިރިއުޅޭ ތަނުން ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އޭނާ ހައްޔަރުކޮށް ޔޫރިން ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮސިޓިވް ވެފައި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 […]

ޕާޓީކުރާ ގެތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެކަށައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް ބޮޑެތި އެއްވުންތަކާއި އަދި ޕާޓީތައް ބާއްވާ ގެތަކުން ކަރަންޓާއި އަދި ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފައިވާ ކަމަށް ލޮސްއެންޖަލެސްގެ މޭޔަރު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ގެތަކުގައި ބާއްވާ ޕާޓީތައް ނައިޓް ކްލަބުތަކަށް ބަދަލުވެފައިވާ ކަމަށާއި މިފިޔަވަޅު އަޅަން ނިންމާފައިވާ ވަނީ ކޮވިޑް-19 އިތުރަށް ފެތުރުމުގެ ބިރު އޮތުމުން ކަމަށެވެ. މިކަން ހުކުރު ދުވަހުން ފެށިގެން ވެސް ތަންފީޒު ކުރާނެ ކަމަށްވެސް ވިދާޅުވެފަވެއެވެ. އެމެރިކާގެ ސްޓޭޓްތަކުގެ ތެރެއިން ކޮވިޑް-19 […]

ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ސައުދީ އަރަބިއްޔައާއި އޯއައިސީ ކުއްވެރި ކުރަނީ ކީއްވެ؟

އިންޑިއާގެ ހަރުކަށި އަނިޔާވެރި ޢަމަލު ތަކުގެ ސަބަބުން، އިސްލާމްއާބާދުން ބޭނުންވަނީ ކަޝްމީރު މުސްލިމުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަށް އަލި އަޅުވާލައި މުސްލިމު ގައުމުތަކުން އިތުރަށް މަސައްކަތް ކޮށްދިނުމަށެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޕާކިސްތާނުންވެސް އެކަށީގެންވާވަރަށް މަސައްކަތެއް ނުކުރެއެވެ.  އޮގަސްޓު 5 ވަނަ ދުވަހަކީ އިންޑިއާގެ އިންޑިއާގައި އުޅޭ މީހުންނަށް ވަރަށް ހިތްނުތަނަވަސް ދުވަހެކެވެ. ހިންދީން އެމީހުންގެ ދީނީ ލަވަތައް ކިޔަމުން ދިޔައިރު، އިރުމަތީ އަޔޯދިއާގެ މާތް ތަނެއްކަމަށް މުސްލިމުންނާއި ހިންދީންގެ މެދުގައި ގަބޫލު ކުރެވިފައިވާ ތަނެއްގައި އިންޑިއާގެ […]

ކާޑެއްދޫ އެއަރޕޯޓުން އަތުލައިގަތް ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

Maldives news

ގދ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާ ތަކަކީ ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 162 ފުޅި އާއި 20 ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި ނައްތާލައިފަވަނީ ތިނަދޫ ޕޮލިސްސްޓޭޝަންގެ ގޯތި ތެރޭގައި […]

ކޯވިޑް19 އަށް ކާމިޔާބު ވެކްސިނެއް އުދެއްދިކަން ރަޝިޔާގެ ރައީސް އިއުލާން ކޮށްފި!

russia vaccine news maldives

ރަޝިޔާގެ މޮސްކޯގާ ހުންނަ ގަމަލެޔާ އިންސްޓިޓިއުޓުން ކޮވިޑް19 އަށް ކާމިޔާބު ވެކްސިނެއް އުފައްދާފައިވާކަމަށް ރަޝިޔާގެ ރައީސް ވްލަމިޑިރް ޕުޓިން ރަޝިޔާގެ ސްޓޭތް ޓީވީ ޗެނަލްގައި އިއުލާން ކުރައްވައިފިއެވެ. ޕުޓިން މިކަން އިއުލާން ކޮށްފައިވަނީ ކެބިނެޓް މިނިސްޓަރުންނާއި އެކު އޮތް ޕްރެސް ކޮންފަރެންސް އެއްގައެވެ. މި ވެކްސިން ޓެސްޓް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިންމާ، ވެކްސިން ކާމިޔާބު ކަން ޔަޤީން ކުރެވިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. “A vaccine against corona virus has been registered […]