”ރިކޯޑް މިންވަރަށް ބަލިޖެހިފައިވާ މީހުން ރިޕޯޓުކުރި ދެވަނަ ދުވަސް“، ޖަޕާން

ޖަޕާނުގެ މީޑިއާތަކުން ބުނެފައިވާގޮތުގައި ހުކުރު ދުވަހު ރިކޯޑު އަދަދަކަށް ކޮރޯނާވައިރަސްގެ ވޭދަނަ (ކޭސްތައް) ތައް ވެރިކަންކުރާރަށް ޓޯކިޔޯއިން ފެނިއްޖެއެވެ. މިއާއެކު ޓޯކިޔޯގައި ކޮރޯނާވައިރަސް ޖެހފައި ތިބި މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށްވަނީ ގޮސްފައެވެ. ކިޔޯޑޯ ނިއުސް ބުނާގޮތުން، ޖެހިޖެހިގެން ދެވަނަ ދުވަހު ޓޯކިޔޯއިން 243 އާ ވޭދަނަ (ކޭސް) ފެނިފައިވާކަމަށް ސިއްހަތާއިބެހޭ އޮފީސްތަކުން ވަނީ މައުލޫމާތު ދީފައެވެ. މީގެ ތެރެއިން 200 ވޭދަނައަކީ ސިޓިއިން ފެނުނު ވޭދަނަ ތަކެވެ. އޭގެ ކުރީދުވަހު ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް 224 […]
މާލީ ބަޔާން ތައްޔާރުކޮށް ހުށަހަޅާ އުސޫލު އާންމުކޮށްފި

ގާނޫނު އަސާސީން މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމުކޮށްފައިވާ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު އޮޑިޓާ ޖެނެރަލަށް ހާމަކުރުމުގެ އުސޫލު އާންމުކޮށްފިއެވެ. އެ އުސޫލު އެކުލަވާލާފައި ވަނީ އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރަން ޖެހޭގޮތް ބަޔާންކުރުމަށެވެ. މީގެ އިތުރުން މާލީ ބަޔާން ބައިލައިގަތުމާއި ބެލެހެއްޓުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތާއި، މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރާ ގޮތާމެދު އޮޑިޓާ […]
އީނާސް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ: މެމްބަރު ސިރާޖު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ރައީސްކަމުން އިސްތިއުފާދެއްވި އައިމިނަތު އީނާސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަވަން، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ކިބައިން އެދިވަޑައިގެންފިއެވެ. މިއަދު ކުރެއްވި ޓުވީޓެއްގައި މެމްބަރު ސިރާޖު ވިދާޅުވީ، ޖަވާބުދާރީވުމަށް އޭނާ މަޖިލީހަށް ހާޒިރުވުމަށް އަންގާފަައިވަނިކޮށް އިސްތިއުފާ ދިނުމަކުން އަދި މައްސަލަ ނިމިގެން ނުވާނެ ކަމަށެވެ. އަދި، އީނާސްގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީ ހުސައިން […]
ޓްރަމްޕް މާސްކް އެޅުއްވުމުން ބައިޑެން ޖޯކު ޖައްސަވައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް އެޅުއްވުމުން ޓްރަމްޕްގެ އިންތިޚާބީ ވާދަވެރިޔާ ޖޯ ބައިޑެން ޓްރަމްޕަށް ފާޑުވިދާޅުވެއްޖެއެވެ. ޓްރަމްޕަށް ޖޯކު ޖައްސަވަމުން ބައިޑެންގެ ތަރްޖަމާން އެންޑްރީ ޕީޓްސް ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފާއިތުވި 4 މަސްތެރޭގައި ދެކޮޅު ހައްދަވައި ސިއްހީ މާހިރުންގެ ނަސީހަތްތައް ބޮލާލާ ޖެހުމަށްފަހު އެންމެފަހުން މާސްކް އަޅުއްވަން ޓްރަމްޕް ނިންމެވީ […]
އިބާރާތެއްގެ މާނަ: ’ކްރޮކޮޑައިލް ޓިއާރސް‘ ނުވަތަ ’ކިނބޫގެ ކަރުނައެޅުން‘

’ކްރޮކޮޑައިލް‘ ނުވަތަ ކިނބުލަކީ، އާންމު ގޮތެއްގައި، ކޯރު ކޯރުގައި އުޅޭ ’ފިރުކޭ ޖަނަވަރުންގެ‘ އާއިލާގެ ބިޔަ ބޮޑު ނުރައްކާތެރި ޖަނަވާރެކެވެ. ބޮޑުވެފައިވާ ކިނބުލެއްގެ ދިގުމިނުގައި، ގާތްގަނޑަކަށް 12އާއި 20 ފޫޓު ހުރެއެވެ. ބޮޑޭ ބުނެވެނީ މިހެންވީމައެވެ. ކިނބުލަކީ އިންސާނުންނާ ހަމަލާދީ އިންސާނުން އޭގެ ޝިކާރައަކަށް ހަދާލާ އެއްޗަކަށްވާތީ ކިނބޫ ނުރައްކާވަނީއެވެ އެންމެންހެން، ދަންނަފަދައިން، އިނގިރޭސި ބަހުގައި، މުހާވިރާ ބަހެއްގެ ގޮތުގައި ’ކްރޮކޮޑައިލް ޓިއާރސް‘ ނުވަތަ ’ކިނބޫގެ ކަރުނަ‘ މި އިބާރާތް ބޭނުންކުރެވެއެވެ. ފުރަތަމަ ސުއާލަކީ މިއީ ހަގީގަތެއް […]
ކުޑަފަރިން މަނަދޫ އަށް ގެންދިއުމަށްފަހު މާލެ ގެނައި ބަލިމީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ނ އަތޮޅު ކުޑަފަރީން އެ އަތޮޅު ވެރިކަން ކުރާރަށް މަނަދޫ އަށް ގެންދިއުމަށްފަހު މާލެ ގެނައި އުމުރުން ދުވަސްވީ ބަލި މީހަކު ކޮވިޑް -19 އަށް ޕޮސިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 92 އަހަރުގެ މި ފިހެން މީހާ ފާޚާނާ ތެރެއަށް ވެއްޓި ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ފަރުވާދިނުމަށް ނ އަތޮޅު މަނަދޫ ހޮސްޕިޓަލް އަށް ގެންގޮސް ބެލި ބެލުމުން އޭނާގެ ފައިކަށީގެ ރެދު ލައިފައި ވާކަމަށް ޓޮކްޓަރުން ބުނެފައިވއެވެ. އެ […]
އަޑީ ދައުލަތުގެ ހަގީގަތް ހޯދަން މަޖިލީޙަށް ހުށައެޅީ މަރުގެ އިންޒާރު ލިބެމުންދާތީ: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކަށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް ބުނެ ’އަޑީދައުލަތުގެ‘ ހަގީގަތް ހޯދުމަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ’އަޑީ ދައުލަތު’ގެ ބާރު ރާއްޖޭގައި ވަކިހިތްޕަމުންދާ ކަމަށެވެ. އެގޮތުން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް […]
ކޮވިޑް ކޮންޓްރޯލްނުވެ ދިގުލާނަމަ ގައުމުތައް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން އިނދަޖެހިދާނެ: ޑަބްލިޔުއެޗްއޯ

މިއަހަރުގެ ކުރީކޮޅަށްވުރެ ކޮވިޑް-19 މިހާރު ފެތުރެމުންދާ ވަރު މިހާރު މާ ބޮޑުކަމަށާ އެރޯގާ ކޮންޓްރޯލްނުވެ ދިގުލައިގެންދާނަމަ އިގްތިސާދީ ގޮތުންނާއި ސިއްޙީ ގޮތުން ގައުމުތައް އިނދަ ޖެހޭ ހިސާބަށް ކަންތައް ދިޔުމުގެ ބިރު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފިއެވެ. އެ ޖަމްއިއްޔާގެ ވެރިޔާ އަދި ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއެސުސް ވިދާޅުވީ ބައެއް ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް އަނެއްބައި ގައުމުތަކުގައި ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުންދަނީ ބިރުވެރި މިންވަރަކަށް […]
ތައުލީމުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ. މަޖިލީހުން ބުނީ ތައުލީމުގެ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ. މަޝްވަރާ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، […]
ނިއުމަތްތައް ބީވެގެން ދަނީ ނިއުމަތްތައް ދެއްވިފަރާތް އޮޅި އެފަރާތަށް ޝުކުރުވެރިނުވުމުން :ޚުތުބާ

އިންސާނުންނަށް ދެއްވާ ނިއުމަތްތައް އެމީހުންގެ އަތުން ބީވެގެން ދަނީ އެނިއުމަތް ދެއްވިފަރާތްތައް ޝުކުރުވެރި ނުވުމުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. ކޮވިޑް-19 ގެ ބަލިމަޑިކަމާއި ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަސްވަންދެން ޖަމާއަތުގައި ހުކުރުކުރުން މެދުކެޑުމަށްފަހު މިއަދު ޖަމާއަތުގައި ކުރަންފެށި ހުކުރުގައި އިއްވި ޚުތުބާގައި ބުނީ ނިއުމަތްތައް ދެމި އޮންނާނީ އެ ނިއުމަތަކާއި މެދު ޝުކުރުވެރިވާނަމައެވެ. “ ތިޔަބައިމީހުން މާތްﷲގެ ނިއުމަތްތަކަށް ޝުކުރުވެރިވެލައްވާ. އުރެދުންތަކާއި ދުރުހެލިވެލައްވާ. ނިއުމަތްތައް ބީވެގެންދަނީ ނިއުމަތްތައް ދެއްވިފަރާތް އޮޅި އެ ފަރާތަށް ޝުކުރުވެރިނުވުމުގެ […]