އޮކްސްފޯޑްގެ ވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ޔަގީން ވެއްޖެ
ކޮވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ބުނެފި އެވެ. އެޓީމުގެ ފަރާތުން ވާހަކަ ދެއްކެވި ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ”ChAdOx1 nCoV-19″ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން […]
(އޭއައިއޭ އަށް މާލީ އެހީތެރިކަން ހޯދަން އެދިނީ
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކޮޅަށް ޖަހަން މާލީ އެހީތެރިކަން ހޯދަން އެދި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގައި ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީން ހުށަހަޅައިފި އެވެ. އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ގިނަ ކަންކަން އަވަސްކޮށްދިނުމަށް އެދުމަށް އެ ކޮމެޓީގެ މެމްބަރުން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ […]
ޓޫރިޒަމް ކުރިއަރުވަން ދޫކުރާ ބިމުގެ ކުލި ކުޑަކުރަނީ
ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމުން، މިހާރު އެ މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް […]
ސިއްޚީ ނުރައްކަލުގެ ހާލަތުގައި، ސިއްޚީ މާހިރުންނަށް ލިބިފައިވާ ބާރު ހަނިކުރާތީ ޑރ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފި
ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސިއްޚީ މާހިރުންނަށް ދިފައިވާ ބާރު ހަނިކޮށް، ރައްޔިތުންގެ މަޖިލީހަށް އެ ބާރު ދޭން އުޅޭ އުޅުމަށް ރާއްޖޭގެ މަޝްހޫރު ނިއޮރޮލޮޖިސްޓް ޑރ.އަލީ ނިޔާފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މިހާރު އަމަލުކުރަމުން އަންނަ އާންމު ސިއްޚަތު ރައްކާތެރިކުރުގެ ގާނޫނުގައި ވާގޮތުން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގައި މަޖިލީހުގެ ދައުރެއް ނޯވެއެވެ. މިކަމުގެ ބާރު ގާނުން ލިބިދީފައިވަނީ ހެލްތު މިނިސްޓަރަށެވެ. އަދި ވަޒީރަށް ލިބިދޭ ޚާއްސަ ބާރެއްގެ ދަށުން ނުވަތަ ވަޒީރު […]
ކަރަންޓީން ފެސިލިޓީއަކުން ފިލި ބިދޭސީއެއް ހޯދަންފަށައިފި
ކޮވިޑް-19ގެ ބަލިމަޑީކަމާއި ގުޅިގެން ކަރަންޓީންފެސިލިޓީ އެއްގައި ބެހެއްޓި ބިދޭސީއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުންބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭސް މީހެއްކަމަށްވާ ބަހާދުރު، ކުމިލަ ނަމަކަށް ކިޔާ ފިރިހެނެއް ކަމަށެވެ. ކަރަންޓީން ފެސިޓީގައި ބަހާއްޓައިހުއްޓާ އެމީހާ ފިލާފައިވާކަން އެ ވުޒާރާއަށް ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ފުލުހުންގެ ހުޅުމާލޭ އިންވެސްޓިގޭޝަން ޑިޕާޓްގެ ނަންބަރު 9980062 އަށް ގުޅުއްވައި މައުލޫމާތު […]
ކުވައިތުގެ އަމީރު ކުއްލި އޮޕަރޭޝަނެއް ކުރައްވައިފި
ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދުއްސަބާޙް އަށް ކުރިމަތިވި އާލާސްކަންފުޅަކާ ގުޅިގެން ކުއްލި އޮޕަރޭޝަނެއް ކުރައްވައިފި ކަމަށާ އެއޮޕަރޭޝަން ކާމިޔާބު ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ. ކުވައިތުގެ އަމީރުގެ އޮފީސް ”ދީވާނުއްޝުއޫނުލްއަމީރީ“ އިން ބުނީ އޮޕަރޭޝަނަށްފަހު އަމީރު ޝައިޚް ސަބާހުލްއަހްމަދުގެ ހާލުކޮޅު ރަނގަނޅުވެ ހަމައަކަށް އެޅިފައިވާ ކަމުގައެވެ. އަމީރުގެ އޮޕަރޭޝަން ކޮށްފައިވަނީ ކުވައިތުގެ ހޮސްޕިޓަލެއްގައި ކަމަށާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ކުވައިތުގެ އާންމު ރައްޔިތުންގެ ފަރާތުން އަމީރަށް ހަމްދަރުދީގެ މެސެޖްތައް ލިބެމުންދާކަމަށް ”ދީވާނުއްޝުއޫނުލްއަމީރީ“ ގެ ފަރާތުން ނެރުނު ބަޔާނެއް […]
ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ހުކުމްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން […]
އެޗްއާރްސީއެމްގެ މެމްބަރު މޫސަ މަގާމުން އިސްތިއުފާ ދެއްވައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު މޫސާ އަލީ ކަލޭފާނު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މެމްބަރު މޫސަ ކޮމިޝަނުން އިސްތިއުފާ ދެއްވިރު، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި، އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ. މޫސަ މަގާމުން އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު މިނިވަންކަމާއި، މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު ނެތްކަމަށް ވިދާޅުވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ […]
އިއްފަތް ފޭރުން އާންމު ވެއްޖެ ނަމަ، އެކަމުގެ ހައްލަކީ، ގާނޫނީ ގޮތުން އެކަން ހުއްދަ ކުރުން ހެއްޔެވެ؟
މިހާރުގެ އެންމެ ހޫނު ޚަބަރަކީ ބިދޭސީން ދޭސީންނަށް ހެދުމުގެ ވާހަކައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބޭރު، ބިދޭސީން، ދިވެހި ދޭސީ ރައްޔިތުންނަށް ހެދުމުގެ ވާހަކައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް އެޅުވުމުގެ ހައްލަކީ އެމީހުންނަކީ ތަނުގެ މުވާތިނުންކަމުގައި ހަދައި ދިވެހިރާއްޖޭގެ މީހުންނަށް ހެދުމެވެ. މިކަން ކުރެވޭނީ ފާސްކުރެވޭ އާ ގާނޫނެއްގެ ދަށުންނެވެ. މިއީ ގައުމީ މުހިއްމު މައްސަލައަކަށް ވިޔަސް، މިކަން ކުރަން ޖެހިއްޖެކަން އިއުލާނުކުރެއްވީ ގައުމުގެ ރައީސެއް ނޫނެވެ. ގައުމުގެ މަހާރާޖާއެވެ. އާދެ، ވެރިންގެ […]
އަނިޔާތައް ތަހުގީގުކުރުމަށް އަބޫދާބީގެ ވަލީއަހުދާއި ސުވާލު ކުރުމަށް ފުރާންސުން އަމާޒުހިފައިފި
ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔޫއޭއީ- ސައޫދީ ކޯލިޝަނުން ޔަމަނުގެ ހޫޠީންނާއި ދެކޮޅަށް ކުރާ ހަނގުރާމައަކީ ޚިޔާލުތަފާތުވުންތައްގިނަ ހަނގުރާމައެކެވެ. އިންސާނީ ހައްގަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ މިހަނގުރާމައަކީ އިންސާނީ ހައްގުތަކަށް އަރައިގަނެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ހަނގުރާމައެއްކަމަށް ބުނެފައެވެ. އދ. ގެ ހުއްދަނެތި އެމެރިކާއިން އަފްޣާނިސްތާނާއި ދެކޮޅަށް ކުރި ހަނގުރާމައަށް ފިޔަވަޅު ނޭޅި ފަދައިން، ޔަމަނުގައި ޔޫއޭއީ- ސައޫދީ ކޯލިޝަނުންކުރާ ހަނގުރާމައާއި ދެކޮޅަށް އދ. އިން ފިޔަވަޅުއަޅާފައި ނުވެއެވެ. އެހެންކަމުން ޔަމަނުގައި ހިނގާ ހަނގުރާމައަކީ މިހާރުވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި […]