ޓޯކިޔޯއިން ބޭރުގައި ދިރިއުޅުން ބަދަލުކުރާ ނަމަ ކޮންމެ ކުޑަކުއްޖަކަށް އެއްމިލިއަން :

ދުނިޔޭގައި އެންމެބޮޑަށް ތަރައްގީވެފައިވާ އެއްގައުމަކީ ޝައްކެއްވެސް ނެތްގޮތުގައި ޖަޕާނެވެ. ހުރިހާ ރޮނގަކުންނެވެ. އެ ގައުމުގެ ވެރިރަށް ޓޯކިޔޯގެ އާބާދީ އިތުރުވަމުން ދާތީ އެކަމަށް ރަނގަޅު ޙައްލެއް ގެނައުމުގެ ބޭނުމުގައި ޓޯކިޔޯއިން ބޭރަށް ދިރިއުޅުން ބަދަލުކުރާ ކޮންމެ އާއިލާއެއްގައި ހިމެނޭ ކޮންމެ ކުޑަކުއްޖަކަށް އެއް މިލިއަން ޔެން ދޭގޮތަށް ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.  ޖަޕާނުގެ 125.7 މިލިއަންމީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 35 މިލިއަން މީހުން ދިރިއުޅެނީ ޓޯކިޔޯއާއި ކައިރީ ސަރަޙައްދު ތަކުގައެވެ. ޖަޕާން ސަރުކާރުން މި ފިޔަވަޅުގެ ވަރަށް މުހިންމު އެއް ބޭނުމަކީ ރައްޔިތުން އެއްތަނަކަށް ތޮއްޖެއްސުމުން މެދުވެރިވާ […]

އާ އަހަރާދިމާކޮށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް ޔޫކްރެއިނަށް

ޔޫކްރެއިނުން އާއަހަރުގެ ޙަފްލާތަކަށް ތައްޔާރުވަމުން ދަނިކޮށް ހޮނިހިރުދުވަހު އަނެއްކާވެސް ރަޝިޔާގެ މިސައިލް ޙަމަލާތަކެއް ޔޫކުރެއިން އަށް އޮހިގެންފިއެވެ. ބުނެވޭގޮތުގައި ގިނަ ޙަމަލާތަކެއް އަމާޒުވީ އާންމު ރައްޔިތުން ދިރިއުޅެމުން ގެންދާ ޢިމާރާތް ތަކަށެވެ. އޭގެ ތެރޭގައި މިވަގުތު މީހުންނޫޅޭ ހޮޓަލެއްވެސް ހިމެނެއެވެ. ކީވްގެ މޭޔަރ ވިޓާލީ ކްލިޓްސްކޯ ވިދާޅުވީ މި ޙަމަލާތަކުގައި 28 މީހުން ޒަޚަމްވެ އެކަކު މަރުވި ކަމަށެވެ.                                 ޔޫކްރެއިންގެ ސިފައިންގެ ކޮމާންޑަރ އިން ޗީފް ވެލަރީ ޒަލުޒުންވީވިދާޅުވީ ރަޝިޔާގެ ބިމުންނާއި […]

ޔަހޫދީން ގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ’ކައްޗަށް އެޅި ބިންގާ

1967 ވަނަ އަހަރު ހިނގި މަޝްހޫރު 6 ދުވަހުގެ ހަނގުރާމައިގައި ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ވެސްޓްބެންކާއި، މުސްލިމުންގެ މުޤައްދަސް މިސްކިތެއްކަމުގައިވާ އަލް-އަޤްޞާ މިސްކިތާއިބެހޭ ގޮތުން، އިޒްރޭލުގެ 2 ފަރާތަކުން ދާދިފަހުން ނެރެފައިވާ 2 ރިޕޯޓަކާއި ގުޅިގެން މުސްލިމް ޤައުމުތަކުގެ މެދުގައި ވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަން ފެތުރިފައެވެ.  އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަޔަންޔާހޫ ގެ އަމުރަކަށް އުފައްދާފައިވާ ”އެޑްމުންޑް ލެވީ ކޮމިޝަން“ ގެ ފަރާތުން ނެރެފައިވާ ރިޕޯޓެއްގައި، ވެސްޓްބެންކްއަކީ އިޒްރޭލުން ހިފާފައިވާ ބިމެއް ނޫންކަމަށާއި، އެ ބިމަކީ އަބަދުވެސް އިޒްރޭލުގެ ބިމެއްކަމަށް ލިޔެފައިވެއެވެ.  ލެވީ ކޮމިޝަން ގެ […]

ޔޫރަޕްގެ ރަޖިސްޓަރީ ބޯޓުފަހަރުން ފިލިޕީންސް ސީމަނުން ބޭރުކުރަނީ، ދިވެހި ސީމަނުންގެ ޙާލަތު އޮތީ ކިހިނެއް!

ޔޫރަޕިއަން ޔޫނިއަނުން ހާމަކޮށްފައިވާ ގޮތުގައި ފިލިޕީންސްގައި ބޯޓުފަހަރުގެ ވަޒީފާއަށް މީހުންތަމްރީނު ކުރުމުގައި ބައިނަލް އަގްވާމީ މިންގަނޑަށް ނުފެތޭކަމަށް ބެލެވޭތީ އެ ގައުމުން ދީފައިހުންނަ ސަނަދުތަކާއި ލިއުންތައް މީގެފަހުން ޔޫރަޕިއަން ޔުނިއަނުން ގަބޫލެއް ނުކުރާނެއެވެ. އެހެންނަމަވެސް މިހާތަނަށް ދީފައިހުރި ސަނަދުތަކުގެ މައްޗަށް ބިނާކޮށް ވަޒީފާދީފައިތިބި ފަރާތްތަކަށް އެ ސަނަދުގެ މުއްދަތު ހަމަވަންދެން ވަޒީފާ އަދާ ކުރެވޭނެއެވެ.   ޔޫރަޕްގެ މި ފިޔަވަޅުން ބައިނަލް އަގްވާމީ ޝިޕިންގ އަށް ބޮޑެތި ގޮންޖެހުންތަކެއް މެދުވެރިވާނެއެވެ. މިހާރުގެ މާރކެޓަށް ބަލާއިރު ބޯޓުފަހަރުގައި އުޅޭ ފިލިޕީންސް މީހުންގެ ނިސްބަތަކީ 25 […]

ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ މީހުން ސަމާލުވުމަށް އަންގައިފި

ރޮއިޓަރސް އިން މަޢުލޫމާތު ލިބޭގޮތުގައި ޗައިނާއިން އެމެރިކާއަށް ދަތުރުކުރާ މީހުންނަށް ކޯވިޑް 19 ގެ ޚާއްސަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނާގޮތުގައި މިގޮތަށް ހަމަޖައްސަން ޖެހުނީ ޗައިނާއިން ކޯވިޑް 19 ބެހޭ މަޢުލޫމާތު ހާމަކުރުމުގައި ފޮރުވުންތަކެއް ގެންގުޅޭތީކަމަށެވެ. ޗައިނާގައި ކޯވިޑް ގެ ބަލި މަޑުކަން އަނެއްކާވެސް މާ ބޮޑަށް ފެތުރެމުންދާތީވެ ޖަޕާނާއި މެލޭޝިޔާ އަދި އިންޑިއާގައިވެސް ޗައިނާއިން ދަތުރުކުރާ މީހުން ފުރިހަކުރަންޖެހޭ ކަންތައްތަކާއި ބޭހޭގަވައިދަށް އިތުރު މުހިންމު ބަދަލުތަކެއް ވަނީ ގެނެއްސައެވެ. ޖަޕާނުން ބުނަނީ ޗައިނާއިން ދަތުރުކުރާ މީހުން […]

ހުޅަނގުން ހަގުރާމައަށް ސީދާ ނުވަދެތިބީ ރަޝިޔާގެ ނިއުކްލިއަރ ދެކެ ބިރުން

ރޮއިޓާރސް އިން މަޢުލޫމާތު ދޭގޮތުގައި މޮސްކޯގެ ނިއުކްލިއަރ ޙަކަތައާއި އެ ހަކަތައިގެ ބޭނުން ކުރަންޖެހޭ ޙާލަތުކަމަށް އެގައުމުން އެކަށައަޅާފައިވާ ގަވައިދުތަކަކީ ހުޅަނގުން ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ހަނގުރާމައިގާ ސީދާ ބައިވެރިވުމަށް ހުޅަނގުގެ ގައުމުތަކުން ޖެހިލުންވާ ސަބަބު ކަމުގައި ރައީސް ޕޫޓިންގެ އެންމެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.  ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރު ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޗެއަރމަންގެ ނައިބު ދިމިތުރީ މެޑްވިޑެވް ވިދާޅުވީ ކީވްގެ ގޮތްދޫނުކުރާ ސަރުކާރުން ހަދާނެގޮތް ހުސްވެ އެގައުމުގެ މިލިޓްރީ ގާބިލުކަން އެއްކޮށް ނެތިކޮށް ލެވެންދެން މޮސްކޯއިން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. މެޑްވިޑެވް […]

ސަޢޫދީ އެރޭބިޔާގެ ބަދަލުވަމުންދާ އާދަކާދަ

ސަޢޫދީ އެރޭބިޔާއަކީ ދިވެހިން ހިތްތަކުގައި ވަރަށް މަތިވެރި މަގާމެއް ލިބިފައިވާ ބިމެކެވެ. އެ ބިމުގައި ހިނގާ ކަންތައްތައް އެނގެން ބޭނުންވާ ދިވެހިން މިގައުމުގައި ވަރަށް ގިނަވާނެއެވެ. މި ގެނެސްދެނީ ސަޢޫދީ އެރޭބިޔާގައި ބަދަލުވަމުންދާ އާދަކާދަ އާއި ބެހޭގޮތުން ބޭރުގެ މީޑިއާތަކުގައި ގެނެސްދެމުން ގެންދާ ޚަބަރުތަކުގެ ޚުލާސާއެކެވެ.                               އެނބުރެމުން ދިޔަ ކުލަ ބޮކިތަކާއި ދުންތަކުގެ ތެރޭގައި މައިކެއް ހިފައިގެން ލަވަކިޔަން ހުރީ 29 އަހަރުގެ ނައުފް ސުފްޔާނީ އެވެ. ކޮމިސްކެޓްގެ ނަމުން […]

އެމެރިކާ ޑޮލަރު ރަސްކަމުގެ ތަޚުތުން އަޒުލު ކުރަނީ

ކޮންމެ ކަމަކަށްވެސް  ނިމުމެއް އަންނާނެއެވެ. އެގޮތުން ކޮންމެ ކަމަކަށް އެމެރިކާ ޑޮލަރު  ބޭނުން ކޮށްގެން ނޫންގޮތަކަށް ގަނެވިއްކާ ވިޔާފާރީގެ މުޢާމަލާތަށް ޕޭމަންޓްތައްހެދުމަށް އެމެރިކާ ޑޮލަރު ނޫންގޮތެއް ނެތްކަމަށް ބުނާ އަޑު އިވިއިވި ފޫހިވެއްޖެކަމަށް ބުނެ ދުނިޔޭގެ ބައެއް ބޮޑެތީ އިގްތިސާދުން އެހެން ފައިސާއެއް ހޯދުމުގެ މަސައްކަތް ފަށައިގެންފިއެވެ.  އޭގެ ތެރޭގައި ހަމައެކަނި އޭޝިޔާގެ ބައެއް ކުދި ގައުމުތައްވެސް ހިމެނޭގޮތުން ބާރަވަރަކަށް ގައުމުން ޑޮލަރުގެ ނުފޫޒަ ކުޑަކުރުން ތަޖްރިބާ ކުރަން ފަށައިފިއެވެ. ކުއްލިއަކަށް ޑޮލަރުގެ ރަސްކަން ނިމުމަކަށް ގެނެސް އޭގެ ބާރުގަދަ ތަޚުތުން އަޒުލް ކުރާ ވާހަކަ އެއްވެސް ގައުމަކުން ނުބުނެއެވެ.  އަދި އެއީ […]

ނަސްރާނީންގެ ބޮޑުޢީދާ ދިމާކޮށް އަންނަ ތޫފާނުގެ އިންޒާރު

ފިނިމޫސުމުގެ ނުރައްކާތެރި ތޫފާނެއްގެ ބިރުވެރިކަން އެމެރިކާގެ ކަންކޮޅުތަކަށް ފެތުރެން ފަށައިފިއެވެ. އެތައް މިލިއަން މީހުންގެ ދަތުރުފަތުރާއި ޗުއްޓީ ދުވަސްތަކަށް ހުރަސް އެޅި ގަދަވަޔާއެކު ވެހެމުންދާ ސްނޯގެ ސަބަބުން ފިނިހޫނުމިން ހީކުރެވިފާ ނުވާވަރަށް ވެއްޓިގެން ދާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ގެންދަނީ އިންޒާރު ދެމުންނެވެ. އެންމެ މަދުވެގެންވެސް އެމެރިކާގެ ކަންކޮޅުތަކުން 50 މިލިއަން މީހުންނަށް މި ތޫފާނުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެކަމަށް ބުނެފިއެވެ.                             […]

ޕާކިސްތާނު ވެސް ބަނގުރޫޓް ވެދާނެކަމުގެ އިންޒާރު. ދެން ރާއްޖެ؟

ޕާކިސްތާނުގެ އިނދަޖެހެމުންދާ އިގްތިސާދު ސަލާމަތްކުރެވޭނެ މަގު ހޯދުމަށްޓަކައި ދެން އެހެންގޮތެއް ނެތުމުން އަޅަންޖެހޭ ފިޔަވަޅުތައް ތަޢާރުފް ކުރަން ފަށައިފިއެވެ. އެފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުން ފާސްކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެ ގައުމުގެ ދިފާއީ ވަޒީރު ޚުވާޖާ އާސިފް ފާހަގަކުރެއްވި އެއްކަމަކީ ހަކަތަ ބޭނުންކުރާ މިންވަރެވެ. އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނުގައި މިހާރު ހަކަތަ ބޭނުންކުރާ މިންވަރު ދެމެހެއްޓޭނެ އެއްވެސް ގޮތެއް ފެންނާން ނެތް ކަމަށެވެ.  އެހެންވީމާ ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ވިޔަފާރިކުރާ ހުރިހާތަނެއް ޝޮޕިން ސެންޓަރުތައްވެސް ހިމެނޭ ގޮތުގައި އިއްޔެ ( ބުރާސްފަތި ) ފެށިގެން […]