ގުޅިފައިވާ ޔޫކުރެއިން ލަޝްކަރުތަކުގެ މިލިޓްރީ ކޮމާންޑަރ ވަކިކޮށްފި

އިރުމަތީ ޑޮންބަސް ސަރަޙައްދުގައި ހަނގުރާމަ ކުރަމުންގެންދާ ޔޫކްރެއިންގެ ގުޅިފައިވާ ލަޝްކަރުތަކުގެ މިލިޓްރީ ކޮމާންޑަރ ވަޒީފާއިން ވަކިކޮށްފިއެވެ. ކޮމާންޑަރ އެޑްއާރޑް މޮސްކާލިޔޯވް ވަޒީފާއިން ވަކިކުރަން ރައީސް ޒެލެންސްކީ ނެރުނު އެއް ފޮޅުވަތުގެ ގަރާރުގައި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ.  ރޮއިޓާސް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މޮސްކާލިޔޯވް އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެތެރޭގައެވެ. ގުޅިފައިވާ ލަޝްކަރު އުފައްދާފައިވަނީ 2014 ވަނައަހަރު ރަޝިޔާއިން ކްރީމިއާ އަތުލުމާއި ގުޅިގެންނެވެ. އަދި މިފަހަރު ރަޝިޔާއިން އަރައިގަތުމާއި ގުޅިގެން ހަނގުރާމާގައި އެންމެބޮޑު ޙިއްސާއެއް އުފުލަނީ އެ ލަޝްކަރުންނެވެ.         މޮސްކާލިޔޯވްއަކީ ޔޫކްރެއިންގެ […]

އާތޫރޫ މުސްލިމުންގެ ހިތްތަށް ފަތަޙަކޮށްފި

13 ވަނަ ޤަރުނުގެ ތެރޭގައި ތުރުކީއަށް އުފަން އާތޫރޫ ވަނީ ފަހުގެ ތާރީޚެއްގައި ގިނަ ޢަދަދެއްގެ މުސްލިމުންގެ ހިތްތަށް ފަތަޙަކޮށްފައެވެ. ތުރުކީ ޓީވީ ސީރީސްއެއް އާތޫރޫގެ މައްޗަށް ހަދައި ބެލުންތެރިންނާއި ހަމައަށް ގެނައުމާއިއެކު، އާތޫރޫވެގެން ގޮސްފައިވަނީ ގިނަ މުސްލިމުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔަ ޝަޚުސިއްޔަތެއްގެ ގޮތުގައިއެވެ.  ޑިސެންބަރު 10 ވަނަ ދުވަހު ތުރުކީގެ ރައީސްގެ ޚާއްސަ ބެލުމުގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދޭން ފެށި އާތޫރޫ އަކީ މުސްލިމު ގިނަ ގައުމުތަކެއްގެ ވަރަށް މަޝްހޫރު ޢިބުރަތްތެރި ފިލްމް ސީރީއަކަށް ވަނީ […]

ޗައިނާއިން ހުށައެޅި ސުލްޙައިގެ ޕްލޭން ހުޅަނގުން ބޮލާލާ ޖަހައިފި

ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލައި ސުލްޙަ ގެނައުމަށް ޗައިނާއިން ހުށައެޅި ޕްލޭން ގަބޫލުނުކުރަން ޔޫރަޕިއަން ޔުނިއަނުން ނިންމި ނިންމުމުގައި އެމެރިކާއިންވެސް ސަޕޯޓްކޮށްފިއެވެ. މީގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުން އެ ހަނގުރާމައިގާ ރަޝިޔާއަށް މަދަދު ކުރާކަމުގެ ބަހަނާގައި އެކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަންވެސް ވަނީ ނިންމާފައެވެ. ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމައިގާ ގިނަ ގޮތްގޮތުން މިދިޔަ ހުކުރުދުވަހު އެމެރިކާއާއި ޗައިނާގެ ބަސްމަގު އޮތީ ހޫނުވެފައެވެ.ޗައިނާއިން ހުށައެޅި ސުލްޙައިގެ ތަޖްވީޒަށް ބަހުސްކުރަންބޭއްވުނު އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޚާއްސަބައްދަލުވުމުގައިވެސް ޔޫކްރެއިނަށް ކާމިޔާބުކޮށް ދޭނެކަމަށް އެމެރިކާއިން ގެންދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް ޗައިނާގެ […]

އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާދޭން އިސްރާއީލުން ތައްޔާރުވަނީ

ބައިނަލް އަގްވާމީ މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކުގައި އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ޙަމަލާދިނުމަށް އިސްރާއީލުން ތައްޔާރުވާން ފަށައިފިއެވެ. ލީކުވެފައިވާ ރިޕޯރޓުތަކަށް ބަލާއިރު ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ ދިފާޢީ އިސްވެރިންނާއިއެކު ސިއްރު ބައްދަލުވުން ތަކެއް ބާއްވަމުންނެވެ.  އަދި މިހާތަނަށް ދީފާޢީ އިސް ވެރިންނާއި އިންޓެލިޖެންސްގެ އިސް ވެރިންނާއި އަދި މޮސާދުގެ ވެރިޔާއާއިއެކު ފަސް ބައްދަލުވުމެއް ބާއްވާފައިވާކަމަށް ޗެނަލް 12 އިން މިދިޔަ އަންގާރަދުވަހު ބުނެފައިވެއެވެ.                             […]

ސަޢޫދީ އެރޭބިޔާގައި ޢިމާރާތްކުރެވޭ އެހެން ދުނިޔޭގެ މަޝްރޫޢު

އެހެން ދުނިޔެއަކަށް ނިކުމެވޭ ދޮރާށީގެ ނަމުގައި ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައި ޢިމާރާތްކުރަން ނިންމަވާފައިވާ ހަތަރެސްކަން ޢިމާރާތަކީ ހޮލޯގްރާފިކް ޓެކްނޯލޮޖީގެ ނަމޫނާ މިސާލަކަށް ވެގެންދާނެއެވެ. ހޮލޯގްރާފިކް ޓެކްނޯލޮޖީ އަކީ ތްރީ ޑައިމެންޝަންގެ ވައްތަރެކެވެ. އާންމުގޮތެއްގައި ތްރީ ޑައިމެންޝަންގެ ފިލްމުފަދަ އެއްޗެހި ބެލުމަށްޓަކައި ވަކިން ޚާއްސަވައްތަރެއްގެ އައިނެއް ނުވަތަ އާލާތެއް ބޭނުންކުރަންޖެހުނުކަމުގައިވިޔަސް އެ ޢިމާރާތް ބެލުމަށްޓަކައި އެއްވެސް ވައްތަރެއްގެ އެފަދަ އާލާތެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ.  ހަމަލޮލަށް ފެނުމުގައިވެސް ބެލުންތެރިޔާގެ ލޮލުގެ ކުރިމަތީގައި ޢިމާރާތް ތަސައްވުރު ކުރެވެމުންދާނީ  ތްރީ ޑައިމެންޝަން ގޮތުގައެވެ. މިއަށްވުރެން ބޮޑަށް އޮޅުންފިލުވާދޭން މަސައްކަތް ކުރުމުން ލަދެއްގައި ބެދިދާނެތީ ބައެއް ތަޖްރިބާކާރުންވެސް ހަނުހުރުން އިޚްތިޔާރު ކުރާކަމަށް ބުނެވެއެވެ.     […]

މެލޭޝިޔާގައި 150 ބިދޭސީން މަރުވި މައްސަލަ ތަޙްގީގުކުރަން ގޮވާލައިފި

މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރެއްގައި މިދިޔައަހަރު ކުޑަކުދިންތަކެއްވެސް ހިމެނޭގޮތުގައި 150 މީހުން މަރުވެފައިވާތީ މެލޭޝިޔާގެ ޑިޓެންޝަން ސެންޓަރުތަކު ޙާލަތު ދެނެގަނެ ރަނގަޅުކުރަން ޖެހިފައިހުރި ކަންތައްތައް ރަނގަޅު ކުރުމަށް އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލައިފިއެވެ.                      މެލޭޝިޔާގައި ސައްޙަ ލިއެކިއުންތައް ނެތި އުޅޭ ބިދޭސީން ހައްޔަރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އޭގެ ތެރޭގައި ސިޔާސީ ޙިމާޔަތަށް އެދޭ މީހުންނާއި ރޮހިންޖާގެ ރެފިއުޖީންވެސް ހިމެނެއެވެ.                 […]

ރައީސް ބައިޑްން އެއަރފޯސް ވަން ގެ ސިޑި މައްޗަށް ވެއްޓިއްޖެ

ޕޯލެންޑުގެ ވޯރސޯ ގައި އެއަރފޯސް ވަން އަށް އަރައިވަޑައިގަންނަވަނިކޮށް ރައީސް ބައިޑްން ސިޑިމައްޗަށް ވެއްޓި ވަޑައިގެންފިއެވެެ. އެ ވީޑިއޯ މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.  ވީޑިއޯއިން ފެންނަގޮތުގައި ސިޑީގެ އެންމެ މަތީ ބައިގާ ފްލައިޓަށް ވެދެވަޑައިގަތުމުގެ ކުރިން ސަލާމަށް އަތްހޫރާ ލުމުގެ ކުރިން އަރި އަޅާލައިގެން ވެއްޓި ވަޑައިގަތީއެވެ.  އެހެންނަމަވެސް މިކަން މިގޮތަށް ދިމާވި ސަބަބެއް އަދި ނޭގެއެވެ. ރައީސް ބައިޑް ޔޫކްރެއިނަށާއި ޕޯލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ވޯޝިންގޓަނަށް ވަޑައިގަންނަވަން އޮތީ ބުދަ ދުވަހުގެ ހަވީރުގައެވެ.             […]

އެމެރިކާ އޮތީ އަހަރެމެންނަށް ގޮތް ކިޔާދެވޭ މަގާމެއްގައެއްނޫން -ޗައިނާ

ޗައިނާއިން ރޮއިޓާސް ޚަބަރުދޭގޮތުގައި ޗައިނާއިން ރަޝިޔާއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދޭކަމަށް ބުނެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ދިން އިންޒާރަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޭންގް ވެންބިން އެމެރިކާއަށް ޖަވާބު ދީފިއެވެ.  އޭނާ ވިދާޅުވީ އެމެރިކާ މިހާރު ތިޔައޮތީ ޗައިނާއިން ކަންތައްކުރަންވީގޮތް ބުނެދެވޭފަދަ މަގާމެއްގައި ނޫންކަމަށެވެ. ވޭންގް ވެންބިން މިހެން ވިދާޅުވިއިރު މިއުނިކްގައި އޮތް ސެކިއުޓީ ކޮންފަރެންސްގެ ހާވާސާގައި ބްލިންކަން އާއި ބައްދަލު ކުރެއްވުމަށްފަހު ޗައިނާގެ އެންމެ އިސް ޑިޕޮލޮމެޓް (ޚަރިޖީ ވަޒީރު)  މޮސްކޯއަށް ދަތުރުފުޅު ކުރައްވާގޮތަށް ވަނީ […]

ދުބާއިއިން ފެންނަ ރަޝިޔާގެ މަޝްރޫޢުތަކާހުރެ އެމެރިކާގެ ނިއްކުރީގައި ގޮށްޖެހިއްޖެ

2009 ވަނައަހަރު ދުބާއިއަށް މެދުވެރިވި މާލީ ގޮންޖެހުންތަކަށް 14 އަހަރު ވަމުންދާއިރު މިހާރު ފެންނަމުންދާ މަންޒަރުތައް މީޑިޔާތަކުގެކެމެރާތަކަށް ފެންނަނީ ކިހެނެއް ހެއްޔެވެ؟                    މިހާރު އެފެންނަނީ ރަޝިޔާގެ މުއްސަނދިން ދުބާއިގާ ހިންގަން ނިންމާފައިވާ މުޅިން އާ މަޝްރޫޢު ތަކެއްގެ އިޝްތިހާރު ބިލްބޯޑުތަކެއް ހިފައިގެން  ސްކޫޓަރެއްގައި އަންހެނަކު ދުއްވާފައިދާ މަންޒަރެވެ. ދެން އެ ފެންނަނީ ދުބާއިގެ ވޯޓަރ ކެނަލް ތެރޭންލާފައި ދަތުރުކުރަމުންދާއިރު މީގެ ކުރިން ހިރަފުސްތެރޭގައި ވަޅުލެވިފައިއޮތް ބިޔަ އިމާރާތްކުރުމުގެ ވިޔަފާރި ކޮޅަށްތެދުވެ […]

ވެރިކަން ވައްޓާލުމުގެ ވާހަކަ ދެއްކުމުގެ ކުރިން ނެޕޯލިއަންގެ ހަނދާން އާކޮށްބަލަ -–ރަޝިޔާ

ރަޝިޔާ ވީރާނާ ކޮށްލަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ހަނގުރާމައިގާ ބަލިކޮށް ރަޝިޔާގެ ރައީސް ޕޫޓިންގެ ވެރިކަން ބަދަލުކުރަންކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމުން ރަޝިޔާއިން ހޫނު ރައްދެއް ދީފިއެވެ. ވެރިކަން ބަދަލުކުރަން ހިތަށް އެރުވުމުގެކުރިން އަދި އެއްފަހަރު ނެޕޯލިއަން ބޮނަޕާރޓޭ މަތިން ހަނދާން ކޮށްލުން ރަނގަޅުވާނެކަމަށް ބުނެފ. ނެޕޯލިއަން ގެ އުމުރުން 51 އަހަރުގައި އަވަހާރަވެފައިވަނީ އެޓްލާންޓިކް ކަނޑުގެ މެދުތެރޭގައި އޮންނަ ސެއިންޓް ހެލީނާ ޖަޒީރާގައެވެ. ނެޕޯލިއަން އަރުވާލުމުގައި އިނގިރޭސިން ޔަގީންކުރީ އޭނާއަށް ފަސޭހައިން ހިކިފަސް ތަނަކަށް ނޭރޭނެ ހިސާބެކެވެ. ސެއިންޓް ހެލީނާއާއި އެންމެ ކައިރިން […]