އީރާނުން އެމެރިކާގެ 500 މިލިއަން ޑޮލަރުގެ ހަނގުރާމަމަތީ ލޭނާރު ބުރިކޮށްލައިފި

މިހާތަނަށް އެމެރިކާގެ މިލިޓްރީ ކޮމާންޑަރުން އެތައް ސަތޭކަ މޭލެއްގެ ދުރުން އެއްގަމާއި ޖައްވުތެރޭގައި ހިނގާ ހަރަކާތްތަކަށް ފާރަލުމަށް ބޭނުންކުރި އެގައުމުގެ މިލިޓްރީ ތާޖުގެ ޖަވާހިރު އެހެން ގޮތަކަށް ބުނާނަމަ 500 މިލިއަން ޑޮލަރުގެ އަގުބޮޑު “ އުދުހޭ ހަނގުރާމައިގެ މައިދާން “ އީ-3 ސެންޓްރީ އެއާރކްރާފްޓް ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސްގެ ރަންވޭގައި މިއަދު ފެންނަން އެ އޮތީ ފިޔަތައް އުފުރާލައި ބަނޑުފަޅާލާފައިއޮތް ބިޔަ ދޫންޏެއްގެ ސިފައިގައެވެ. ހަތަރު އިންޖީނު ލާފައިހުރި ޔޫ އެސް އެއާރފޯސްގެ […]

އިސްލާމީ ތާރީޚުގެ އެންމެ ހިތާމަވެރި ސަފްހާގެތެރެއިން – 3

https://sandhaanu.today/65827/ އާއި ގުޅޭ .. މާތް ނަބިއްޔާގެ ދެލޯފުޅު ބަންދުވުމާއެކު އައިޝާގެ ފާނަށް ވަރަށްބާރަށް ކީރިތި ކުރެއްވުނެވެ. އެ އަޑަށް ހުރިހާ އަނބިކަނބަލުން އެ ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިއެވެ. މާތް ނަބިއްޔާގެ ހަށިކޮޅު އެދުމަތީގައި ވެޑުވުމަށްފަހު ހަށިކޮޅުގައި ފޮތިގަނޑެއް އަޅުއްވައި ނިވާކުރެއްވުނެވެ.                                                    އަބޫބަކުރުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު އަވަސް އަވަހަށް އަސްމަތީގައި ވަޑައިގެން މާތް ނަބިއްޔާގެ މޫނުފުޅުގައި ބޮސްދެއްވައި ކީރިތިކުރައްވަމުން ވިދާޅުވިއެވެ. “ އަހަރެންގެ އެކުވެރި ރަޙްމަތްރިޔާއެވެ. މިއަދަށްފަހު ދުނިޔެމަތީގެ އެއްވެސް ހިތްދަތިކަމެއް ކަލޭގެފާނަށް ދެން ލިބިވަޑައި […]

އެމެެރިކާ ސިފައިން އެއްގަމު މަގުން އީރާނަށް އަރާނެކަމުގެ އިންތިޒާރުގައި 45 އަހަރު

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނަށާއި އިސްރާއީލަށް އަދި މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުން އުފުލަން ޖައްސާފައި ބިރުވެރި ނާމާންކަން މިވަނީ އިންތިހާއަށް ގޮސްފައެވެ. ހަނގުރާމައާގުޅޭގޮތުން މީޑިއާތަކަށް ފޯރުކޮށްދެނީ ބޭނުން ކުލައެއް ޖައްސާފައި ހުންނަ މައުލޫމާތު ތަކެކެވެ. އަދި މީޑިއާތަކުން ގެންދަނީ އެމީހުން ބޭނުންވަރަކަށް އެ ކުލަތައް ގަދަކުރަމުންނެވެ.ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް އަދި ދިފާއީ ވަޒީރާއި ޕެންޓަގަންގެ ވާހަކަތައްވެސް ދިމާލެއް […]

އިރާގުން އީރާނާ އެއްކޮޅަށް ތެދުވެ އެމެރިކާގެ ރައްޔިތުން އިރާގުން ފޭބުމަށް އަމުރުކޮށްފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ހަގީގަތް ދެނެގަތުމަށްޓަކައި ބައިނަލްއަގްވާމީ މީޑިއާ ތަކުން ދައްކާ ވީޑިއޯތަކާއި ހާމަކުރާ މައުލޫމާތުގެ މައްޗަށް ބުރަވުމުގެ ކުރިން ވަކިފަރާތަކަށްނުޖެހޭ ތަޖްރިބާކާރު އެނަލިސްޓުން އެ ހަނގުރާމަ ހިނގަމުންދާ ގޮތާއި އަދި ކުރިމަގު ލަފާކުރެވޭގޮތާ ދޭތެރޭ ދެއްވަމުންގެންދަވާ ޚިޔާލުތައް އަޑުއަހާލުން ރަނގަޅުވާނެއެވެ. ސަންދާނުގެ ކިއުންތެރިންނަށް މި ގެނެސްދެނީ މި މައުޟޫއުގައި ފޯރަމް ރިޕޯރޓުގެ ބައެއް އުސްއަލިތަކެވެ.އިރާގާ ދެކޮޅަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން 2011 ވަނައަހަރު ކުރި ހަނގުރާމައިގާ އެގައުމު ސުންނާފަތިކޮށްލައި އެތައް މިލިއަން […]

އަހަރެމެންނަކީ އަވަށްޓެރިންނެވެ. އެގޮތުގައި ތިބުމަށް މަގުހޯދާނަމެވެ.

މެދުއިރުމަތީގެ އަރަބި ގައުމުތައް އެމެރިކާއިން އަޅުވެތިކޮށްފައިވާ މިންވަރު މިހާރު ދަނީ ފެންނަމުންނެވެ. އެމެރިކާގެ މަގްސަދާއި އަމާޒުކޮށްފައިވާ ލަނޑުދަނޑި އެ ގައުމުތަކުގެ އާންމު ރައްޔިތުންނާއި ވެރިކަމުގެ ފަރާތަށް ރަނގަޅަށް އެނގި ހާމަވެފައިވާއިރުވެސް އިސް އުފުލާލާފައި އެމެރިކާއާ ދިމާލަށް ނޫނެކޭ ބުނަން ޖެހިލުންވާކަހަލައެވެ. ދާދިފަހުން މީޑިއާއަށް ލީކުވެފައިވާ ވީޑިއޯއެއްގައި ގަތަރުގެ ޚާރިޖީ ވަޒީރު މަޖީދު އަލް އަންސާރީ ވިދާޅުވިކަމަށް ބުނެފައިވެއެވެ. ”އަހަރެމެން އަވައްޓެރި ގައުމުތަކެއްގެ ގޮތުގައި ދިރިދެމިތިބޭތާ ޒަމާންތަކެއް ވެއްޖެއެވެ. ކުރިއަށް އޮތް ތަނުގައިވެސް އަހަރެމެން ދެމިތިބޭނީ އެގޮތުގައެވެ. އެކަމަށް […]

މަރުުގެ ކުރިމަތިން އިސްރާއީލުގެ ސިފައިން ހިޔަނިތަކަށްވެސް ފިލައިގެން ނުދެވޭނެއެވެ.

ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުގައި މިއަދު އެންމެބޮޑަށް ފާހަގަކުރަމުންގެންދަނީ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއްދިން ޚަބަރެވެ. އޭގެ ރައްދުގައި އީރާނުން އިސްރާއީލުގެ ބެންގޫރިއަން އެއާރޕޯރޓް ގޮއްވާލައި އަދި ނޭސިއޯނާ ސަރަހައްދުގައިހުރި އެގައުމުގެ ސިއްރު ބައޯވެބް އެއްކޮށް ބިމާހަމަކޮށްލި ޚަބަރު އާންމުކުރާކަށް ބޭނުމެއް ނުވެއެވެ. މީޑިއާއަށް ތިލަ ވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު އެތަނަށް ލިބިފައިވާގެއްލުން ހިތަށްވެސް ވަޒަން ނުކުރެވޭނެކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެއެވެ.އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ވުރެން އިސްރާއީލަށް އެގައުމުގެ ސިއްރު […]

އީރާނާ ދެކޮޅަށް ހަނގުރާމަކުރަނީ ގްރޭޓަރ އިސްރާއީލަށް މަގުފަހިކޮށްދިނުމަށް

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ބޭނުމަކީ މެދުއިރުމަތީގެ ގައުމުތަކުގެ މުއްސަނދިކަން އެހެން ބަޔަކު ފޭރިގަތުމަށް މަގުތަނަވަސްކުރުން ކަމަށާއި މި ހަނގުރާމައިގާ ގަލްފުގެ ގައުމުތަކަށް އޮތީ ގެއްލުމާއި އަދިވެސް ގެއްލުންކަން ގަލްފް ކޯޕަރޭޓިވް ކައުންސިލްގެ މެމްބަރުންނަށް ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް އަލްސާނީ އިންޒާރު ދެއްވި ޚަބަރު މީޑިއާތަކުން ރަތް ސުރުޚީގެ ގޮތުގައި ފާހަގަ ކުރަމުން އެބަ ގެންދެއެވެ. އެމަނިކުފާނުގެ އިންޒާރުގައި ވިދާޅުވެފައިވަނީ ހަނގުރާމައިގެ ވަކި ހިސާބަކުން އެމެރިކާ އެއްފަރާތަށް […]

އިސްރާއީލުގެ ޑިމޯނާ ނިއުކުލިއަރ ސަރަހައްދު އެކުގައިހެން ހަލާކު ކޮށްލެވިއްޖެ – އީރާން

އިސްރާއީލުން އެންމެ ބޮޑަށް ސަލާމަތީ ފާރަލުމާއެކު ބަލަހައްޓަމުން ގެންދާ އެ ގައުމުގެ ނިއުކްލިއަރ މަރުކަޒު ހިމެނޭ ޑިމޯނާއާއި އަރާދު ސަރަހައްދަށް އީރާނުން ބިރުވެރި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އީރާނުގެ ހަމަލާތައް އަމާޒުވެފައިވަނީ އިސްރާއީލުގެ ނިއުކްލިއަރ ރިސާރޗް ސެންޓަރުން ފެށިގެން އެންމެ ވިއްސަކަށް ކިލޯމީޓަރުގެ ދުރަށް ކަމުގައި ބައިނަލް އަގްވާމީ މީޑިއާތަކުން ބުނެފައިވެއެވެ. އީރާނުގެ މިސައިލް ހަމަލާތައް ނުހުއްޓުވުނީ ކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައިވެއެވެ. އެ ހަމަލާތަކުގައި އެތައް އިމާރާތެއް ވަނީ ކުދިކުދިވެގެން ގޮސް ބިމާހަމަވެ ހިރަފުހަށްފައެވެ. މިއީ […]

އެފް-35 މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަކަށް އީރާނުން ދިން ހަމަލާ އަމާޒުވުން ބޮޑުކަމެއް

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގާ އީރާނުގެ ވައިގެ ލަޝްކަރުތަކާއި ވަސީލަތްތައް އޮންނާނީ ބިމާ ހަމަކޮށްލާފައިކަން އެމެރިކާގެ ދިފާއީ ވަޒީރު ޕީތް ހެގްސެތު އިއުލާން ކޮށްފައިވަނިކޮށް އެމެރިކާގެ 5 ވަނަ ޖެނެރޭޝަނަށް ނިސްބަތްކުރެވޭ 35-އެފް މަރުކާގެ ސްޓެލްތު ފައިޓަރ ޖެޓަކަށް އީރާނުގެ ހަމަލާ އަމާޒުވެ ކުއްލި ހާލަތުގައި ޖައްސަން މަޖުބޫރު ކުރުވައިފިއެވެ. މިއީ އެންމެ ފަހުގެ ދިފާއީ ރާޑަރަށާއި ފާރަލުމުގެ އެހެނިހެން ވަސީލަތްތަކުގެ ލޮލަށް ނުފެންނަގޮތަށް ފަރުމާކޮށްފައިވާ އަދި އެއިން ފައިޓަރޖެޓެއްގެ އަގު 100 މިލިއަން އެމެރިކާޑޮލަރަށް […]

އިސްްފަހާނުގެ ޔުރޭނިއަމް ފައްކާކޮށްފައިވާ ސަރަހައްދުގައި ހުރީ ބިޔަ ބޮޑު ލޯވަޅެއް

އީރާނުގެ އިސްފަހާނުގެ ބިންގަރާހެއްގައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ޔުރޭނިއަމް ފައްކާކުރަމުންގެންދާ ސަރަހައްދެއްކަމަށް ތުހުމަތުކޮށް މި ދިޔައަހަރު ޖޫންމަހު އެމެރިކާގެ ބަންކަރބަސްޓަރ ތަކުން ހަމަލާދިން ތަނުގައިހުރީ ބިޔަ ބޮޑު ލޯވަޅެއްކަން އައި އީ އޭއީ އިން ހާމަކޮށްފިއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ވަރަށް ކައިރިއަށް ޔުރޭނިއަމް ފައްކާކޮށް އިސްފަހާނުގެ ބިންގަރާހެއްގައި ރައްކާ ކޮށްފައި ހުރިކަމަށް ޔުނައިޓެޑް ނޭޝަންސްގެ ހަކަތައާއި ބެހޭ ވޮޗް ޑޯގް މީގެކުރިން ވަނީ ދުނިޔެއަށް ހާމަކޮށްފައެވެ. އަދި މިދިޔައަހަރުގެ ޖޫންމަހު އެމެރިކާ އާއި އިސްރާއީލުން […]